22 ސްޕޯރޓްސް ކްލަބް އަތުން ބަދަލު ހިފައި، އެންވީކޭ ތަށި ހިއްލާލައިފި
ހއ. ހޯރަފުށީ ހަހެތި ޖަމްޢިއްޔާއިން އިންތިޒާމުކޮށްގެން ބޭއްވި "ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024" ގެ ޗެމްޕިއަންކަން އެންވީކޭ ހޯދައިފިއެވެ. ރޭކުޅުނު މި މުބާރާތުގެ ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 3-3 އިން އެއްވަރުވުމާ ގުޅިގެން، ޖުހި ޕެނަލްޓީ ޝޫޓްއައުޓުން 9-8 އިން އެންވީކޭ ވަނީ ކުރިހޯދާފައެވެ. ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އެންވީކޭގެ ޖާޒީ ނަންބަރު 5، ނާއިޝްއެވެ.
ފާއިތުވި އަހަރުގެ މުބާރާތުގެ ފައިނަލްގައިވެސް ވާދަކުރީ މި ދެ ޓީމެވެ. އޭރުވެސް މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެހެންނަމަވެސް އެ ފަހަރު ޕެނަލްޓީ ޝޫޓްއައުޓުން މޮޅުވެ ޗެމްޕިއަންކަން ހޯދީ 22 ސްޕޯޓްސް ކްލަބުންނެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމް ކަމަށްވާ އެންވީކޭއަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ކޮށް ބާއްވާ މިމުބާރާތް ބާއްވާ މިއީ 5 ވަނަ ފަހަރެވެ. މިއަހަރުގެ މުބާރާތުގައި 5 ޓީމެއް ބައިވެރިވިއެވެ. އެއީ އިހަވަންދޫ އެންވީކޭ، މޮޅަދޫ ޔަންގް ބްލަޑް އަދި ހޯރަފުއްޓަށް ނިސްބަތްވާ 3 ޓީމް ކަމަށްވާ 22 ސްޕޯޓްސް ކުލަބް، ހިޔާ އަދި އާރުވީއެސްއޭ އެވެ.
މިމުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ހޮވުނީ 22 ސްޕޯޓްސް ކްލަބްގެ ޖާޒީ ނަންބަރު 10، އަލީ އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށް އަދި އެންމެ މޮޅު ކުޅުންތެރިޔާއަށްވެސް ހޮވުނީ 22 ސްޕޯޓްސް ކްލަބްގެ ޖާޒީ ނަންބަރު 66، ރައްޔާންއެވެ.
އެންމެ މޮޅު ކޯޗަކަށް އެންވީކޭގެ ކޯޗް ހާމިދު ހޮވުނުއިރު، ދެވަނަ ރަނަރަޕް އަދި ބެސްޓް ސަޕޯޓިންގ ޓީމަކަށް ހޮވުނީ މޮޅަދޫ ޔަންގް ބްލަޑެވެ. މިމުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ 22 ސްޕޯޓްސް ކްލަބްގެ ރައްޔާން، އަލީ، އައިޝް އަދި އެންވީކޭގެ ލައްޔާހް އަދި ރާއީ އެވެ.
ގުޅުން ހުރެދާނެ ލިޔުން
ޔަންގް ބްލަޑް ބަލިކޮށް އެންވީކޭއިން ފެށުން ރަނގަޅުކޮށްފި
28 - ޑިސެމްބަރު - 2024
"ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024" ގައި އެންވީކޭ ވާދަކުރަނީ، އަމާޒަކީ ރަށަށް ތަށި ގެނައުން!
6 - ޑިސެމްބަރު - 2024
ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024: އެންވީކޭ ފައިނަލަށް
30 - ޑިސެމްބަރު - 2024
ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން މާރަންދޫ ޔޫތް ސޮސައިޓީ ހޯދައިފި
1 - ޖެނުއަރީ - 2023
އިހަވަން ކަޕްގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަކަށް އެޗްއެން ސްޕޯޓްސް
26 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ 2 ވަނަ ރައުންޑް މިމަހު 23 ހުގައި ފަށަނީ
6 - ޑިސެމްބަރު - 2022
ހޯރަފުށީ ހޮސްޕިޓަލްގެ ފުރަތަމަ ފުރަތަމަ ޝީޓް ކޮންކްރިޓްކޮށް ނިމުމުގެ އުފަލުގައި އެމްޕީގެ ފަރާތުން ފިނިހިތްޕެވުމެއް!
2 - ސެޕްޓެމްބަރު - 2026
ހޯރަފުށި ޑަބްލިޔުޑީސީ ކަނބަލުންގެ ވޮލީ ލީގުގެ ޗެމްޕިއަންކަން ފެނަކަ ހޯދައިފި
31 - އޮގަސްޓު - 2026
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ހޯރަފުށި ހިމެނޭހެން 13 ރަށެއްގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ!
18 - ޖުލައި - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް