ލޯކަލް ކައުންސިލް އިންތިޚާބު އޭޕްރިލް 10 ގައި
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ކައުންސިލް އިންތިހާބަށާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބަށް އެކުލަވާލާފައި އޮންނަ ގައުމީ ލަފާ ދޭ ކޮމިޓީން މިވަގުތު ކުރިއަށްގެންދާ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވިގޮތުގައި އިންތިޙާބުގެ މަސައްކަތް އަންނަ ހުކުރު ދުވަހުން ފެށިގެން ފަށާނެއެވެ.
އިންތިޚާބުގެ ތާރީހު އިއުލާންކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ މޭމަހުގެ 9 ވަނަދުވަހަށްވުރެ އިންތިޙާބު ފަސްކުރުމުގެ ބާރު ކޮމިޝަނަށް ނެތްކަމަށެވެ. އަދި އެކަން އެގޮތަށް ނުވާނަމަ ޤާނޫނުން ކޮމިޝަނަށް ކުރެވޭނެ ހަމައެކަނި ކަމަކީ އެކަން މަޖިލީހަށް ހުށައެޅުންކަމަށެވެ.
ޝަރީފު ވިދާޅުވީ އިންތިޚާބުގެ ތާރީހު އިއުލާންކުރުމުން އެޗްޕީއޭއިން އާއްމުކޮށްފައިވާ އުސޫލުގެ ދަށުން މިއަދުން ފެށިގެން ކެމްޕެއިން މަސައްކަތް ކުރެވޭނެކަމަށެވެ. އަދި މި އިންތިޚާބުގައި ވާދަކުރަން ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ނަން ނެގުމުގެ އެންމެ ފަހު ތާރީހަކީ ކޮބައިކަން އަންނަ ހޮނިހިރު ދުވަހު އާއްމުކުރާނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނެސްފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ އިސްލާހު ތަސްދީގު ކުރައްވާފަ އެވެ.
ޤާނޫނުގައި ވާގޮތުން އިންތިހާބު ބޭއްވުމަށްޓަކައި އެކުލަވާލަންޖެހޭ ގައިޑްލައިންގެ ކަންކަން އެޗްޕީއޭއިން ކުރަންޖެހެ އެވެ. އަދި އެ ގައިޑްލައިންގް ޑްރާފްޓެއް އެޗްޕީއޭއިން އީސީއަށް ހަވާލުކޮށްފައިވާ ކަމަށް ވެސް މައުލޫމާތުލިބެ އެވެ.
ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކެމްޕެއިންކުރުމަށް ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބިގެންދޭތޯ ކޮމިޝަނުން ބައްލަވަމުން ގެންދަވާނެކަމަށެވެ. ހަބީބް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ކުރަންނުޖެހޭ ކަންކަން އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގައި އެ ކޮމިޝަންގެ މައްޗަށް ލާޒިމުކުރާކަމަށެވެ. މިގޮތުން ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓްލެވޭ މީހުންނަށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެކަމަށް ބުނިނަމަވެސް އެކަން ޤާނުނު ނުދަންނަކަމަށެވެ. ކޮމިޝަންގެ ޒިންމާއަކީ އެންމެންނަށްވެސް ވޯޓްލެވޭ ފުރުސަތު ހޯދާދައިނުންކަމަށެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!
17 - މޭ - 2026
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
އަމިއްލަގޮތުން އިންތިހާބުވެފައި، ޕާޓީއަކާ ގުޅުމަކީ އަމިއްލަ ނަފްސު ގަބޫލުކުރާ ކަމެއްނޫން – އައިޝާ
15 - މޭ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ސަރުކާރާ ގުޅިގެން ކުރިއަށްދާން މިތިބީ ތައްޔާރަށް: އިންތިޚާބީ ރައީސް ފަވާޒް
18 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން: ސޮބާހް
16 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބާއްވާ ފަރިއްކޮޅަށް އިހަވަންދޫގެ ރައްޔިތުންނަށް ދައުވަތު ދީފި
10 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް