ޕްރައިމަރީ ނުބާއްވާ ނިންމި ނިންމުން ބަލައެއް ނުގަންނަން – ސޮބާހް
ކުރިޔަށްއޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި އިހަވަންދޫ ކައުންސިލަށް ޕީއެންސީ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ޕްރައިމަރީ ނުބާއްވަން ނިންމި ނިންމުން ބަލައިނުގަންނަކަމަށް، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވެއްޖެއެވެ.
ޕީއެންސީއިން އަންނަ، ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕަރައިމަރީ ބާއްވާ ރަށްތައް އިއްޔަ އިއުލާން ކުރިއިރު އިހަވަންދޫ އެރަށްތަކުގެ ތެރޭގައި ހިމަނާފައެއްނެތެވެ. އިހަވަންދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ކުރިމަތި ލުމަށް، ޕީއެންސީ ޓިކެޓް އަލީ ރައްޒާންއަށް ދީފައިވާއިރު، މިނޫހުން އިއްޔަ ރިޕޯޓް ކޮށްފައިވާނީ ރައްޒާންއަށް ޓިކެޓް ލިބުނީ ރައީސްގެ މަޤާމަށް ރައްޒާން ފިޔަވާ އެހެން ފަރާތުން ކުރިމަތި ލާފައި ނުވާތީ ކަމުގައެވެ. އެކަން ދޮގު ކުރައްވައި ސޮބާހް ވިދާޅުވީ އެބޭފުޅާވެސް ކުރިމަތިލެއްވި ކަމުގައެވެ. ނަމަވެސް ސޮބާހްގެ ޝަރުތު ހަމަނުވާކަމަށް ޕީއެންސީގެ އިންތިހާބީ ކޮމިޓީއިންވަނީ ނިންމާފައެވެ.
މިކަމާ ގުޅިގެން ސޮބާހް މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ، މިދިޔަ ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބު އަދި މަޖިލީސް އިންތިހާބުގައި ކެމްޕޭންގެ އިސް މީހެއްގެ ހައިސިއްޔަތުން ޕީޕީއެމް އަދި ޕީއެންސީއަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްދެވުނީތީ އުފާކުރާކަމަށާއި، ޕްރައިމެރީ ޝަރުތުހަމަނުވެ އެބޭފުޅާއާއި ޕާޓީ އަދި ދާއިރާގެ މަޖިލިސް މެމްބަރު އެއްވެސް މަޝްވަރާ އެއް ނެތި ޕްރައިމަރީ ނުބާއްވަން ނިންމި ނިންމުން ބަލައި ނުގަންގަނ ކަމުގައެވެ.
މިނޫހަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް ޕީއެންސީ ޓިކެޓް ހޯދުމަށް ޕްރައިމަރީއަށް ކުރިމަތިލީ، ސޮބާހް އަދި ރައްޒާންއެވެ. ކައުންސިލް މެމްބަރުންގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ 2 ސްލޮޓަށް ވާދަކުރީ 3 ވަނަ ދައުރުގެ ކައުންސިލަރުން ކަމަށްވާ ހަލީމަތު ސުމާ އަދި ފާތިމަތު ޝަނީޒާގެ އިތުރުން މަރްޔަމް ތަހުމީނާ އަދި ހިދާޔަތުއެވެ. ކައުންސިލް މެމްބަރުކަމަށް ވާދަކުރީ 3 ވަނަ ދައުރުގެ ކައުންސިލަރުން ކަމަށްވާ މުހައްމަދު ޒާހިރުހަސަން، މުހައްމަދު އަރީބް އަދި އަހްމަދު ރިޟްވާންގެ އިތުރުން މުހައްމަދު ފިރާޤު، ޙަސަން ވަހީދު އަދި ނައުފަލް އިބްރާހިމްއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެތެރެއިން 5 ކެނޑިޑޭޓަކަށް މިހާރުވަނީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބުނުކަން އަންގާފައެވެ. އަދި ބާކީތިބި ކެނޑިޑޭޓުންނަށްވަނީ އެފަރާތްތަކުގެ ޝަރުތު ހަމަނުވާކަން ޕީއެންސީގެ އިންތިހާބީ ކޮމިޓީއިން ނިންމިކަން އަންގާފައެވެ.
ޓިކެޓް ލިބުނު ދެ ކެނޑިޑޭޓެއް މިނޫހަށްވަނީ ކަށަވަރުކުރެވިފައެވެ. އެއީ އަލީ ރައްޒާން އަދި ކައުންސިލަރު މުހައްމަދު ޒާހިރު ހަސަންއެވެ. މުޅިން ކަށަވަރުވަރު ނުކުރެވުނު ނަމަވެސް އިތުބާރުހުރި މަސްދަތުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ދެން ޓިކެޓް ލިބިފައިވަނީ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަރީބް، ކައުންސިލަރު ޝަނީޒާ އަދި ސުމާއަށެވެ.
ހއ އަތޮޅުގައި ޕީއެންސީގެ ޕްރައިމަރީ އޮންނަނީ 3 ރަށެއްގައެވެ. އެއީ ބާރަށް، އުތީމު އަދި ފިއްލަދޫއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޕީއެންސީ ޕްރައިމަރީގައި ވާދަކުރާ ބައެއް ފަރާތްތަކުގެ ނަންނަގަން އެދެނީ!
17 - ޑިސެމްބަރު - 2025
އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!
17 - މޭ - 2026
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
އަމިއްލަގޮތުން އިންތިހާބުވެފައި، ޕާޓީއަކާ ގުޅުމަކީ އަމިއްލަ ނަފްސު ގަބޫލުކުރާ ކަމެއްނޫން – އައިޝާ
15 - މޭ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ސަރުކާރާ ގުޅިގެން ކުރިއަށްދާން މިތިބީ ތައްޔާރަށް: އިންތިޚާބީ ރައީސް ފަވާޒް
18 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
ރައީސް މުއިއްޒު ޕީއެންސީ ކެނޑިޑޭޓުންނާއި ދެކޮޅަށް ފަންޑުކުރެއްވިކަމުގެ ތުހުމަތު އަމާޒުވެއްޖެ!
7 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް