ޚަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އިހަވަންދޫގައި ކުރިޔަށް

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށީގެން ކުރިޔަށް އެބަދެ އެވެ. މިއިންތިހާބުގެ ވޯޓްލުން އިހަވަންދޫގައި ފެށިފައިވަނީ މިއަދު ހެނދުނު 9:20 ގައެވެ. މިއިންތިހާބުގެ ވޯޓްލުން އިހަވަންދޫގައި ކުރިޔަށްދަނީ އިހަވަންދޫ ސްކޫލްގައެވެ. މިއަދު ހަވީރު 17:00 އާއި ހަމަޔަށް ވޯޓްލުން ކުރިޔަށް ދާނެއެވެ.    

Live updates

28 Jan 2023, 18:26

އިހަވަންދޫގައި ބެހެއްޓި ވޯޓްފޮށީގެ ވަގުތީ ނަތީޖާ.
1. މުހައްމަދު ނަޝީދު: 154
2. އިބްރާހިމް މުހައްމަދު ޞާލިހް: 238

ބާތިލް: 05

28 Jan 2023, 17:29

އިހަވަންދޫ މަދަރުސާގައިހުރި ވޯޓްފޮށި ބަންދުކުރީ 17:25ގައި. މިފޮއްޓަށް ވޯޓް ލާފައިވަނީ 397 މީހުންނެވެ. މި ވޯޓް ފޮށި ގުނަން ފަށާނީ 17:40 ގައި.

28 Jan 2023, 16:01

16:00 އާއި ހަމަޔަށް އިހަވަންދޫގައި ބަހައްޓާފައިހުރި  ވޯޓްލާފައިވަނީ 270  މީހުންނެވެ. ވޯޓްލުން ކުރިޔަށްދާނީ 17:00 އާއި ހަމަޔަށެވެ.

28 Jan 2023, 14:08

14:00 އާއި ހަމަޔަށް އިހަވަންދޫގައި ބަހައްޓާފައިހުރި  ވޯޓްލާފައިވަނީ 165 މީހުންނެވެ.

28 Jan 2023, 11:49

އިހަވަންދޫގައި ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި އަޅާބަލާއިރު މިއިންތިހާބުގައި އަދި ފެނިގެންދަނީ ވަރަށް ތަރުހީބު ކުޑަކޮށެވެ. މިހާތަނަށް ވޯޓްލާފައިވަނީ 80 މީހެކެވެ.

28 Jan 2023, 11:26

މިއިންތިހާބުގައި އިހަވަންދޫން ވޯޓްލުމުގެ ހައްޤު ލިބިގެންވަނީ 697 މީހަކަށެވެ. މި އަދުގެ 11:30 އާއި ހަމަޔަށް މިހާތަނަށް އިހަވަންދޫ ސްކޫލްގައި ބަހައްޓާފައިހުރި ފޮށްޓަށް ވޯޓް ލާފައިވަނީ 70 މީހަކެވެ.

މުޙައްމަދު އަކުރަމް