ޕީއެންސީގެ ސެނެޓް މެމްބަރު، މުހައްމާ ރަސްމީކޮށް "ރައްޔިތުންގެ ޓީމާއި" ގުޅިއްޖެ!
ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެއްޓީމެއްގެ ގޮތުގައި އަމިއްލަގޮތުން އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ "ރައްޔިތުންގެ ޓީމާއި" ކުރީގެ އިހަވަންދޫ ދާއިރާގެ މެމްބަރު، ވެރިކަންކުރާ ޕީއެންސީގެ ސެނެޓް މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ގުޅިވަޑައިގެންފިއެވެ.
މުހައްމާ "ރައްޔިތުންގެ ޓީމާއި" ގުޅިވަޑައި ގަތުމަށް މިއަދު ހަވީރު އިހަވަންދޫއަށް ވަޑައިގަތުމުން,ގިނަބަޔަކު ވަނީ ބަނދަރު ސަރަހައްދަށްނުކުމެ އެބޭފުޅާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މުހައްމާއަކީ އިހަވަންދޫ ސިޔާސީ މަސްރަހަގައި ނުފޫޒުގަދަ ބޭފުޅެކެވެ. މުހައްމާވަނީ އެކިއެކި ސަރުކާރުތައް ގެނައުމާ ބަދަލުކުރުމުގައި ސިޔާސީ އިސް އެކްޓިވިސްޓެއްގެ ގޮތުން މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް އެބޭފުޅަވަނީ އިސްދައުރެއް އަދާކޮށްފައެވެ. އަދި މިހާރުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހްމަދު ނަސީރަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށްޓަކައި އަމަލީގޮތުން ބައިވެރިވެ މަސައްކަތް ކޮށްދެއްވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް އަމިއްލަ ގޮތުން އެއް ޓީމެއްގެ ގޮތުގައި ކެނޑިޑޭޓުން ނުކުތީ ޕީއެންސީގެ ޕްރައިމަރީ ބޭއްވުމުގައި އުފެދުނު މައްސަލަތަކަކާ ގުޅިގެންނެވެ. ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅި ބައެއް ކެނޑިޑޭޓުންގެ ޝަރުތު ހަމަނުވާކަމަށް ޕާޓީން ނިންމުމުން، ޝަރުތު ހަމަވީ އިންތިޚާބުކުރަންޖެހޭ އަދަދަށް ކަމަށްވާތީ ޕްރައިމަރީއަކާ ނުލައި އެ ފަރާތްތަކަށް ވަނީ ޓިކެޓް ދީފައެވެ.
މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން، ޕީއެންސީގެ ތެރޭގައި ތިބި ގިނަ ބަޔަކު ދަނީ އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދުކުރަމުންނެވެ. މިކަމުގެ ސަބަބުން އިހަވަންދޫގައި ސަރުކާރު ހިންގާ ޕާޓީގެ އެތެރޭގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!
17 - މޭ - 2026
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
އަމިއްލަގޮތުން އިންތިހާބުވެފައި، ޕާޓީއަކާ ގުޅުމަކީ އަމިއްލަ ނަފްސު ގަބޫލުކުރާ ކަމެއްނޫން – އައިޝާ
15 - މޭ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ސަރުކާރާ ގުޅިގެން ކުރިއަށްދާން މިތިބީ ތައްޔާރަށް: އިންތިޚާބީ ރައީސް ފަވާޒް
18 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން: ސޮބާހް
16 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބާއްވާ ފަރިއްކޮޅަށް އިހަވަންދޫގެ ރައްޔިތުންނަށް ދައުވަތު ދީފި
10 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް