Live updates
05 Apr 2026, 12:45
އިހަވަންދޫ ކައުންސިލަށް ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް އިންތިހާބުވެފައިވާކަން ކަށަވަރުވެފައިވަނީ، ކައުންސިލްގެ ރައީސްގެ މަޤާމަށް އަލީ ފަވާޒު، ކައުންސިލް މެމްބަރުކަމަށް ފިރާގު، ކައުންސިލް މެމްބަރުކަމަށް މޫސާ އަލީ އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ ކައުންސިލް ގޮނޑިޔަށް ނާސިރާ އަބުދުލްވާހިދުއެވެ.
އަންހެނުންނަށް ހާއްސަކޮށްފައިވާ ކައުންސިލް ގޮނޑިޔަށް ވާދަކުރަނީ ސަމާހަތު އަދި ޝިޔާމާއެވެ. އެދެ ކެނޑިޑޭޓުންގެ މެދުގައި ފަރަގު ކުޑަކަމުގެ ސަބަބުން ވަކިގޮތަކަށް އަދި ނިންމޭވަރެއް ނުވެއެވެ.
04 Apr 2026, 20:31
04 Apr 2026, 20:30
ވޯޓްގެ އެންމެފަހުގެ އަޕްޑޭޓްތައް ގެނެސްދިނުމަށް އަޅުގަނޑުމެންމިހާރުވާނީ އަޅުގަނޑުމެންގެ ފޭސްބުކް އަދި ޔޫޓިއުބް ޗެނަލްގައި ލައިވް ސްޓްރީމެއް ފަށާފައި.
04 Apr 2026, 19:20
މާލޭގައި ދިރިއުޅޭ އިހަވަންދޫ މީހުން ވޯޓްލާން ބަހައްޓާފައިހުރި ފޮށްޓަށް، އިހަވަންދޫއަށް ނިސްބަތްވާ 352 މީހަކު ވޯޓްލާފައިވާކަމަށް މައުލޫމާތުލިބޭ، އެފޮށްޓަށް ވޯޓްލުމުގެ ހައްޤުލިބިގެންވާ އިހަވަންދޫ މީހުންގެ އަދަދަކީ 469. ވުމާއިއެކު 117 މީހަކު ވޯޓްލުމުގެ ހައްޤު ބޭނުންކޮށްފައެއްނުވޭ.
04 Apr 2026, 17:17
މާލޭގައި ދިރިއުޅޭ އިހަވަންދޫ މީހުން ވޯޓްލާން ބަހައްޓާފައިހުރި ފޮށީގެ ކިއުވެސްވަނީ ބަންދުކޮށްފައި.
އެފޮށްޓަށް 525 މީހުން ވޯޓް ލާފައިވާއިރު އަދި 50 މީހުން ކިއުގައި އެބަތިބި. އެއީ އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ މީހުން ވޯޓް ލުމަށް ބަހައްޓާފައިހުރި ފޮއްޓެއް. އެފޮށްޓަށް ވޯޓްލުމުގެ ހައްޤުއޮތްް އިހަވަންދޫ މީހުންގެ އަދަދަކީ 469.

04 Apr 2026, 17:09
04 Apr 2026, 17:05
17:00 އާއި ހަމަޔަށް އިހަވަންދޫގައި ބަހައްޓާފައިހުރި 3 ވޯޓް ފޮއްޓަށް ވޯޓް ލާފައިވާ ގޮތުގެ ތަފްސީލް.
ވަގުތީ ހޯލްގައި ބަހައްޓާފައިހުރި 1 ނަންބަރު ފޮށި: 432 (ވޯޓްލުމުގެ ހައްޤު ލިބިގެންވާ 606 މީހުން އެބަތިބި)
މަލްޓިޕާޕޯސް ހޯލްގައި ބަހައްޓާފައިހުރި 2 ނަންބަރު ފޮށި: 468 (ވޯޓްލުމުގެ ހައްޤު ލިބިގެންވާ 652 މީހުން އެބަތިބި)
ފިޒިކްސް ލެބްގައި ބަހައްޓާފައިހުރި 3ނަންބަރު ފޮށި: 413 (ވޯޓްލުމުގެ ހައްޤު ލިބިގެންވާ 524 މީހުން އެބަތިބި)
04 Apr 2026, 17:01
04 Apr 2026, 16:22
އިހަވަންދޫގައި ވޯޓްލާ މަރުކަޒުގައި ވޯޓްލާން ކިއުގައި ބައެއް މީހުން ތިބޭތާ 4 ގަޑިއިރުވެއްޖެ!. މާގިނައިރުވާތީ ބައެއްމިހުން ކިއުދޫކޮށް ވޯޓްނުލާ ގޮސްފިކަމަށް މައުލޫމާތުލިބޭ!
04 Apr 2026, 16:06
14:00 އާއި ހަމަޔަށް އިހަވަންދޫގައި ބަހައްޓާފައިހުރި 3 ވޯޓް ފޮއްޓަށް ވޯޓް ލާފައިވާ ގޮތުގެ ތަފްސީލް.
ވަގުތީ ހޯލްގައި ބަހައްޓާފައިހުރި 1 ނަންބަރު ފޮށި: 371 (ވޯޓްލުމުގެ ހައްޤު ލިބިގެންވާ 606 މީހުން އެބަތިބި)
މަލްޓިޕާޕޯސް ހޯލްގައި ބަހައްޓާފައިހުރި 2 ނަންބަރު ފޮށި: 411 (ވޯޓްލުމުގެ ހައްޤު ލިބިގެންވާ 652 މީހުން އެބަތިބި)
ފިޒިކްސް ލެބްގައި ބަހައްޓާފައިހުރި 3ނަންބަރު ފޮށި: 365 (ވޯޓްލުމުގެ ހައްޤު ލިބިގެންވާ 524 މީހުން އެބަތިބި)
04 Apr 2026, 16:02
ވޯޓްލައިގެން ނުކުންނަ ބައެއްމީހުން ބުނަނީ މިހާއިންތިޒާމްތައްދަށް އިންތިހާބެއްގައި އަދި ވޯޓް ނުލާކަމަށް، ބައެއް މީހުން ބުނާގޮތުގައި އެމީހުންނަށް ވޯޓްލެވުނީ 2-3 ގަޑީއިރު ކިޔުގައި ތިބެގެން.
04 Apr 2026, 16:00
ކިއު ބަންދުކުރާ ވަގުތުވަނީ 16:00 އިން 17:00 އަށް އިތުރުކޮށްފައި. އިހަވަންދޫގައި ވޯޓްލާ މަރުކަޒުވަނީ ވޯޓްލާންތިބި މީހުންގެ ކިއު ދިގުކަމުން ފުރި ބާރުވެފައި.
04 Apr 2026, 14:56
04 Apr 2026, 14:55
އިހަވަންދޫގައި ވޯޓްލުމަށް ވޯޓްލާމަރުކަޒުގައި ބަހައްޓާފައިހުރި 3 ފޮށީގެ ކިޔުވެސްް އާދަޔާއި ހިލާފަށްވަނީ ވަނީ ދިގުވެފައި. އެތައްސަތޭކަ ބަޔަކު ވޯޓްލުމަށް ކިޔުގައި ޖެހިގެން އެބަތިބި. މިކަމުގެ އެންމެބޮޑު ސަބަބެއްކަމަށް ބެލެވެނީ ވޯޓް ފާހަގަޖެހުމަށް ބަހައްޓާފައިހުރި ބޫތް މަދުވުމުގެ ސަބަބުން ކިޔު ކުރިޔަށް ނުހިނގުން. މީގެ އިތުރުން 3 އިންތިހާބެއް އެކުގައި ކުރިޔަށް ދިއުމާއި، އިހަވަންދޫ ކައުންސިލާއި ޑަބްލިޔުޑީސީއަށް ކުރިމަތިލާފައިވާ ކެނިޑޭޓުންގެ އަދަދު ގިނަވުމުން ފާހަގަޖަހަން އިތުރުވަގުތު ނަގާތީކަމަށް ބެލެވޭ.
04 Apr 2026, 12:46
12:30 އާއި ހަމަޔަށް އިހަވަންދޫގައި ބަހައްޓާފައިހުރި 3 ވޯޓް ފޮއްޓަށް ވޯޓް ލާފައިވާ ގޮތުގެ ތަފްސީލް.
ވަގުތީ ހޯލްގައި ބަހައްޓާފައިހުރި 1 ނަންބަރު ފޮށި: 204 (ވޯޓްލުމުގެ ހައްޤު ލިބިގެންވާ 606 މީހުން އެބަތިބި)
މަލްޓިޕާޕޯސް ހޯލްގައި ބަހައްޓާފައިހުރި 2 ނަންބަރު ފޮށި: 244 (ވޯޓްލުމުގެ ހައްޤު ލިބިގެންވާ 652 މީހުން އެބަތިބި)
ފިޒިކްސް ލެބްގައި ބަހައްޓާފައިހުރި 3ނަންބަރު ފޮށި: 198 (ވޯޓްލުމުގެ ހައްޤު ލިބިގެންވާ 524 މީހުން އެބަތިބި)
04 Apr 2026, 12:42
އިހަވަންދޫގައި ވޯޓްލުމުގެ ކަންކަން ކުރިޔަށްދަނީ ވަރަށް އަމަން އަމާން މާހައުލެއްގައި. ވޯޓްލާ މަރުކަޒުގެ ބޭރުގައިވެސް ކުރީ އިންތިހާބުތަކާއި ހިލާފަށް ވޯޓުލާން އަންނަ މީހުންނަށް ނުފޫޒު ފޯރުވުމަށް ހިންގާ ހަރަކާތްތައް މަދުކަން ފާހަގަކުރެވޭ. ނަމަވެސް ވޯޓްލުން ކުރިޔަށް ދާލެއްލަސްވުމުން 3 ފޮއްޓަށްވެސް ވޯޓްލާން އައިސްތިބި މީހުންގެ ކިޔުދިގު ކަމަށް ފާހަގަކުރެވޭ. ވޯޓްލުން ލަސްވަނީ 3 އިންތިހާބެއް އެކުގައި ކުރިޔަށް ދިއުމާއި، އިހަވަންދޫ ކައުންސިލާއި ޑަބްލިޔުޑީސީއަށް ކުރިމަތިލާފައިވާ ކެނިޑޭޓުންގެ އަދަދު ގިނަވުމުން ފާހަގަޖަހަން އިތުރުވަގުތު ނަގާތީކަމަށް ބެލެވޭ.
04 Apr 2026, 11:07
އިހަވަންދޫ ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިހާބުގައި ޖުމުލަ 2525 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.
04 Apr 2026, 09:29
މިއިންތިހާބުގައި ވޯޓްލުން އިހަވަންދޫގައި ކުރިޔަށްދަނީ އިހަވަންދޫ ސްކޫލްގައި. މަލްޓިޕާޕޯސް ހޯލް، ވަގުތީ ހޯލް އަދި ފިޒިކްސް ލެބްގައި ވޯޓް ފޮށި ބަހައްޓާފައިިވާއިރު. ފުލުހުން ވަނީ ވޯޓްލާ މަރުކަޒުގެ ޓްރެފިކް ފްލޯ އޮންނާނެގޮތް އާންމުކޮށްފައި.
04 Apr 2026, 09:25
ލޯކަލް ކައުންސިލް އިންތިހާބުގައި، އިހަވަންދޫ ކައުންސިލަށް 17 ކެނޑިޑޭޓަކު ވާދަކުރާއިރު، އިހަވަންދޫ އަންހެނުންގެ ތަރައްޤީކުރާ ކޮމިޓީއަށް 15 ކެނޑިޑޭޓަކާއި އެކު ޖުމުލަ 32 ކެނޑިޑޭޓަކު ވާދަކުރޭ. މިއީ އިންތިހާބެއްގައި އިހަވަންދޫގެ އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރާ އިންތިހާބުކަން ފާހަގަކުރެވޭ.






