ޓީމަކާއިއެކު ސޮބާހް އަމިއްލަގޮތުން ކުރިމަތިލައްވަނީ!
ކުރިޔަށްއޮތް ލޯކަލް ކައުންސިލްގެ އިންތިހާބަށް އަމިއްލަގޮތުން ކުރިމަތިމަތި ލައްވާނެކަމަށް، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވެއްޖެއެވެ. ސޮބާހް މިގޮތަށް ނިންމަވާފައިމިވަނީ ކުރިޔަށްއޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވާދަކުރުމަށް، ޕީއެންސީ ޓިކެޓް ހޯދުމަށް ޕީއެންސީ ޕްރައިމެރީގައި ވާދަކުރުމަށް ހުށަހެޅުމުން، ސޮބާހްގެ ޝަރުތު ހަމަނުވާކަމަށް އެޕާޓީއިން ނިންމާފައިވަނިކޮށެވެ.
ސޮބާހް ވިދާޅުވީ، ޕީއެންސީއަށް އަދި ސަރުކާރަށް ސަޕޯޓްކުރާ ފަރާތްތަކާއި އެބޭފުޅާއަށް ސަޕޯޓްކުރާ ފާރާތްތަކާއި މަޝްވަރާކުރެވި، ޓީމެއް މިހާރު އެކުލަވާލެވިފާ ކަމުގައެވެ. " އަޅުގަނޑުމެން ތެރޭގަ، ޕީއެންސީއަށް، ސަރުކާރަށް އަދި އަޅުގަނޑަށް ސަޕޯޓްކުރާ ގިނަ ފަރާތްތަކުން، އަޅުގަނޑުމެންނާއިއެކު އެއްތަނަކުން ބައްދަލުވެވިގެން، އަޅުގަނޑުމެން މިހާރު ނިންމާފައިވަނީ، އިދިކޮޅަށް އަޅުގަނޑުމެން ނުކުންނަނީއެއް ނޫން، ހަމަ ރަނގަޅު ޓީމެއް އެކުލަވައިލުން، އެގޮތުން ވަރަށް އަވަހަށް އަޅުގަނޑުމެންގެ ޓީމް މިހާރުވަނީ އެކުލަވައިލެވިފަ، އެއީ ކައުންސިލްގެ ރައީސް، ކައުންސިލްގެ 4 މެމްބަރުން އަދި ޑަބްލިޔުޑީސީގެ ރައީސް އަދި ހަތަރު މެމްބަރުންވެސް އަޅުގަނޑުމެން ޓީމަށް މިހާރުވަނީ ނެގިފަ" ސޮބާހް ތަފްސީލް ކޮށްދެއްވިއެވެ.
ސޮބާހް ވިދާޅުވީ މިކަންކަން ވަރަށް އަވަހަށް ރައްޔިތުންނާއި ހަމަޔަށް އާންމު ކުރައްވާނެ ކަމަށެވެ. " އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މިއިންތިހާބު، ރައްޔިތުން ބޭނުންވާ ގޮތަށް، ކުރިޔަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާނަން" ސޮބާހް ވިދާޅުވިއެވެ. ސޮބާހް ވިދާޅުވީ އެބޭފުޅުންގެ ހުރިހާ ކެނޑިޑޭޓުންވެސް ކުރިމަތިލާނީ މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ކަމަށެވެ. އަމިއްލަގޮތުން ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވަން ސޮބާހް ނިންމަވާފައިވާއިރު، މިދިޔަ އަންގާރަ ދުވަހު، ސޮބާހްވަނީ އިހަވަންދޫ ޕީއެންސީ ސްޓިއަރިންގ ކޮމިޓީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.
އަމިއްލަ ގޮތުން ކުރިމަތިލައްވާކަން ސޮބާހް އިއުލާން ކުރެއްވިއިރު، ވަރަށް ފުޅާ ދާއިރާއެއްގައި އެކަމާއިގުޅޭ މަޝްވަރާތައް ކުރަމުން އަންނަކަންވަނީ އެނގިފައެވެ. އެގޮތުން އިހަވަންދޫ ޕީއެންސީގެ ގްރާސްރޫޓް ބައެއް މެމްބަރުންނާއި، ސްޓިއަރިންގ ކޮމިޓީގެ ބައެއް މެމްބަރުން، ސިޔާސީ ބައެއް އެކްޓިވިސްޓުންގެ އިތުރުން އިހަވަންދޫގެ ކަމުވޮށިގެންވާ ބައެއް ފަރާތްތަކުން އެމަޝްވަރާތަކުގައިދަނީ ބައިވެރިވަމުންނެވެ.
މިނޫހަށް އެނގިފައިވާ ގޮތުގައި އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް ޕީއެންސީ ޓިކެޓް ހޯދުމަށް ޕްރައިމަރީއަށް ކުރިމަތިލީ، ސޮބާހް އަދި ރައްޒާންއެވެ. ކައުންސިލް މެމްބަރުންގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ 2 ސްލޮޓަށް ވާދަކުރީ 3 ވަނަ ދައުރުގެ ކައުންސިލަރުން ކަމަށްވާ ހަލީމަތު ސުމާ އަދި ފާތިމަތު ޝަނީޒާގެ އިތުރުން މަރްޔަމް ތަހުމީނާ އަދި ހިދާޔަތުއެވެ. ކައުންސިލް މެމްބަރުކަމަށް ވާދަކުރީ 3 ވަނަ ދައުރުގެ ކައުންސިލަރުން ކަމަށްވާ މުހައްމަދު ޒާހިރުހަސަން، މުހައްމަދު އަރީބް އަދި އަހްމަދު ރިޟްވާންގެ އިތުރުން މުހައްމަދު ފިރާޤު، ޙަސަން ވަހީދު އަދި ނައުފަލް އިބްރާހިމްއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެތެރެއިން 5 ކެނޑިޑޭޓަކަށް މިހާރުވަނީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބުނުކަން އަންގާފައެވެ. އަދި ބާކީތިބި ކެނޑިޑޭޓުންނަށްވަނީ އެފަރާތްތަކުގެ ޝަރުތު ހަމަނުވާކަން ޕީއެންސީގެ އިންތިހާބީ ކޮމިޓީއިން ނިންމިކަން އަންގާފައެވެ. ޓިކެޓް ލިބުނުކަން މިނޫހަށް ކަށަވަރު ކުރެވިފައިވަނީ އަލީ ރައްޒާން، ކައުންސިލަރު މުހައްމަދު ޒާހިރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަރީބް، ކައުންސިލަރު ޝަނީޒާ އަދި ސުމާއަށެވެ. އެހެންކަމުން ޕީއެންސީގެ ޕްރައިމެރީ އިހަވަންދޫގައި ބާއްވާފައެއް ނުވެއެވެ. ޕީއެންސީގެ ޕްރައިމެރީގެ ކަންކަން ހުދުމުހުތާރު ގޮތަކަށް ނިންމާފައިވާތީ ގިނަބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ސޮބާހް އާއިއެކު އަމިއްލަގޮތުން ކައުންސިލަށް ވާދަކުރާ ޓީމް އިއުލާންކޮށްފި
12 - ޖެނުއަރީ - 2026
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ސަރުކާރާ ގުޅިގެން ކުރިއަށްދާން މިތިބީ ތައްޔާރަށް: އިންތިޚާބީ ރައީސް ފަވާޒް
18 - އޭޕްރީލް - 2026
ރައީސް މުއިއްޒު ޕީއެންސީ ކެނޑިޑޭޓުންނާއި ދެކޮޅަށް ފަންޑުކުރެއްވިކަމުގެ ތުހުމަތު އަމާޒުވެއްޖެ!
7 - އޭޕްރީލް - 2026
ދެބުޅާ ކޯޅެންތިއްބާ އިހަވަންދޫއިން މެޖޯރިޓީ ހޯދީ އެމްޑީޕީ! ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު!
5 - އޭޕްރީލް - 2026
ޕީއެންސީ ރެލީގައި ބައިވެރިވުމަށް އިހަވަންދޫ ފެނަކަ ރަސްމީ ސްޓާފް ގުރޫޕްގައި ދައުވަތު ދީފި
3 - އޭޕްރީލް - 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫގެ މެޖޯރިޓީ ހޯދާނެ ޓީމެއް ބެލުމަށް ޕޯލެއް ހުޅުވާލައިފި!
1 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް