ފަހަތުންއަރާ އިރަމާ ބަލިކޮށް އެންވީކޭއިން 5 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
0-2 އިން އިރަމާ ކުރީގައި އޮވެގެން މެޗް ނިމެންދަނިކޮށް، އާދަޔާހިލާފު ގޮތަކަށް ފަހަތުންއަރާ އިރަމާ ބަލިކޮށް އެންވީކޭއިން 5 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފިއެވެ. ރޭކުޅުނު ފައިނަލްމެޗްގައި އިރަމާގެ މައްޗަށް އެންވީކޭ ކުރިހޯދީ 5-4 ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު ފައިނަލް މެޗްގައި އިރަމާއިން 2-0 ގެ ނަތީޖާއަކުން ކުރިހޯދައިގެން މެޗް ނިމެން ދަނިކޮށް އެންވީކޭ އެއްވަރުކުރީ މެޗްގެ ވަގުތު ހަމަވުމުން ދެއްކި އިތުރުވަގުތު 6 މިނެޓްގެ ތެރެއިން ފަހު 3 މިނެޓްގައެވެ. 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެ، މެޗްގެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ފެނަލްޓީގައި އެންވީކޭ ވަނީ 5-4 އިން އިރަމާގެ މައްޗަށް ކުރިހޯދައިފައެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ޖާޒީ ނަންބަރު 99 މުހައްމަދު އާދިލްއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަށްވެސް ހޮވުނީ އޭނާއެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޔުނައިޓެޑް ޔޫތްގެ ޖާޒީ ނަންބަރު 7 އަލީ ނާއިޝްއެވެ. މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޔުނައިޓެޑް ޔޫތްގެ ޖާޒީ ނަންބަރު 27 މުހައްމަދު ތަހްސީންއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އެންވީކޭގެ ޖާޒީ ނަންބަރު 11 މުހައްމަދު ނާއިމްއެވެ.
މިމުބާރާތުގެ އެއްވަނަ ހޯދި އެންވީކޭއަށް 15000ރ ގެ ފައިސާގެ އިނާމު ދީފައިވާއިރު ދެވަނައަށް ދިޔަ އިރަމާއަށް 5000ރ ގެ ފައިސާގެ އިނާމު ދީފައިވެއެވެ. މިއީ މިމުބާރާތް ކައުންސިލުން ކުރިޔަށްގެންދިޔަ 7 ވަނަ ފަހަރެވެ.
ގުޅުން ހުރެދާނެ ލިޔުން
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
އެންވީކޭ ފައިނަލަށް ދަތުރުކުރިއިރު، އިރަމާ އަދި ޔޫތް ސެމީއަށް
9 - ސެޕްޓެމްބަރު - 2024
އެންވީކޭ އަދި އިރަމާ މުބާރާތްފެށީ މޮޅަކުން
8 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް، މިމަހުގެ 7 އިން 12 އަށް
4 - ސެޕްޓެމްބަރު - 2024
ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި އިރަމާ ކައުންސިލް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި
28 - ނޮވެމްބަރު - 2023
ކޮފަލިން ޑިފެންޑިންގ ޗެމްޕިއަން އެންވީކޭ ހުއްޓުވިއިރު، އިރަމާ މުބާރާތްފެށީ މޮޅަކުން
24 - ނޮވެމްބަރު - 2023
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
އެންވީކޭގެ ރަސްކަން ނިމުމަކަށްގެނެސް ޖަންގަލް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
1 - ޑިސެމްބަރު - 2023
ފައިނަލް މެޗަށް ޖަންގަލް ޓީމް ނުކުންނަނީ މޮޅުވުމުގެ ރޫހާއިއެކު – ކޯޗް ފަޔާޒް
1 - ޑިސެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް