ސެންސިޓީ ކޮޅަށް ލަނޑު ގޯންޏެއްޖަހައި، ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކުޅިމަގު ސެމީއަށް
ބިއުޓިފުލް ބްލޫ މައިކަޕް 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް "އޭ" ގެ ފަހު މެޗްގައި ސެންސިޓީ 20-0 ބަލިކޮށް ގްރޫޕްގެ އެއްވަނަ ޓީމންގެ ގޮތުގައި ކުޅިމަގު ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. ރޭ އިހަވަންދޫ ޢާޒީ ދަނޑުގައި ކުޅުނު މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ކުޅި މަގު ޓީމްގެ ނާއިލް 8 ގޯލް ޖެހިއިރު، އެޓީމްގެ ފަވާޒް އަދި މުނައްވަރު ހެޓްރިކެ ހެދިއެވެ.
މިމުބާރާތް ކުރިޔަށްގެންދަނީ، މިމުބާރާތުގައި ބައިވެރިވި 9 ޓީމް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް "އޭ" ގައި ހިމެނެނީ އިހަވަންދޫގެ ޓީމްތައް ކަމަށްވާ ސެންސިޓީ، އެންވީކޭ، ކްލަބް އިރަމާ އަދި ކުޅިމަގެވެ.
ގްރޫޕް "އޭ" ގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކުޅިމަގު އަދި ދެވަނަ ޓީމްގެ ގޮތުގައި އެންވީކޭ ސެމީ ފައިނަލަށް ދަތުރުކުރިއިރު، އިރަމާ އަދި ސެންސިޓީވަނީ ކަޓާފައެވެ.
މިއަދާއި މިރޭ ގްރޫޕް "ބީ" ގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް ކުޅޭނެއެވެ. މިއަދު ހަވީރު ތުރާކުނު، ދިއްދޫއާ ދެކޮޅަށް ނުކުންނައިރު ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި އުލިގަން ނުކުންނާނީ ހޯރަ ޔުނައިޓެޑާއި ދެކޮޅަށެވެ.
ގްރޫޕް “ބީ” އަށް ބަލާއިރު އެގްރޫޕްގެ އެއްވަނާގައި ކުޅުނު 3 މެޗުން މޮޅުވެގެން އޮތީ ހޯރަ ޔުނައިޓެޑެވެ. އެޓީމަށް ސެމީފައިނަލުން ޖާގައެއް ކަށަވަރު ވެފައިވާއިރު، ސެމީ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ދިއްދޫ ހީވެސްނުވޭ އަދި އުލިގަން އަދި ތުރާކުނަށްވެސް އެބައޮތެވެ. އެގްރޫޕްގެ ފުލުގައި އޮތް ނޮޅިވަރަމް ބީބީ ބްރަދާސްވަނީ ކުޅުނު 4 މެޗުންވެސް ބަލިވެ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
ފޮޓޯ: 15 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު
20 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
މައިކަޕް 2025: މިއަހަރުގެ މުބާރާތުގައި ބައިވެރިވީ އެންމެ 5 ޓީމް!
12 - ޑިސެމްބަރު - 2025
ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު، މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
2 - ޑިސެމްބަރު - 2025
މިއަހަރުވެސް މައިކަޕްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، މުބާރާތުގެ ތައްޔާރީތައް ކުރިޔަށް!
7 - ސެޕްޓެމްބަރު - 2025
މައިކަޕް މިއަހަރު ޑިސެންބަރުމަހު "ބޮޑުކޮށް" އޮންނާނެ – ސުޖާއު
18 - ޖުލައި - 2025
އަތޮޅަށް ހުޅުވާލައިގެން މަދަހަ މުބާރާތެއް މިއަހަރު ބާއްވަން ގަސްތުކުރަން – މުހައްމާ
4 - ޖެނުއަރީ - 2025
މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!
3 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް