ބިބީ ޓިކިޓަކާ ފުޓްސަލް ސްޕަރ ކަޕް 2025: ޖޭ ސްޕޯޓްސް އެކަޑަމީގެ ދެވަނަ މެޗުންވެސް މޮޅުވެ ގްރޫޕްގެ އެއްވަނަޔާ ދިމާލަށް!
ބިބީ ޓިކިޓަކާ ފުޓްސަލް ސްޕަރ ކަޕް 2025 ގައި ވާދަކުރަމުންދާ ޖޭ ސްޕޯޓްސް އެކަޑަމީން، އެ މުބާރާތުގައި ކުޅުނު ދެވަނަ މެޗުން ލަޔަންއާ ދެކޮޅަށް 2-0 ގެ ނަތީޖާއަކުން މޮޅުވެ، ގްރޫޕްގެ އެއްވަނަ މަގާމް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
މި މެޗު ކުރިއަށް ދިޔައީ ވާދަވެރި ކުޅުމެއްގެ ތެރެއިންނެވެ. ޖޭ ސްޕޯޓްސް އެކަޑަމީގެ އަލީ ނާއިޝް ވަނީ މި މެޗުގައި ފެނިގެންދިޔަ ދެ ގޯލުވެސް ކާމިޔާބުކޮށް، އެކަޑަމީއަށް މޮޅު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާގެ މޮޅު ކުޅުމާއެކު މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާއަށް ލިބުނެވެ.
މި މުބާރާތުގައި ޖޭ ސްޕޯޓްސް އެކަޑަމީން ދެން ކުޅޭ މެޗުގައި ނުކުންނާނީ ބްލޫ ސްޕޯރޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ވެގެންދާނީ ގްރޫޕްގެ އެއްވަނަ ހޯދުމަށް މުހިންމު މެޗަކަށެވެ.
ޖޭ ސްޕޯޓްސް އެކަޑަމީން މައުލޫމާތުދޭ ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ، އިހަވަންދޫގެ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ފުޓްބޯޅައަށް ޝައުގުހުރި އަދި ހުނަރުހުރި ކުދިންނަށް ވާދަވެރި އަދި ރަނގަޅު ފުޓްސަލް މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި މި ފުރުސަތުގެ ތެރެއިން އެ ކުދިންނަށް ތަޖުރިބާ ހޯދައިދިނުމަކީވެސް އެކަޑަމީގެ އެދުމެކެވެ.
މި މުބާރާތުގައި މެޗުތައް ކުރިއަށް ގެންދަނީ ބައިވެރިވާ ޓީމުތައް 6 ގްރޫޕަކަށް ބަހާލައިގެންނެވެ. މުޅިއެކު 24 ޓީމު ވާދަކުރާ މި މުބާރާތަކީ ފުޓްސަލްގެ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަށް މަގުފަހިކޮށްދޭނެ މުބާރާތެކެވެ. ޖޭ ސްޕޯޓްސް އެކަޑަމީ ހިމެނޭ ގްރޫޕްގައި ދެން އޮތީ އޮނި ސްޕޯރޓްސް ކްލަބް، ލައަންސް އަދި ބްލޫ ސްޕޯރޓްސް ކްލަބެވެ.
ގުޅުން ހުރެދާނެ ލިޔުން
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް މުބާރާތަށް އިހަވަންދޫ ޓީމު ތައްޔާރުވަނީ: ފަރިތަކުރުންތައް ކުރިޔަށް!
25 - ޖުލައި - 2026
ޖޭ ސްޕޯޓްސް ސެމީ ފައިނަލަށް! ހިރޯއަކީ ގޯލް ކީޕަރ ޒަޔާން!
26 - ޖޫން - 2025
ވައިޓޫކޭ ބަލިކޮށް، ޖޭ ސްޕޯޓްސް އެކަޑަމީ ކުއާޓަރ ފައިނަލަށް!
25 - ޖޫން - 2025
ބިބީ ޓިކިޓަކާ ފުޓްސަލް ސްޕަރ ކަޕް 2025: ޖޭ ސްޕޯޓްސް އެކަޑަމީއަށް ފުރަތަމަ މެޗުން ބޮޑު މޮޅެއް!
23 - ޖޫން - 2025
ޖޭ ސްޕޯޓްސް އެކަޑަމީ ގެ ހަރަކާތްތައް އަލުން ފަށަނީ!
24 - އޮކްޓޯބަރު - 2024
އިހަވަންދޫގައި ފެށުމަށް ތައްޔާރުވަމުންދާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ އެކަޑަމީގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި
30 - ޖެނުއަރީ - 2023
ފޮޓޯ: ޖޭ ސްޕޯޓްސް އެކަޑަމީ ފުޓްބޯލް ފިއެސްޓާ 2022
27 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް