އަންހެނުންގެ ކޮމިޓީގައި ސިއްހީ މާހިރަކު އިނުން މަޖުބޫރުކަމަށް ހުރާސަތު ވިދާޅުވެއްޖެ!
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް، ހުރާސަތު، އޭނާގެ ކެމްޕެއިން ވީޑިއޯ މެދުވެރިކޮށް މުހިންމު މެސެޖުތަކެއް ރައްޔިތުންނަށް ދޫކޮށްލައްވައިފިއެވެ. ހުރާސަތު ވިދާޅުވި ގޮތުގައި، އަންހެނުންގެ ކޮމިޓީގައި ސިއްހީ ދާއިރާގެ މީހަކު އިނުމަކީ ކޮންމެހެންވެސް މަޖުބޫރު ކަމެކެވެ.
ސިއްހީ ދާއިރާގެ ތަޖުރިބާ ކޮމިޓީއަށް
ނަރުހެއްގެ ގޮތުގައި މަސައްކަތްކުރައްވާ ހުރާސަތު ފާހަގަކުރެއްވި ގޮތުގައި، އަންހެނުންގެ ސިއްހަތާއި، މުޖުތަމައުގެ ދުޅަހެޔޮކަމުގެ އިތުރުން އާއިލީ ބަދަހިކަމަކީ ކޮމިޓީގެ ސިޔާސަތުތައް އެންމެ ބޮޑަށް އަމާޒުހިފަންޖެހޭ ދާއިރާތަކެވެ. "އަހަރެންނަކީ ނަރުހެއް. އާއިލާތަކުން ތަހައްމަލުކުރާ ދަތިތަކާއި، އަންހެނުންގެ ސިއްހީ އަދި އިޖުތިމާއީ ބޭނުންތައް އަހަރެންނަށް ވަރަށް ގާތުން ފެނޭ،" ހުރާސަތު ވިދާޅުވިއެވެ.
ޚިދުމަތަކީ ވަގުތު ހޯދައިގެން ކުރާ ކަމެއް
ވަޒީފާގެ ބުރަކަމާއެކު ކޮމިޓީއަށް ވަގުތު ދެވޭނެތޯ އުފެދޭ ސުވާލަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ، ޚިދުމަތް ކުރުމަކީ ވަގުތު އޮތުމުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ވަގުތު ހޯދައިގެން ކުރާ ކަމެއް ކަމަށެވެ. ނަރުހެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ސަބަބުން ކަންކަން ތަރުތީބުކޮށް ވަގުތު ބަހާލައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މުސާރައަށްވުރެ އިސްކުރީ އިޚުލާސްތެރިކަން
ބޮޑު މުސާރަ ލިބޭ ވަޒީފާއެއްގައި ހުރެ މިފަދަ މަގާމަކަށް ކުރިމަތިލީ ކީއްވެގެންތޯ ކުރިމަތިވާ ސުވާލުތަކަށް ހުރާސަތު ދެއްވީ ވަރަށް ސަރީހަ ޖަވާބެކެވެ. އޭނާ ވިދާޅުވީ މި މަގާމަށް ކުރިމަތިލީ އުޖޫރައަކަށް ބޭނުންވެގެން ނޫން ކަމަށާއި، އެއީ ހަމައެކަނި ޚިދުމަތް ކުރުމުގެ ޝައުގުވެރިކަމުގައި ކަމަށެވެ. އަމިއްލަ އިލްމާއި ތަޖުރިބާ ރަށުގެ އަންހެނުންގެ ކުރިއެރުމަށް ހިއްސާކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ކުލައަކީ ރަށުގެ ތަރައްގީ
ވަކި ޕާޓީއަކަށް ނިސްބަތްނުވެ، އަމިއްލަ ގޮތުން ކުރިމަތިލުމާ ގުޅޭގޮތުން ހުރާސަތު ވިދާޅުވީ، އޭނާގެ ކުލައަކީ ރަށުގެ ތަރައްގީ ކަމަށާއި ފިކުރަކީ އަންހެނުންގެ ކުރިއެރުން ކަމަށެވެ. ވަކި ފަރާތަކަށް ނުޖެހި ހުރުމުން ހުރިހާ ރައްޔިތުންގެ އަޑު އެއްވެސް ތަފާތުކުރުމެއް ނެތި އެހުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ވީޑިއޯ ނިންމަވާލައްވަމުން ހުރާސަތު ވިދާޅުވީ، އޭނާ ހުރީ އަތުކުރި އޮޅާލައިގެން ޚިދުމަތަށް ތައްޔާރަށް ކަމަށެވެ. އަދި އޭނާ އިންތިޚާބުކޮށްފިނަމަ، އެއީ ރަށުގެ އަންހެނުންގެ ތަރައްގީއަށް އެޅޭ އެންމެ ހަރުދަނާ ފިޔަވަޅަށް ހައްދަވާނެކަމުގެ ޔަގީންކަން އެރުވިއެވެ.
ހުރާސަތުގެ ކެނޑިޑޭޓް ނަންބަރަކީ 11 އެވެ. ހުރާސަތުގެ ވީޑިއޯ ތިރީގައި އެ ވަނީއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!
17 - މޭ - 2026
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
އަމިއްލަގޮތުން އިންތިހާބުވެފައި، ޕާޓީއަކާ ގުޅުމަކީ އަމިއްލަ ނަފްސު ގަބޫލުކުރާ ކަމެއްނޫން – އައިޝާ
15 - މޭ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ސަރުކާރާ ގުޅިގެން ކުރިއަށްދާން މިތިބީ ތައްޔާރަށް: އިންތިޚާބީ ރައީސް ފަވާޒް
18 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން: ސޮބާހް
16 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބާއްވާ ފަރިއްކޮޅަށް އިހަވަންދޫގެ ރައްޔިތުންނަށް ދައުވަތު ދީފި
10 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް