އެމްޑީޕީ ދޮންމަނިކު ޒުވާނުންގެ ހަރުގޭގެ ރޫހާނީ ލީޑަރު "ރައްޔިތުންގެ ޓީމާއި" ގުޅިއްޖެ!
އިހަވަންދޫ އެމްޑީޕީ ޒުވާނުންގެ ހަރުގޭގެ ރޫހާނީ ލީޑަރު، އަހްމަދު ނިޔާޒު (ދޮންމަނިކު) އާއިލާޔާއިއެކު، ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަގޮތުން އިހަވަންދޫ ކައުންސިލަށް އަދި ޑަބްލިޔު ޑީސީއަށް ވާދަކުރާ "ރައްޔިތުންގެ ޓީމާއި" ގުޅިއްޖެއެވެ.
ދޮންމަނިކު "ރައްޔިތުންގެ ޓީމާއި" ޓީމާއި ގުޅުނީ މިއަދު ހަވީރުއެވެ. ދޮންމަނިކާއި މިނޫހުގެ ފަރާތުން ސުވާލުކުރުމުން ބުނީ، އޭނާ "ރައްޔިތުންގެ ޓީމާއި" ގުޅުނީ އެޓީމަކީ މިހާރުވެސް ޤާބިލްކަން ދައްކަމުންދާ ޓީމަކަށްވެފައި، ޓީމްގެ ލީޑަރު އަހްމަދު ސޮބާހްގެ ޒައާމަތުގައި އިހަވަންދޫ ކައުންސިލުން ތަފާތު ނަތީޖާއެއްނެރެ އެކަން ދައްކުވައި ދީފައިވާތީއެވެ. ދޮންމަނިކު ބުނީ އޭނާ "ރައްޔިތުންގެ ޓީމާއި" ގުޅުނީ އާއިލާގެ 25 މެމްބަރުންނާއި އެކު ކަމުގައެވެ. ދޮންމަނިކު އިތުރަށް ބުނެފައިވަނީ މިއިންތިހާބު ރައްޔިތު ޓީމަށް ކާމިޔާބު ކޮށްދިނުމަށް ޓަކައި ދޮންމަނިކާއި ދޮންމަނިކުގެ އާއިލާ ކޮށްދެވެންހުރި މަސައްކަތް ކޮށްދޭނެ ކަމުގައެވެ.
ދޮންމަނިކު ޒުވާނުންގެ ހަރުގެއަކީ، އިހަވަންދޫގައި އެމްޑީޕީގެ ގިނައަދަދެއްގެ ޒުވާނުން އިސްސަފުގައި ނުކުމެ ސިޔާސީ މަސައްކަތް ކުރި ޕްލެޓް ފޯމެކެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފަންވި ޒުވާނުންގެ ހަރުގޭގައިވަނީ ތަފާތު ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންގޮހެވެ. އެގޮތުން ކަންމަތީ ޖަލްސާތަކާއި، ސިޔާސީ ކެއުން ތަކުގެ އިތުރުން އިންތިހާބުތަކަށް ތައްޔާރުވުމުގެ މަސައްކަތް ހިމެނެއެވެ. ޒުވާނުންގެ ހަރުގެ ހުންނަނީ ދޮންމަނިކުގެ އާއިލީގެ ކަމަށްވާ ސަމީނާ މަންޒިލްގައެވެ.
ކުރިޔަށް އޮތާގައިވެސް "ރައްޔިތުންގެ ޓީމާއި" ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން އަދި ސިޔާސީ އިސްފަރާތްތައް އެޓީމާއި ގުޅޭނެކަމަށް "ރައްޔިތުންގެ ޓީމުން" މައުލޫމާތު ދެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!
17 - މޭ - 2026
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
އަމިއްލަގޮތުން އިންތިހާބުވެފައި، ޕާޓީއަކާ ގުޅުމަކީ އަމިއްލަ ނަފްސު ގަބޫލުކުރާ ކަމެއްނޫން – އައިޝާ
15 - މޭ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ސަރުކާރާ ގުޅިގެން ކުރިއަށްދާން މިތިބީ ތައްޔާރަށް: އިންތިޚާބީ ރައީސް ފަވާޒް
18 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން: ސޮބާހް
16 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބާއްވާ ފަރިއްކޮޅަށް އިހަވަންދޫގެ ރައްޔިތުންނަށް ދައުވަތު ދީފި
10 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް