އެންވީކޭގެ ރަސްކަން ނިމުމަކަށްގެނެސް ޖަންގަލް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
ޖެހިޖެހިގެން 4 ފަހަރު ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ކާމިޔާބުކޮށް މުބާރާތުގެ ރަސްކަން ކުރަމުން އައި އެންވީކޭ ބަލިކޮށް، ޖަންގަލް ޓީމުން "ކައުންސިލް ކަޕް 2023" ގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުނު މިމުބާރާތުގެ ފައިނަލް މެޗުގައި ޖަންގަލް ޓީމުން އެންވީކޭގެ މައްޗަށް ކުރިހޯދީ މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެޓީމް 1-1 އިން އެއްވަރުވުމުން ނަތީ ނެރުމަށްޖެހި ޕެނަލްޓީއިން 5-6 އިން ކުރި ހޯދައިގެންނެވެ.
މިއަދުގެ ފައިނަލް މެޗްގެ ފުރަތަމަ ގޯލް ޖެހީ އެންވީކޭ ސާޖިދުއެވެ. އޭނާ އެގޯލް ޖެހީ މެޗްގެ ފުރަތަމަ ހާފްގެ 4 ވަނަ މިނެޓްގައެވެ. މެޗްގެ ނަތީޖާ ހަމަހަމަކުރީ ފަހު ހާފުގެ 4 ވަނަ މިނެޓްގައި ޖަންގަލް ޓީމްގެ ޝާނިއުއެވެ. މެޗްގެ ނަތީޖާ ހަމަހަމަވުމުން ޕެނަލްޓީ ޖެހިއިރު، ޖަންގަލް ޓީމުންވަނީ އެޓީމުންޖެހި 6 ޕެނަލްޓީގެ ތެރެއިން 5 ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެޓީމްގެ ޝާނިއު ޖެހި ޕެނަލްޓީ އަމާޒްވީ ގޯލްގެ ދަނޑިއަށެވެ. އެންވީކޭގެ މުހައްމަދު އާދަމް އަދި ސާޖިދުޖެހި ޕެނަލްޓީ ވަނީ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު، ޖަންގަލް ޓީމްގެ ކީޕަރު މުހައްމަދު އާދިލް ދިފާއުކޮށްފައެވެ. މިމެޗް ޖަންގަލް ޓީމުން ފުރިހަމަކުރީ، އަނިޔާގެ ސަބަބުން އެޓީމްގެ ސްޓާޕްލެއާ ސައިފް ނާރުވައެވެ.
މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭއެވެ. މިމުބާރާތް 6 ފަހަރު ބާއްވާފައިވާއިރު އެޓީމްވަނީ 4 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. މިއީ ޖަންގަލް ޓީމަށް މިމުބާރާތް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ވަނަތައް:
- މުބާތާޔުގެ ބެސްޓް ޔަންގް ޕްލެޔަރ: ޓީމް އެސް.ސީ ގެ ޖާޒީ ނަންބަރު 11 މުހައްމަދު މަދީހް
- ފެއަރ ޕްލޭ ޓީމް: ކުޅިމަގު
- އެންމެ މޮޅު ކޯޗް: ޖަންގަލް ޓީމްގެ ހުސައިން ފަޔާޒް
- މިމުބާރާތުގެ ޑްރީމް ޓީމުގައި ހިމެނިފައިވަނީ ޖަންގަލް ޓީމްގެ ޝިފާޒް އިބްރާހިމް، ހަސަން ޒަކީ، މުހައްމަދު އާދިލް އަދި އެންވީކޭގެ މުހައްމަދު ސާޖިދު އަދި އަހްމަދު ބައްސާމްއެވެ.
- މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: ޖަންގަލް ޓީމްގެ ޝިފާޒް އިބްރާހިމް
- ރަނަރަޕް ޓީމް: އެންވީކޭ
ގުޅުން ހުރެދާނެ ލިޔުން
ފައިނަލް މެޗަށް ޖަންގަލް ޓީމް ނުކުންނަނީ މޮޅުވުމުގެ ރޫހާއިއެކު – ކޯޗް ފަޔާޒް
1 - ޑިސެމްބަރު - 2023
އެންވީކޭގެ އުއްމީދަކީ ފަސް ތަރި ހޯދުން – ކޯޗް ސުޖާއު
1 - ޑިސެމްބަރު - 2023
ކައުންސިލް ކަޕްގެ ފައިނަލަށް އެންވީކޭ އަދި ޖަންގަލް
30 - ނޮވެމްބަރު - 2023
ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި އިރަމާ ކައުންސިލް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި
28 - ނޮވެމްބަރު - 2023
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ޖަންގަލް އަތުން ބަދަލު ހިފައި އެންވީކޭ ފައިނަލަށް!
6 - ސެޕްޓެމްބަރު - 2025
ޔުނައިޓެޑް ޔޫތް ފައިނަލަށް، ޖަންގަލި އަދި އެންވީކޭ ސެމީއަށް
4 - ސެޕްޓެމްބަރު - 2025
ފަހަތުންއަރާ އިރަމާ ބަލިކޮށް އެންވީކޭއިން 5 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
13 - ސެޕްޓެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް