އެންވީކޭ ސްޕޯރޓްސް އެކަޑަމީ ރަސްމީކޮށް އިފްތިތާހްކޮށްފި...
ހއ. އިހަވަންދޫގެ މަޝްހޫރު ޓީމެއް ކަމަށްވާ އެންވީކޭގެ ފަރާތުން ހިންގާ "އެންވީކޭ ސްޕޯރޓްސް އެކަޑަމީ" ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. މި އެކަޑަމީ އިފްތިތާހްކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު އިހަވަންދޫ ކްލަބް ޕޯލްސްޓަރގެ ހޯލްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވީކޭ ސްޕޯރޓް އެކަޑަމީގެ ޓްރެއިނަރު މުހައްމަދު ފަޒީފް ވިދާޅުވީ، އެ އެކަޑަމީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުން ކަމަށެވެ. އެގޮތުން ކުދިންގެ ކިބައިގައި ހުރި އިންޑިވިޖުއަލް ނުވަތަ އަމިއްލަ ހުނަރުތައް ދެނެގަނެ، އެ ހުނަރުތައް އިތުރަށް ތަރައްގީކުރެވެން ހުރި ދާއިރާތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ދެއްކެވި ވާހަކަފުޅުގައި، އިހަވަންދޫގައި ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ މިފަދަ މަސައްކަތްތަކަށް ތައުރީފު ކުރައްވައި، އެކަޑަމީގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ހިތްވަރު ދެއްވިއެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި ވަނީ އެކަޑަމީއާ އަލަށް ގުޅުނު ދަރިވަރުންނަށް އެކަޑަމީގެ ރަސްމީ ޖާޒީ ހަވާލުކޮށްފައެވެ. އެންވީކޭ އެކަޑަމީގެ ހަރަކާތްތައް ކުރިޔަށްގެންދަނީ 3 އުމުރުފުރަޔަކަށް ބަހާލައިގެންނެވެ. އެއީ 9 އަހަރުން ދަށް، 13 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރަޔެވެ.
އެންވީކޭ ސްޕޯރޓްސް އެކަޑަމީ އިފްތިތާހްކުރުމާއެކު، އިހަވަންދޫގައި މިހާރު ޖުމްލަ ތިން އެކަޑަމީއެއް ހަރަކާތްތެރިވަމުންދާނެއެވެ. އެއީ އިމަގު އެކަޑަމީ، ޖޭ ސްޕޯރޓްސް އެކަޑަމީ އަދި މިއަދު އަލަށް ފެށި އެންވީކޭ ސްޕޯރޓްސް އެކަޑަމީއެވެ.
ގުޅުން ހުރެދާނެ ލިޔުން
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
މައިކަޕް 2025: ޖަންގަލް އަދި ހީވެސްނުވޭ ސެމީ ފައިނަލަށް!
25 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ޔުނައިޓެޑް ޔޫތަށް ތާރީޚީ ކާމިޔާބީ: ފުރަތަމަ ފަހަރަށް ވޮލީ މުބާރާތެއްގެ ތަށި ހިއްލާލައިފި!
7 - ސެޕްޓެމްބަރު - 2025
ޖަންގަލް އަތުން ބަދަލު ހިފައި އެންވީކޭ ފައިނަލަށް!
6 - ސެޕްޓެމްބަރު - 2025
ޔުނައިޓެޑް ޔޫތް ފައިނަލަށް، ޖަންގަލި އަދި އެންވީކޭ ސެމީއަށް
4 - ސެޕްޓެމްބަރު - 2025
ބޮޑުމަގު އަތުން ބަދަލުހިފައި، އިހަވަން ފުޓްސަލް ޗެލެންޖްގެ ތަށިހިއްލާލައި، އިހަވަންދޫގެ އެންމެ ކާމިޔާބު ޓީމަކަށް އެންވީކޭ!
3 - އޮގަސްޓު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް