ދަމާ ގާޑިޔަލުގައި އައިސް އުފުލުން ނިމުމަކަށް ގެނެސް، އިހަވަންދޫ ކައުންސިލްގެ ވައުދު ފުއްދައިފި
ހއ. އިހަވަންދޫ އައިސްޕްލާންޓުގައި އުފައްދާ އައިސް، މަސްވެރި އުޅަނދުތަކަށް އައިސް އުފުލުމަށްޓަކައި ލޮރީއެއް ބޭނުންކުރަން ފަށައިފިއެވެ.
މިއީ މިއަހަރުގެ ސެޕްޓެމްބަރ މަހު އިހަވަންދޫ ކައުންސިލުން، އައިސްޕްލާންޓް ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް، އައިސް އުފުލުމަށް ބޭނުންކުރުމަށް ހަވާލުކޮށްފައިވާ ލޮރީއެކެވެ. އައިސް އުފުލުމުގައި މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، އިހަވަންދޫ ކައުންސިލްގެ އެދިލެއްވުމުގެ މަތިން ކައުންސިލަށް އެ ލޮރީ ހަދިޔާ ކޮށްފައިވަނީ، ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓިއޯ) އިންނެވެ.
އިހަވަންދޫ އައިސް ޕްލާންޓް ހުޅުވުނު ދުވަހުން ފެށިގެން، އައިސް އުފުލާނެ އިންޖީނުލީ އުޅަނދެއް ނެތުމުގެ ސަބަބުން، އުޅަނދުތަކާއި ހަމަޔަށް މަސްވެރިން އައިސް އުފުލަމުންދިޔައީ ދަމާ ގާޑިޔަލުގައެވެ. އައިސް އުފުލުމަށް ހާއްސަ ކޮށްފައިވާ ލޮރީ ބޭނުންކުރަން ފެށުމުން، މަސްވެރިން އުފުލަމުންދިޔަ މި ބޮޑު ތަކުލީފަށް ނިމުން އަންނާނެ ކަމަށް ލަފާކުރެވެއެވެ.
މަސްވެރިންނަށް ފަސޭހައިން ދޯނިފަހަރަށް އައިސް ލެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ، މިހިނގާ 4 ވަނަ ދައުރުގެ ކައުންސިލްގެ އިންތިހާބީ ވައުދެކެވެ.
އިހަވަންދޫ ކައުންސިލް
މިފްކޯ
މިފްކޯ އިހަވަންދޫ އައިސް ޕްލާންޓް
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)
ގުޅުން ހުރެދާނެ ލިޔުން
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ތެލުގެ ވިޔަފާރިއަށް ދިހަހާސް އަކަފޫޓްގެ ބިމެއް އެސްޓީއޯ އަށް
18 - ޑިސެމްބަރު - 2024
އިހަވަންދޫގައި 50 ޓަނުގެ އައިސް ޕްލާންޓެއް ބަހައްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ
21 - އޮގަސްޓު - 2024
އިހަވަންދޫގައި އައު އައިސް ޕްލާންޓެއް ޤާއިމުކުރުމަށް 3,000 އަކަފޫޓުގެ ބިމެއް ދޫކޮށްފި
30 - ޖޫން - 2024
ހިތް ހުއްޓި އިހަވަންދޫ މަރުވެދާނެ
5 - ޖޫން - 2022
އިހަވަންދޫ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަނީ
27 - ޖެނުއަރީ - 2020
"އިހަވަން އޮމަލަ އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
1 - ނޮވެމްބަރު - 2026
އޯޕަން ސްޓޭޖް ގޯތިތެރޭގައި މައިޒާނެއް ހަދައިދިނުމަށް 'މެކްސްއެމް' އާއި ހަވާލުކޮށްފި...
27 - އޮކްޓޯބަރު - 2026
ރަޟިއްޔާ އަދި ޝަހީރާ، މޯލްޑިވްސް އެކްސްޕޯ 2026 އިން ރަންވަނަތަކެއް ހޯދައިފި
26 - އޮކްޓޯބަރު - 2026
ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު ހިންގާނެގޮތުގެ އުސޫލު ފާސްކޮށްފި
22 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް