އަޅުގަނޑު އެހެން ކެނޑިޑޭޓަކަށް ތާއީދުކުރާ ކަމަށްބުނެ ދައްކާވާހަކައަކީ ދޮގެއް – ރައްޒާން
އެހެން ކެނޑިޑޭޓަކަށް ތާއީދުކުރާކަމަށްބުނެ ދެކެވޭ ވާހަކަޔާއި ނަން އަނބުރާ ގެންދާކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ޔޯލަ ދޮގު ވާހަކަތަކެއް ކަމަށް، ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ވެރިކަންކުރާ ޕީއެންސީ ޓިކެޓްގައި އިހަވަންދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ އަލީ ރައްޒާން ބުނެފިއެވެ. ރައްޒާން މިހެންބުނީ ރޭ އެޕާޓީގެ ހަރުގެ ބޮޑު ތަކުރުފާނު މާލަމުގައި ކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.
"ހަގީގަތުގައި މިވާހަކަ މިދައްކަނީ، އަޅުގަނޑުމެންގެ ލީޑަރު އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހްމަދު ނަސީރުގެ ލީޑަރޝިޕްގެ ދަށުން، ކުރިމަތިލާގެންތިބި ކެނޑިޑޭޓުންނަށް މިއިންތިހާބު ކާމިޔާބުވާނެކަމުގެ ޔަޤީންކަން އޮތީމަ އަޅުގަނޑުމެން ފަހަތައްޖައްސަން މިވާހަކަ މިދައްކަނީ. އެކަމަކު އަޅުގަނޑުމެންނެއް ފަހަތަކަށް ނުޖެހޭނަން" ރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން ރައްޒާން ބުންޏެވެ. ރައްޒާންގެ އިތުރުން ކުރިޔަށް އޮތް އިންތިހާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް، އިހަވަންދޫ ކައުންސިލްގެ މިހިނގާ 4 ވަނަ ދައުރުގެ ރައީސް އަހްމަދު ސޮބާހްގެ އިތުރުން، ސެކްރެޓަރީ ޖެނެރަލް އަލީ ފަވާޒްވެސް ވާދަކުރެއެވެ. ސޮބާހް ވާދަކުރަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ. ފަވާޒް ވާދަކުރަނީ އެމްޑީޕީގެ ޓިކެޓްގައެވެ.
ރައްޒާން މިމޭރުމުން ވާހަކަ ދެއްކިއިރު، އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރާ ސޮބާހްއަށް ރައްޒާން ވަރަށް އަވަހަށް ތާއީދުކޮށް، ރައްޒާން ކެމްޕެއިނާއި ދުރަށް ދާނެކަމަށް ބުނާ ވާހަކަތެއްގެ އަޑު މިދޭތެރޭގައި ވަރަށް ގަދަވިއެވެ. ނަމަވެސް ރޭގެ ޖަލްސާގައި ރައްޒާންވަނީ އެއީ އެއްވެސް ހަޤީގަތެއްނެތް ވާހަކަތަކެއްކަމުގެ ޔަޤީންކަން ދީފައެވެ. ފާހަގަކުރެވޭ ގޮތުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް ޕީއެންސީ ޓިކެޓްގައި ވާދަކުރާ އާމިނަތު ނުޒުހަތު ފަހަތަށްޖެހި، އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަމިއްލަގޮތުން ވާދަކުރާ ޓީމަށް ތާއީދުކުރަން ވަނީ ނިންމައިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ރައީސް މުއިއްޒު ޕީއެންސީ ކެނޑިޑޭޓުންނާއި ދެކޮޅަށް ފަންޑުކުރެއްވިކަމުގެ ތުހުމަތު އަމާޒުވެއްޖެ!
7 - އޭޕްރީލް - 2026
ދެބުޅާ ކޯޅެންތިއްބާ އިހަވަންދޫއިން މެޖޯރިޓީ ހޯދީ އެމްޑީޕީ! ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު!
5 - އޭޕްރީލް - 2026
ޕީއެންސީ ރެލީގައި ބައިވެރިވުމަށް އިހަވަންދޫ ފެނަކަ ރަސްމީ ސްޓާފް ގުރޫޕްގައި ދައުވަތު ދީފި
3 - އޭޕްރީލް - 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫގެ މެޖޯރިޓީ ހޯދާނެ ޓީމެއް ބެލުމަށް ޕޯލެއް ހުޅުވާލައިފި!
1 - އޭޕްރީލް - 2026
ޕީއެންސީ ކެނޑިޑޭޓުންގެ ޕޯސްޓަރަށް ކަޅުތެޔޮ ޖަހައި ގެއްލުންދީފި
1 - އޭޕްރީލް - 2026
ހުސް ގޮނޑި ބަހައްޓައިގެން ޕީއެންސީއިން ޖަލްސާއެއް ބާއްވައިފި!
28 - މާރިޗު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް