ހޯރަފުށި ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ނިންމަނީ!
ޒިޔާޢު އަހްމަދު
31 - މާރިޗު - 2026
ހއ. ހޯރަފުށީގައި ސަރުކާރުން އިމާރާތްކުރަމުންދާ އައު ހޮސްޕިޓަލުގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި އެ ތަނުން ޚިދުމަތް ދޭން ފެށޭނެ ކަމަށް މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޝަރީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ޝަރީފް ވިދާޅުވީ، ހޯރަފުށީގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިމާރާތްކުރަމުންދާ އިތުރު 5 ހޮސްޕިޓަލެއްގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި މުޅިން ނިންމައި ބޭނުންކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މިއަހަރު ނިންމުމަށް ތާވަލުކޮށްފައިވާ ހޮސްޕިޓަލްތަކުގެ ތެރޭގައި ހއ. ހޯރަފުށީގެ އިތުރުން ހިމެނެނީ ނ. ކެނދިކުޅުދޫ، ރ. ދުވާފަރު، ބ. ތުޅާދޫ، ޅ. ހިންނަވަރު އަދި ކ. ގުރައިދޫގެ ހޮސްޕިޓަލެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ފަސް އަހަރުގެ ދައުރު ނިމޭއިރު، ރާއްޖޭގެ ޞިއްޙީ ނިޒާމަށް ޢުމްރާނީގޮތުން އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ހއ. ހޯރަފުށީގައި އަޅާ 30 އެނދުގެ ހޮސްޕިޓަލަކީ 85.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އާއި ފްލެކްސިން ޕްރައިވެޓް ލިމިޓެޑް ގުޅިގެން ހަދާފައިވާ ޖޮއިންޓް ވެންޗާއަކާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އެއް އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ހޮސްޕިޓަލްގެ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތްތަކެވެ.
ހޯރަފުއްޓާއިއެކު ހއ އަތޮޅުގައި 3 ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ. އެއީ އާރުޑީސީއާ ހަވާލުކޮށްގެން އިހަވަންދޫގައި އަޅަމުންދާ 30 އެނދުގެ ހޮސްޕިޓަލާއި، އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެން ހއ. ދިއްދޫގައި އަޅަމުންދާ 50 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތެވެ. ދިއްދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ފައުންޑޭޝަން އަދި ކޮންކްރީޓް މަސައްކަތް މިހާރު ކުރިއަށްދާއިރު، އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތުގައި އޮތީ ބުރަކިޖެހި ހުއްޓިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ހޯރަފުށި ހިމެނޭހެން 13 ރަށެއްގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ!
18 - ޖުލައި - 2026
ހޮސްޕިޓަލެއްގެ ބަދަލުގައި، އިހަވަންދޫ ރައްޔިތުންނަށް ލިބުނީ "ބޮއް ފެކްޓްރީއެއް" – ޝިފާއު
28 - ޖޫން - 2026
ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ހޯރަފުށި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބިޔަ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
1 - އޭޕްރީލް - 2026
ހޯރަފުށީ ކައުންސިލްގެ އެއްލައްކަ ރުފިޔާގެ ފުޓްސަލް މުބާރާތުގައި 7 ރަށަކުން 10 ޓީމު ވާދަކުރަނީ!
8 - މާރިޗު - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި
6 - ނޮވެމްބަރު - 2025
އުލިގަމުގައި ފުޓްސަލް ދަނޑެއް، ހޯރަފުށީގައި ހޭންޑްބޯލް ކޯޓަކާއި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަށް ޒެބޮކްއަށް
28 - އޮކްޓޯބަރު - 2025
އިމަގު ޣާޒީ ކަޕް 2025: ފުރަތަމަ މެޗްގައި ހޯރަފުއްޓާއި އުލިގަމުގެ ކުރިމަތިލުމެއް!
18 - ސެޕްޓެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް