ހއ.މަޑުލު ވަރުވާއަށް ނަގާފައިވާ ފަރާތުން އެރަށް ވަކިކުރުމަށް ހއ.އަތޮޅު ކައުންސިލުން ގޮވާލައިފި
ހއ. މަޑުލުން ޤަވާޢިދާ ޚިލާފަށް ވެލިނަގާ މައްސަލާގައި ފިޔަވަޅު އަޅައި، އެރަށް ވަރުވާއަށް ދޫކޮށްފައިވާ ފަރާތުގެ އަތުން ރަށް ވަކިކުރުމަށް ހއ. އަތޮޅު ކައުންސިލުން ގޮވައިލައިފިއެވެ.
ހއ. އަތޮޅު ކައުންސިލްގެ 15 މެމްބަރުންގެ ސޮޔާއި އެކު މިއަދު އާއްމުކުރި ނޫސަބަޔާނުގައި ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ދަނޑުވެރިކަންކުރުމަށް ދިގުމުއްދަތަކަށް ދޫކޮށްފައިވާ، އެ އަތޮޅު މަޑުލުން ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް، ޒަމާނީ އާލާތްތައްބޭނުންކޮށްގެން ރަށުގެ ގޮނޑުދޮށުން ވެލި ނަގައި، ގައު އަޅައި، ފުޅާދާއިރާއެއްގައި ގަލުގެ ވިޔަފާރި ކުރަމުންދާކަމަށާއި މިމަސައްކަތުގައި ކޮޅުވެއްޓި ބޭނުންކޮށްގެން އެއްތަނުން އަނެއްތަނަށް ގަލާއި ވެލި އުފުލަމުންދާކުމުގެ ޝަކުވާ އެކައުންސިލަށް ލިބެމުން ދިޔުމާގުޅިގެން ކައުންސިލުން އެކަން ބެލިބެލިމުން އެކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ތިލަދުންމަތީ އުތުރުބުރީ "މަޑުލު" ވަރުވާއަށް ލިޔެފައިވާ ފަރާތުން ގިނަޢަދަދަކަށް ވެލިނަގައި، ރަށުގެ ތިމާވެއްޓަށް، ގެއްލުންލިބޭނެކަން އެނގިހުރެ އެރަށުގައި ގައު އަޅައި ވިޔަފާރީގެ ގޮތުގައި ގައު ވިއްކަމުންދާ ދިއުން އެންމެ ހަރުކަށި ޢިބާރާތުން އެ ކައުންސިލުން ކުށްވެރިކުރާކަން ހާމަކުރައްވައި ދައުލަތުން އެރަށް ދޫކޮށްފައިވާ މަޤްޞަދާ ޚިލާފަށް، ޤާނޫނާ ޚިލާފު މަސައްކަތްތަކެއް ކުރަމުންދާތީ މިހާރު އެރަށް ވަރުވާއަށް ލިޔެފައިވާ ފަރާތުން ރަށް ވަކިކޮށް އެ މައްސަލަތައް ބަލައިދިނުމަށް، ކައުންސިލުގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ފިޝަރީސް މިނިސްޓަރ ޑރ. ހުސައިން އިހަވަންދޫއަށް ވަޑައިގެންފި
22 - ޑިސެމްބަރު - 2022
ހއ އަތޮޅުގައި 45 މަސްވެރި އުޅަނދު، 27 އުޅަނދު ނިސްބަތްވަނީ އިހަވަންދޫއަށް
24 - މޭ - 2022
އިހަވަންދޫ ކޯލްޑް ސްޓޯރޭޖް ބަޔަކާ ހަވާލު ކުރެވިއްޖެ - މިނިސްޓަރު ޝިޔާމް
11 - ސެޕްޓެމްބަރު - 2026
މަސްވެރި އުޅަނދުފަހަރަށް ތެލުގެ ސަބްސިޑީ ހޯދަން ފަހިހަކަތަ ޕޯޓަލްގައި ރެޖިސްޓްރީކުރަން ލާޒިމުކޮށްފި
1 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ކައުންސިލްގެ ރައީސް 9 ކަންބޮޑުވުމެއް މިނިސްޓަރ ޝިޔާމްއަށް!
8 - އޮގަސްޓު - 2026
ބިންވެސް ދޫކުރި، ބީލަމަށްވެސް ލީ: އެކަމަކު އައު އައިސްޕްލާންޓް ލިސްޓުން އިހަވަންދޫ އުނިވެއްޖެ!
25 - ޖޫން - 2026
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު މަސްރޭހެއް ބާއްވަނީ ...
15 - ޖޫން - 2026
2023 އަދި 2024 ވަނަ އަހަރު ހއ އަތޮޅު ކައުންސިލުން ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ހޭދަކުރި!
31 - މާރިޗު - 2026
ފިޝަރީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފެށޭނީ، މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކާ ނިމުމުން : ފިޝަރީސް މިނިސްޓްރީ
27 - ފެބްރުއަރީ - 2026
ފިނޭންސް މިނިސްޓްރީގެ ނިންމުމަކާ ގުޅިގެން "ތިލައުތުރު ފުޓްސަލް މުބާރާތް" ބާއްވާނެ ރަށެއް ހޯދުމުގެ އިއުލާން ބާތިލްކޮށްފި!
17 - ފެބްރުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް