އެންވީކޭގެ އުއްމީދަކީ ފަސް ތަރި ހޯދުން – ކޯޗް ސުޖާއު
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއްޔަށް ގެންދާ “ކައުންސިލް ކަޕް 2023” ގެ ފައިނަލަށް އެންވީކޭ ނުކުންނައިރު، ޓީމްގެ އުއްމީދަކީ ފަސްތަރި ހޯދުންކަމަށް އެންވީކޭ ޓީމްގެ ކޯޗް މުހައްދު ސުޖާއު ބުނެފިއެވެ.
ސުޖާއު މިހެންބުނީ މިނޫހުންކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ. "ނިކުންނަނީ ފައިނަލް މެޗް ކާމިޔާބުކުރަން، ޓިމްގެ އުއްމީދަކީ ފަސްތަރި ހޯދުން، އުއްމީދަކީ މެޗުން މޮޅުވުން" ސުޖާއު ބުންޏެވެ. އެންވީކޭ ފައިނަލް މެޗަށް ނުކުންނައިރު ޓީމްގެ ކުޅުންތެރިންގެ ކުދި ކުދި އެންޖަރީ ހުރިނަމަވެސް ބޮޑު އެންޖަރީއެއް ނެތްކަމަށް ސުޖާ މައުލޫމާތު ދެއެވެ.
ކައުންސިލް ކަޕްގެ 5 މުބާރާތް މިހާތަނަށް ބާއްވާފައިވާއިރު، އެންވީކޭއިންވަނީ ހަތަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކާމިޔާބުކޮށްފިނަމަ މިއީ އެޓީމަށް މިމުބާރާތް ކާމިޔާބުކުރެވޭ 5 ވަނަ ފަހަރަށް ވެގެންދާނެއެވެ.
“ކައުންސިލް ކަޕް 2023” ގެ ފައިނަލް މެޗް ފަށާނީ މިއަދު ހަވީރު 16:00 ގައެވެ. މިމެޗްގައި އެންވީކޭއާ ދެކޮޅަށް ނުކުންނާނީ ވާދަވެރި ޖަންގަލް ޓީމެވެ. މިމުބާރާތު ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އެންވީކޭގެ ރަސްކަން ނިމުމަކަށްގެނެސް ޖަންގަލް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
1 - ޑިސެމްބަރު - 2023
ފައިނަލް މެޗަށް ޖަންގަލް ޓީމް ނުކުންނަނީ މޮޅުވުމުގެ ރޫހާއިއެކު – ކޯޗް ފަޔާޒް
1 - ޑިސެމްބަރު - 2023
ކައުންސިލް ކަޕްގެ ފައިނަލަށް އެންވީކޭ އަދި ޖަންގަލް
30 - ނޮވެމްބަރު - 2023
ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި އިރަމާ ކައުންސިލް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި
28 - ނޮވެމްބަރު - 2023
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ޖަންގަލް އަތުން ބަދަލު ހިފައި އެންވީކޭ ފައިނަލަށް!
6 - ސެޕްޓެމްބަރު - 2025
ޔުނައިޓެޑް ޔޫތް ފައިނަލަށް، ޖަންގަލި އަދި އެންވީކޭ ސެމީއަށް
4 - ސެޕްޓެމްބަރު - 2025
ފަހަތުންއަރާ އިރަމާ ބަލިކޮށް އެންވީކޭއިން 5 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
13 - ސެޕްޓެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް