އިހަވަންދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ހއ. އަތޮޅަށް ހުޅުވާލައިފިއެވެ. މިއީ މިމުބާރާތުގައި އިހަވަންދޫގެ ޓީމްތަކުގެ އިތުރުން ހއ އަތޮޅުގެ އެހެން ރަށްރަށުގެ ޓީމްތަކަށްވެސް ވާދަކުރެވޭގޮތަށް މިމުބާރާތް ކުރިޔަށްގެންދާ ފުރަތަމަ ފަހަރެވެ.
މިމުބާރާތް ފެށިގެން އައީ ފުޓްސަލް މުބާރާތެއްގެ ގޮތުގައެވެ. ނަމަވެސް މިދިޔަ ދެ މުބާރާތް ކުރިޔަށް ގެންދިޔައީ އިލަވަން އަ ސައިޑް (ބޮޑު ގޯލް) މުބާރާތެއްގެ ގޮތުގައެވެ. ނަމަވެސް މިއަހަރުގެ މުބާރާތް މިވަނީ ފުޓްސަލްއަށް ބަދަލުކޮށްފައެވެ. މިއީ ކައުންސިލް ކަޕްގެ ނަމުގައި މިމުބާރާތް ކުރިޔަށް ގެންދާ 9 ވަނަ ފަހަރެވެ.
މިދިޔަ މުބާރާތަށްވުރެ މިއަހަރުގެ މުބާރާތުގެ ފައިސާގެ އިނާމުވަނީ ކުޑަކޮށްފައެވެ. އެގޮތުން ޗެމްޕިއަން ޓީމަށް 30،000ރ ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 10،000ރ ގެ ފައިސާގެ އިނާމެވެ.
މިއީ މިމުބާރާތް ހއ އަތޮޅުގެ ޓީމްތަކަށް ހުޅުވައިލި ފުރަތަމަ ފަހަރެވެ. މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މިމަހުގެ 25 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ހުށަހަޅަންޖެހޭއިރު، މިމުބާރާތް ފަށާނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭ އެވެ. އެޓީމްވަނީ 5 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ ކައުންސިލް ކަޕްގައި ވާދަކޮށްފައިވަނީ 4 ޓީމެކެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް