ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހއ. އިހަވަންދޫ އަންބަރީގޭ، އަބްދުލްމާނިއު ހުސައިން، މިއަދު އައްޔަން ކޮށްފިއެވެ. ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ޝަކީލް ރިޓަޔާ ކުރެއްވުމުންނެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން މާނިއު ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަން ކުރެއްވީ ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މާނިއުއަކީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އެންމެ ފަހުން އިންތިހާބު ކޮށްފައި ހުރި މެމްބަރެވެ. ޖޭއެސްސީ ގައި ވަކީލުން ތަމްސީލް ކުރައްވާ މެމްބަރަކު ހޮވަން ބޭއްވި އިންތިހާބުގައި ހަ ވަކީލަކު ވާދަކުރެއްވިއިރު އެ އިންތިޚާބު މާނިއު ކާމިޔާބުކުރެއްވީ 199 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ވަކީލް އަލީ ރަޝީދަށް 124 ވޯޓު ލިބިވަޑައިގަތެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަން ކޮށްފި
ގުޅުން ހުރެދާނެ ލިޔުން
ފަނޑިޔާރު މާނިއުގެ "ސަރިޔަތް" ނެރުއްވައިފި
17 - އޮގަސްޓު - 2026
ޖޭއެސްސީގެ މެމްބަރަކަށް މާނިއު އައްޔަން ކުރައްވައިފި
31 - ޖުލައި - 2019
އިހަވަންދޫ ޑޮޓް ކޮމްގެ އެޑިޓަރުގެ މަގާމަށް ޢަބްދުލްމާނިޢު
21 - ޖެނުއަރީ - 2013
ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ޝާފިޢު ޢައްޔަންކޮށްފި
31 - އޮކްޓޯބަރު - 2025
އިހަވަންދޫގެ ދެ ޒުވާނަކު މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި !
2 - އޮގަސްޓު - 2026
އިމަގު ޖަމިއްޔާގެ 14 ވަނަ ދައުރުގެ ރައީސްކަމަށް މުހައްމަދު ރަޝީދު...
25 - ޖޫން - 2026
ޕީއެންސީ އިހަވަންދޫ ސްޓީރިން ކޮމިޓީގެ ޒުވާނުންގެ ރައީސްކަމަށް ރިޝްފާން ކުރިމަތިލައިފި؛ އިންތިޚާބު ޖުލައި މަހު 11 ގައި
20 - ޖޫން - 2026
ކްރެޑިޓް ކާޑުން ޓެމޫއިން އޯޑަރު ޖެހުމުގެ ކުރިން މިކަމަށް ސަމާލުވެލައްވާ! ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކުން ފީ ނަގަން ފަށައިފި!
8 - ޖޫން - 2026
އެމް.ޓީ.ސީ.ސީ އިން އިހަވަންދޫ އޮޕަރޭޝަން ކުރިޔަކަށް ނުދާކަމަށް ބުނިއިރު، ހަވާލުކޮށްފައިވާ ބޮޑެތި މަޝްރޫއުތައް އޮތީ ހުއްޓިފައި!
12 - މޭ - 2026
އިހަވަންދޫގެ ރެކޯޑެއް: ކޯޓުގެ ހައުސްކީޕަރަކަށް 30 މީހުން ކުރިމަތިލައިފި!
28 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް