މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނުއެވެ. ހޯމް މިނިސްޓަރު އިމްރާން ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުންނާއި، ދޫނިދޫގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެލައްވާފައިވެއެވެ.
ފުލުހުންނަށް ޚާއްސަކޮށްގެން ދޫނިދޫގައި ޤާއިމުކުރާ އެކަމަޑޭޝަން އައު ޢިމާރާތުގެ ބިންގާ އަޅައިފި
ފުލުހުންނަށް ޚާާއްސަކޮށްގެން ދޫނިދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ އެކަމަޑޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މުއައްސަސާއެއް ކުރިއަރައި ދިއުމަށްޓަކައި ނުވަތަ ޚިދުމަތް ފުރިހަމަކުރުމަށްޓަކައި ދެކަމެއް ބޭނުންވާކަމަށެވެ. އެ ދެ ކަމަކީ މަސައްކަތްކުރާ މުވައްޒަފުން އެކަމަށް ބޭނުންވާ ފުރިހަމަ ޤާބިލްކަމާއި، ހުނަރު އުފައްދައި އެކަމަށް ދޭ އަހަންމިއްޔަތުކަން ފުރިހަމަވެފައި އޮތުމާއި، އެކަމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ޤާއިމުވެ ހާސިލްވެފައިހުރުންކަމަށް ވިދާޅުވިއެވެ.
އިމްރާން ވަނީ ފުލުހުންގެ މުއައްސަސާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ މިއަދު ބިންގާ އެޅިގެންދާ ޢިމާރާތަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަރަށް ބޮޑު ލުއި ފަސޭކަމެއް ގެނެސްދޭނެ ތަނަކަށް ވުމަށާއ، މަސައްކަތަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ ތަނަކަށް ވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް، ޙަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ މަޤުސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރާ ކޮންމެ ފުލުހެއްގެ އެންމެ އިސް ލަނޑުދަނޑިއަކަށް ވާންޖެހޭނީ ރައްޔިތުން ފުލުހުންގެ ޚިދުމަތަށް ކުރާ އިތުބާރާއި، ޔަޤީންކަން ދަމަހައްޓައި، އެ އިތުބާރާއި ޔަޤީންކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް ކަމަށެވެ.
އެ ގޮތުން މިއަދު ބިންގާ އެޅިގެންދާ ޢިމާރާތަކީ ވަރަށް ބޭނުންތެރި ޢިމާރާތެއްކަމަށާއި، މި ޢިމާރާތުގެ ސަބަބުން މުވައްޒަފުންގެ ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް ވެސް ސީޕީ ޙަމީދު ވިދާޅުވިއެވެ.
ފުލުހުންނަށް ޚާާއްސަކޮށްގެން ދޫނިދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ އެކަމަޑޭޝަންގެ އައު ޢިމާރާތަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެކި ކުށްތަކުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ކެއިން ބުއިމުގެ އިންތިޒާމު މިހާރަށްވުރެ ރަނގަޅުކުރުމަށާއި، ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އެކޮމަޑޭޝަނާއި، އޮފީސް ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭ ގޮތަށް ޤާއިމުކުރާ ތަނެެކެވެ.
06 ފަންގިފިލާ ހިމެނޭ މި ޢިމާރާތުގައި މެސްރޫމާއި، ބަދިގެއާއި، މުވައްޒަފުންގެ އެކޮމަޑޭޝަންބްލޮކްތަކާއި، ވީއައިޕީ އެކޮމަޑޭޝަން ބްލޮކަކާއި، އޮފީސް ބަޔަކާއި، ކުލާސް ރޫމާއި، ކޮންފަރެންސް ރޫމެއް ވެސް ހިމެނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ކޮވިޑް-19 އާ ގުޅިގެން އިހަވަންދޫގައި ޤާއިމުކުރާ ރީޖަނަލް އެމެޖެންސީ ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށް
23 - އޭޕްރީލް - 2020
ޝިފާއު ޤައުމީ މަޖުލީހަށް ކުރިމަތިލާނެކަން އިއުލާންކުރައްވައިފި
15 - އޮކްޓޯބަރު - 2026
ރިހާކުރު ބޭސް، ސާމާލުނުވެއްޖެނަމަ ފުރާނައަށް އޮތް ނުރައްކަލެއް!
13 - އޮކްޓޯބަރު - 2026
އޭއައި އަކީ ސައިބާ ސެކިއުރިޓީގެ ވަސީލަތަކަށް އަދި ބޮޑު ނުރައްކަލަކަށްވެސް ވަނީ!
11 - އޮކްޓޯބަރު - 2026
ވަގުތީ ކުނިކޮށި ގާއިމުކުރުމުގެ މަސައްކަތް ފެނައާރާއި ހަވާލުކުރީ 1.4 ލައްކަޔަށް
8 - އޮކްޓޯބަރު - 2026
އިހަވަންދޫ ބަލިކޮށް ނައިވާދޫ ނޯތް ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދައިފި
7 - އޮކްޓޯބަރު - 2026
ފޮޓޯ: ގާތުމަލަ ފިހާރައިގެ ފާރެއް ވެއްޓި ގެއްލުންވުން
7 - އޮކްޓޯބަރު - 2026
ގާތުމަލަ ފިހާރަ ވެއްޓޭތީ ފުލުހުންނާއި އާންމުން ހަރަކާތްތެރިވަނީ!
7 - އޮކްޓޯބަރު - 2026
ފައިނަލް މެޗްގައި އިހަވަންދޫއަށް ސަޕޯޓްކުރުމަށް ނައިވާދޫއަށް ދިއުމުގެ ފުރުސަތު
7 - އޮކްޓޯބަރު - 2026
ދިގުފަރު ޕްރޮޖެކްޓް: މިނިސްޓަރު ސައީދު ދެއްވީ ޔަޤީންކަން!
7 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް