ސޮބާހް ޓީމްގެ މެނިފެސްޓޯ އާންމުކުރަން ފަށައިފި: ފުރަތަމަ ވައުދަކީ ތައުބާ މިސްކިތް ހުރި ބިމުގައި ޒަމާނީ މިސްކިތެއް ބިނާކުރުން
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހްއާއެކު އަމިއްލަ ގޮތުން ވާދަކުރާ ޓީމުގެ މެނިފެސްޓޯ އާންމުކުރަން ފަށައިފިއެވެ.އެ ޓީމުން އެންމެ ފުރަތަމަ އާންމުކުރި ވައުދަކީ އިހަވަންދޫގައި މިހާރު ހުރި މަސްޖިދުލް ތައުބާ ހުރި ބިމުގައި ޒަމާނީ ފެންވަރުގެ ރީތި މިސްކިތެއް ބިނާކުރުމުގެ ވައުދެވެ.
މަސްޖިދުލް ތައުބާ އަކީ 1994 ވަނަ އަހަރުގެ ތެރޭގައި އިމާރާތްކޮށްފައިވާ، މިވަގުތު އިހަވަންދޫގައި ހުރި އެންމެ ބޮޑު މިސްކިތެވެ. ގާތްގަނޑަކަށް 490 އަކަ މީޓަރުގެ މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށް ވެސް އަޅުކަން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން، ރަށުގެ ކަށުނަމާދު ކުރުމުގެ ކަންކަން ވެސް މިހާރު ކުރިއަށްދަނީ އެ މިސްކިތުގައެވެ.
މި ސަރުކާރުން އިހަވަންދޫގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަށް ފީޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއު ހިންގުމަށް ތައުބާ މިސްކިތް ތަޅާލައި އެ ބިމުގައި އެ މަސައްކަތް ކުރުމަށް ބައެއް ފަރާތްތަކުން ވަނީ ލޮބީކޮށްފައެވެ. ނަމަވެސް، ސަރުކާރުން އިސްލާމީ މަރުކަޒު އެޅުމަށް ބޭނުންވާ ބިމުގެ ސައިޒު ތައުބާ މިސްކިތް ހުރި ބިމުން ނުލިބޭތީ، ކައުންސިލުން ނިންމާފައިވަނީ އިސްލާމީ މަރުކަޒު ރަށުގެ އެހެން ބިމެއްގައި ބިނާކުރުމަށެވެ.
ސޮބާހް ޓީމުން މެނިފެސްޓޯ އާންމުކުރަން ފަށާފައިވާއިރު، މި ޓީމުގެ ފަރާތުން ކައުންސިލްގެ 5 ގޮނޑިއަކަށް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ 5 ގޮނޑިއަކަށް ކެނޑިޑޭޓުން ވާދަކުރެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!
17 - މޭ - 2026
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
އަމިއްލަގޮތުން އިންތިހާބުވެފައި، ޕާޓީއަކާ ގުޅުމަކީ އަމިއްލަ ނަފްސު ގަބޫލުކުރާ ކަމެއްނޫން – އައިޝާ
15 - މޭ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ސަރުކާރާ ގުޅިގެން ކުރިއަށްދާން މިތިބީ ތައްޔާރަށް: އިންތިޚާބީ ރައީސް ފަވާޒް
18 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން: ސޮބާހް
16 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބާއްވާ ފަރިއްކޮޅަށް އިހަވަންދޫގެ ރައްޔިތުންނަށް ދައުވަތު ދީފި
10 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް