ޚަބަރު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ހާއްސަ ކަވަރޭޖް: އިހަވަންދޫއިން ކުރިހޯދީ އިބޫ

މިއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ކުރިޔަށްދާއިރު އިހަވަންދޫގައި ބަހައްޓާފައިވާ 3 ވޯޓް ފޮށްޓަށް ވޯޓްލުން ކުރިޔަށް ގޮތުގެ އަޕްޑޭޓް ގެނެސްދިނުމަށް ކުރިޔަށްގެންދާ ހާއްސަ ކަވަރޭޖެކެވެ. އިހަވަންދޫގައި ބަހައްޓާ 3 ވޯޓް ފޮށްޓަށް މިބުރުގައި ވޯޓްލުމުގެ ހައްޤު ލިބިގެންވަނީ  1761 މީހަކަށެވެ. މިއީ ފުރަތަމަ ބުރުގައި މި ފޮށިތަކަށް ވޯޓްލުމުގެ ހައްޤު ލިބުނު 1,817 މީހުންނަށް ވުރެ 56 މީހުން މަދު އަދަދެކެވެ. ވޯޓް ފޮށިތައް ބަންދުކުރިއިރު ވޯޓްލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން 1658 މީހަކު ނުވަތަ  %94.1 މީހުން.ވަނީ ވޯޓް ލާފައެވެ.

Live updates

30 Sep 2023, 22:01

އެމްޑީޕީ ސަޕޯޓަރުން، ބަނދަރުގައި ދަމާފައިވާ އެމްޑީޕީ ބެނާތައް ނަގަންފަށައިފި. މިފަހަރުގެ ރިޔާސީ އިންތިހާބުގައި ކެމްޕެއިން ބެނާ ދެމުމުގައި ވާދަވެރިކަން ބޮޑުވެ ހަމަނުޖެހުންވެސް ވަނީ ހިންގާފަ.

30 Sep 2023, 20:48

އިހަވަންދޫ 3 ފޮށީގެ ވަގުތީ ނަތީޖާ:

3 އިބްރާހިމް މުހަންމަދު ސާލިހް ( 824 ވޯޓް. )
4 ޑރ. މުހަންމަދު މުއިޒް( 791 ވޯޓް. )
ބާތިލް: 43
ޖުމްލަ ވޯޓް: 1658
ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 1761

30 Sep 2023, 20:40

އިހަވަންދޫ 1 ނަންބަރު ވޯޓް ފޮށީގެ ވަގުތީ ނަތީޖާ:
3 އިބްރާހިމް މުހަންމަދު ސާލިހް ( 313 ވޯޓް. )
4 ޑރ. މުހަންމަދު މުއިޒް( 303 ވޯޓް. )
ބާތިލް: 23
ޖުމްލަ ވޯޓް: 640
ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 676

30 Sep 2023, 19:58

އިހަވަންދޫ 2 ނަންބަރު ވޯޓް ފޮށީގެ ވަގުތީ ނަތީޖާ:

30 Sep 2023, 19:54

އިހަވަންދޫ 2 ނަންބަރު ވޯޓް ފޮށީގެ ވަގުތީ ނަތީޖާ:
3 އިބްރާހިމް މުހަންމަދު ސާލިހް ( 238 ވޯޓް. )
4 ޑރ. މުހަންމަދު މުއިޒް( 311 ވޯޓް. )
ބާތިލް: 10
ޖުމްލަ ވޯޓް: 559
ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 598

30 Sep 2023, 19:50

އިހަވަންދޫގައި ބެހެއްޓި 1 ނަންބަރު ވޯޓް ފޮށީގައި ބާތިލްކަމަށް ކަނޑައަޅާފައިވަނީ 23 ވޯޓް ކަރުދާސް. ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓް މިހާރުދަނީ ގުނަމުން.

30 Sep 2023, 19:46

އިހަވަންދޫ 3 ނަންބަރު ވޯޓް ފޮށީގެ ވަގުތީ ނަތީޖާ:

30 Sep 2023, 19:25

އިހަވަންދޫ 3 ނަންބަރު ވޯޓް ފޮށީގެ ވަގުތީ ނަތީޖާ:
3 އިބްރާހިމް މުހަންމަދު ސާލިހް ( 273 ވޯޓް. )
4 ޑރ. މުހަންމަދު މުއިޒް( 176 ވޯޓް. )
ބާތިލް: 10
ޖުމްލަ ވޯޓް: 459
ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 487

30 Sep 2023, 19:02

އިހަވަންދޫގައި ބެހެއްޓި 3 ނަންބަރު ވޯޓް ފޮށީގައި ބާތިލްކަމަށް ކަނޑައަޅާފައިވަނީ 10 ވޯޓް ކަރުދާސް. ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓް މިހާރުދަނީ ގުނަމުން.

30 Sep 2023, 18:41

ބައެއް މީޑިއާތަކުން އިހަވަންދޫ A02.05.1 އަދި A02.05.2  ފޮށީގެ ނަތީޖާ ކަމަށްބުނެ ނަތީޖާތަކެއް ދަނީ ދައުރުކުރަމުން. ނަމަވެސް އަދި އެ ދެފޮށީގެ ވޯޓް ގުނާވެސް ނިމިފައެއްނުވޭ.

30 Sep 2023, 18:16

އިހަވަންދޫ 1 ނަންބަރު ވޯޓް ފޮށި ގުނުމުގެ މަސައްކަތް ކުރިޔަށްދަނީ:

30 Sep 2023, 17:53

ވޯޓް ފޮށި 3 ގައި ވޯޓް ގުނަންހުރި އޮފިޝަލެއްގެ އިނގިލީގައި އޮތް އަނގޮށްޓިއެއް ނެގުމަށް  އޮބްޒާވަރުން އެދެމުން، އެކަންކޮށް ވޯޓް ގުނުމުގެ މަސައްކަތް ކުރިޔަށް އެބަދޭ.

30 Sep 2023, 17:50

އިހަވަންދޫގައި ބަހައްޓާފައިވާ 3 ވޯޓް ފޮށިވެސް ގުނުމުގެ މަސައްކަތް ކުރިޔަށްއެބަދެއެވެ.

30 Sep 2023, 17:28

ވޯޓްފޮށި ބަންދުކުރިއިރު ވޯޓް ލާފައިވާ ގޮތުގެ ތަފްސީލް:
ފޮށި ނަންބަރު 1 : 640 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 676) %94.6 މީހުން ވޯޓް ލާފައި
ފޮށި ނަންބަރު 2 : 559 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 598) %93.4 މީހުން ވޯޓް ލާފައި
ފޮށި ނަންބަރު 3 : 459 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 487) %94.2 މީހުން ވޯޓް ލާފައި

30 Sep 2023, 17:20

އިހަވަންދޫގައި ބަހައްޓާފައިހުރި ވޯޓް ފޮށިތައް ގުނަންފަށާ ގަޑިތަށް:

ފޮށި ނަންބަރު 1 : 17:30
ފޮށި ނަންބަރު 2 : 17:31
ފޮށި ނަންބަރު 3 : 17:31

30 Sep 2023, 17:11

30 Sep 2023, 17:10

އިހަވަންދޫގައި ބެހެއްޓި 3 ވޯޓް ފޮށްޓަށް ޖުމްލަވަނީ 1658 މީހަކު ވޯޓް ލާފައި. އެއީ ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ %94.1 މީހުން. ރިޔާސީ އިންތިހާބުގެ ފުރަތަމަބުރު އިހަވަންދޫގައި ބެއްޓި ވޯޓް ފޮށިތަކަަށް ވޯޓް ލާފައިވަނީ %89 މީހުން.

30 Sep 2023, 17:05

އިހަވަންދޫގައި ބަހައްޓާފައިހުރި 3 ވޯޓް ފޮށިވެސް ބަންދު ކޮށްފި.

ވޯޓްފޮށި ބަންދުކުރިއިރު ވޯޓް ލާފައިވާ ގޮތުގެ ތަފްސީލް:
ފޮށި ނަންބަރު 1 : 640 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 676)
ފޮށި ނަންބަރު 2 : 559 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 598)
ފޮށި ނަންބަރު 3 : 459 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 487)

30 Sep 2023, 17:00

30 Sep 2023, 16:31

16:19 އާއި ހަމަޔަށް އިހަވަންދޫގައި ބަހައްޓާފައިވާ 3 ވޯޓް ފޮށްޓަށް ވޯޓް ލާފައިވާގޮތުގެ ތަފްސީލް:

ފޮށި ނަންބަރު 1 : 513 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 676)
ފޮށި ނަންބަރު 2 : 500 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 598)
ފޮށި ނަންބަރު 3 : 417 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 487)

30 Sep 2023, 15:26

އިހަވަންދޫ ދެ ނަންބަރު ވޯޓް ފޮށްޓަށް  ވޯޓްލީ މީހަކު ވޯޓް ކަރުދާސް ދެއްކި ކަމަށްބުނެވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި. އެމީހާގެ ބަޔާން ނެގުމަށްފަހުވަނީ ދޫކޮށްލާފައި.

30 Sep 2023, 15:11

15:00 އާއި ހަމަޔަށް އިހަވަންދޫގައި ބަހައްޓާފައިވާ 3 ވޯޓް ފޮށްޓަށް ވޯޓް ލާފައިވާގޮތުގެ ތަފްސީލް:

ފޮށި ނަންބަރު 1 : 493 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 676)
ފޮށި ނަންބަރު 2 : 444 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 598)
ފޮށި ނަންބަރު 3 : 354 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 487)

އެހެންކަމުން  އިހަވަންދޫގައި ބަހައްޓާފައިހުރި 3 ވޯޓް ފޮށްޓަށް ވޯޓްލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން %73.3 މީހުން މިހާތަނަށްވަނީ ވޯޓް ލާފައި. ވޯޓްލުމަށް 3 ފޮށި ކާރީގައިވެސް  ކިޔުގައި މީހުންނެއްނެތް.

30 Sep 2023, 13:49

އިލެކްޝަންސް ކޮމިޝަނުން ބުނާގޮތުގައި މިއަދުގެ ވޯޓްލުން ހެނދުނު 8:00 އިން  ފެށިގެން ހަވީރު 16:00 އާއި ހަމަޔަށް ކުރިޔަށްދާނެ. އަދި ވޯޓްލުމަށް ހަމަޖެހިފައިވާ ވަގުތުވެސް އިތުރު ނުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ.

30 Sep 2023, 12:02

ވިއްސާރަ ހުއްޓާލައިފި. އިހަވަންދޫގައި ވޯޓްލުމަށް ބަހައްޓާފައިހުރި 3 ފޮށީގައިވެސް ކިޔުއެއްނެތް ކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އަޅުގަނޑުމެންގެ ރިޕޯޓަރު މައުލޫމާތުދޭ.

30 Sep 2023, 11:48

އިހަވަންދޫގައި ވޯޓްލުން ކުރިޔަށް ދާއިރު ހެނދުނުންސުރެ އޮންނަނީ ވަރަށް ބަނަކޮށް، އަދި ވިމަގުތުދަނީ އިހަވަންދޫއަށް ބޯކޮށް ވާރޭވެހެމުން. ރޭ އަދި އިއްޔަ ވަރަށް ބޯކޮށް ވާރޭ ވެހިފައިވާތީ ފައިމަގުގައި ވޯޓް ލާންދާން މީހުންނަށް ދަތިވާވަރަށް މަގުތަކުގައި ވަނީ ފެންބޮޑުވެފައި. ރޭގެ ވިއްސާރާގައި ޕީއެންސީ/ޕީޕީއެމް އަދި އެމްޑީޕީގެ ކެމްޕެއިން މެޓީރިއަލްއަށްވަނީ ގެއްލުންވެފައި.  އަތިރިމަތިން އެންމެބޮޑަށް ގެއްލުން ލިބިފައިވާ ސަރަހައްދު ފުލުހުންވަނީ އާނމުންގެ ރަށްކަލަށް ބަންދު ކޮށްފައި.

30 Sep 2023, 11:38

11:35 އާއި ހަމަޔަށް އިހަވަންދޫގައި ބަހައްޓާފައިވާ 3 ވޯޓް ފޮށްޓަށް ވޯޓް ލާފައިވާގޮތުގެ ތަފްސީލް:

ފޮށި ނަންބަރު 1 : 279 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 676)
ފޮށި ނަންބަރު 2 : 234 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 598)
ފޮށި ނަންބަރު 3 : 212 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 487)

30 Sep 2023, 09:51

ހެނދުނު 9:40 އާއި ހަމަޔަށް އިހަވަންދޫގައި ބަހައްޓާފައިވާ 3 ވޯޓް ފޮށްޓަށް ވޯޓް ލާފައިވާގޮތުގެ ތަފްސީލް:

ފޮށި ނަންބަރު 1 : 132 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 676)
ފޮށި ނަންބަރު 2 : 111 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 598)
ފޮށި ނަންބަރު 3 : 93 (ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު: 487)

30 Sep 2023, 09:11

އިހަވަންދޫގައި ބަހައްޓާފައިވާ 3 ފޮށްޓަށްވެސް ވޯޓްލުން ފެށިގެން ކުރިޔަށް އެބަދޭ. ވޯޓް ފޮށި ތަކުގައި ކިއުއެއްނެތް.

29 Sep 2023, 22:51

29 Sep 2023, 22:47

29 Sep 2023, 22:39

އިހަވަންދޫ ސްކޫލްގެ ފިޒިކްސް ލެބްގައި ބަހައްޓާ އިހަވަންދޫ  1 ނަންބަރު ވޯޓް ފޮށި: މި ފޮށްޓަށް 676 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވޭ. 1 ނަންބަރު ވޯޓް ފޮށްޓަށް ވޯޓްލެވޭނީ އިހަވަންދޫ ނޫރާނީމަގުގެ އުތުރު  ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނަށް.

އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލު ގައި ބަހައްޓާ އިހަވަންދޫ 2 ނަންބަރު ވޯޓްފޮށި: މި ފޮށްޓަށް 598 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވޭ. 2 ނަންބަރު ވޯޓްފޮށްޓަށް ވޯޓްލެވޭނީ އިހަވަންދޫ ޗާންދަނީމަގު އިރުން ސަބުދެލިމަގުގެ އުތުރުން ހުސެއިނީގޯޅީގެ އިރުން ސޯސަންމަގުގެ އުތުރުން އޯކިޑުމަގުގެ އިރުން ނޫރާނީ މަގުގެ ދެކުނު  ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނަށް.

އިހަވަންދޫ ސްކޫލްގެ ވަގުތީ ހޯލްގައި ބަހައްޓާ އިހަވަންދޫ 3 ނަންބަރު ވޯޓް ފޮށި: މި ފޮށްޓަށް 487 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވޭ. އިހަވަންދޫ 3 ނަންބަރު ވޯޓް ފޮށްޓަށް ވޯޓްލެވޭނީ، އިހަވަންދޫ ޗާންދަނީމަގުގެ ހުޅަނގުން ސަބުދެލިމަގުގެ ދެކުނުން، ހުސެއިނީގޯޅީގެ ހުޅަނގުން، ސޯސަންމަގުގެ ދެކުނުން، އޯކިޑުމަގުގެ ހުޅަނގުން ނޫރާނީމަގުގެ ދެކުނު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓްރީވެފައިވާ ރައްޔިތުންނަށް.

 

މުޙައްމަދު އަކުރަމް