ވައިޓޫކޭ ބަލިކޮށް، ޖޭ ސްޕޯޓްސް އެކަޑަމީ ކުއާޓަރ ފައިނަލަށް!
ބިބީ ޓިކިޓަކާ ފުޓްސަލް ސުޕަރ ކަޕް 2025 ގެ ކުއާޓަރ ފައިނަލަށް ޖޭ ސްޕޯޓްސް އެކަޑަމީ ދަތުރުކޮށްފި އެވެ. ޖޭ ސްޕޯރޓްސް އެކަޑަމީން މި މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގައެއް ކަށަވަރުކުރީ މިރޭ ކުޅުނު ގަދަ 16 އިގެ ނޮކްއައުޓް ބުރުގައި ވައިޓޫކޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިރޭގެ މެޗުން އެޓީމް މޮޅުވީ 4-2 ގެ ނަތީޖާ އަކުންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޖޭ ސްޕޯރޓްސް އެކަޑަމީގެ އަލީ ނާއިޝް އެވެ. ހުޅުމާލެ ފޭސް 2 ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރެއިން ޖާގައެއް ކަށަވަރުކުރުމަކީ އެޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.
ޖޭ ސްޕޯޓްސް އެކަޑަމީން މައުލޫމާތުދޭ ގޮތުގައި، މި މުބާރާތުގައި އެޓީމުން ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ، ހއ. އިހަވަންދޫގެ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ފުޓްބޯޅައަށް ޝައުގުހުރި އަދި ހުނަރުހުރި ކުދިންނަށް ވާދަވެރި އަދި ރަނގަޅު ފުޓްސަލް މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި މި ފުރުސަތުގެ ތެރެއިން އެ ކުދިންނަށް ތަޖުރިބާ ހޯދައިދިނުމަކީވެސް އެކަޑަމީގެ އެދުމެކެވެ. އެކަޑަމީގެ މި މަސައްކަތުން ޒުވާން ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވެސް އެކަޑަމީން ފާހަގަކުރެ އެވެ.
މި މުބާރާތުގައި ބައިވެރިވާ 24 ޓީމު ވަނީ 6 ގްރޫޕަކަށް ބަހާލެވިފަ އެވެ. ޖޭ ސްޕޯޓްސް އެކަޑަމީ މިހާރު ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައިވާއިރު، އެޓީމުގެ އެންމެ ބޮޑު އަމާޒަކީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައި، ކުރިއަށް ދިއުމެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ބަލިކޮށް ނައިވާދޫ ނޯތް ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދައިފި
7 - އޮކްޓޯބަރު - 2026
ފައިނަލް މެޗްގައި އިހަވަންދޫއަށް ސަޕޯޓްކުރުމަށް ނައިވާދޫއަށް ދިއުމުގެ ފުރުސަތު
7 - އޮކްޓޯބަރު - 2026
އިހަވަންދޫ ފަހަތުން އަރައި ކަނޑިތީމާއި އެއްވަރުކޮށް ފައިނަލަށް!
5 - އޮކްޓޯބަރު - 2026
މިއަދު ކަނޑިތީމާ ދެކޮޅަށް އިހަވަންދޫ ނުކުންނަނީ ފައިނަލް ކަށަވަރުކުރުމުގެ އުންމީދުގައި!
5 - އޮކްޓޯބަރު - 2026
ފަހުވަގުތު ހާމިދު ޖަހައިދިން ގޯލުން ފިއްލަދޫ އަތުން މޮޅު އިހަވަންދޫ އުންމީދު އާކޮށްފި
3 - އޮކްޓޯބަރު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް: މިއަދު އިހަވަންދޫ ނުކުންނާނީ ފިއްލަދޫއާ ދެކޮޅަށް
3 - އޮކްޓޯބަރު - 2026
ފުރަތަމަ މެޗުން މޮޅުވެ، އިހަވަންދޫ ޓީމަށް ހިންހަމަޖެހުން!
29 - ސެޕްޓެމްބަރު - 2026
ޒޯންބުރުގައި އިހަވަންދޫ ޓީމްގެ ފުރަތަމަ މެޗްގައި މިއަދު ހަނިމާދޫއާ ދެކޮޅަށް!
29 - ސެޕްޓެމްބަރު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް