ފައިނަލް މެޗަށް ޖަންގަލް ޓީމް ނުކުންނަނީ މޮޅުވުމުގެ ރޫހާއިއެކު – ކޯޗް ފަޔާޒް
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއްޔަށް ގެންދާ “ކައުންސިލް ކަޕް 2023” ގެ ފައިނަލް މެޗަށް ނުކުންނަ ޖަންގަލް ޓީމް އޮތީ މޮޅުވުމުގެ ރޫހާއި އެކުގައި ކަމަށް ޖަންގަލް ޓީމްގެ ކޯޗް ހުސައިން ފަޔާޒް ބުނެފިއެވެ.
"ފައިނަލް މެޗަށް ނުކުންނައިރު ޓީމް އޮތީ އުނދަގޫ ހާލަތެއްގައި، ގްރޫޕް ސްޓޭޖްގަޔާ ސެމީފައިނަލް މެޗްގައި ކުޅުންތެރިން ދެއްކި ކުޅުމާއި، ކުރި ހިއްވަރާއި ޓީމްގައޮތް މޮޅުވުމުގެ ރޫހާއިއެކު މުބާރާތް ކާމިޔާބު ކުރެވޭނެކަމަށް ކުރާއުއްމީދަކަށް ބަދަލެއް ނާދޭ" ފަޔާޒް ބުންޏެވެ. ފަޔާޒް އިތުރަށްބުނީ، ކޯޗެއްގެ ހައިސިއްޔަތުން ބުނަން ބޭނުންވަނީ ފައިނަލަށް އެޓީމް ނުކުންނަނީ އިހަވަންދޫގައި ފުޓްސަލްގައި އެންމެ މޮޅު ޓީމާއި ދެކޮޅަށް ކަމުގައެވެ. "އެންވީކޭގައި ތިބި ކޮންމެ ކުޅުންތެރިއަކީ ވަރަށްމޮޅު އަދި ވަރަށް ހުނަރުވެރި ކުޅުންތެރިއެއް، ޓީމެއްގެ ގޮތުގައި އެއީ ވަރަށް މޮޅު ޓީމެއް" ފަޔާޒް ތަފްސީލް ކޮށްދިނެވެ. ނަމަވެސް ޖަންގަލް ޓީމަކީ މިމުބާރާތް ކާމިޔާބު ނުކުރެވޭ ވަރުގެ ޓީމެއް ކަމުގައި ނުދެކޭކަމަށް ފަޔާޒް ބުންޏެވެ.
ފައިނަލް މެޗަށް ނުކުންނައިރު ޖަންގަލް ޓީމަށް އެންމެ ބޮޑު އެއް މައްސަލައަކައަށް ވާނީ އެންޖަރީގެ މައްސަލަކަމަށް ބެލެވެއެވެ. ސެމީ ފައިނަލް މެޗްގެ ފަހުވަގުތު އެޓީމްގެ ރަށުން ބޭރު ކުޅުންތެރިޔާ ސައިފް އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. ފަޔާޒް ބުނިގޮތުގައި އިންޖަރީގެ މައްސަލަތައް ޓީމްގައި ހުރިނަމަވެސް، އޭނާއަށް ކުޅުންތެރިންނަށް ފުރިހަމަޔަށް އިތުބާރާ ޔަޤީން ކަން އެބައޮތެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައިމި ދެ ޓީމް ހިމެނުނީ އެއް ގްރޫޕެއްގައެވެ. ގްރޫޕް ސްޓޭގައި އެ ދެ ޓީމް ބައްދަލުކުރި މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މިއީ މިމުބާރާތް ބާއްވާ 6 ވަނަ ފަހަރެވެ. މިމުބާރާތް މިހާތަނަށް 5 ފަހަރު ބާއްވާފައިވާއިރު 4 ފަހަރު މިމުބާރާތުގެ ތަށި ހިއްލާލައިގެން އެންމެ ކާމިޔާބު ޓީމްގެ ގޮތުގައި އޮތީ އެންވީކޭއެވެ. ފާހަގަ ކޮށްލަން ޖެހޭ އަނެއްކަމަކީ ފަޔާޒްގެ ކޯޗް ކަމުގައި މިއަހަރު 6 ޓީމެއް 6 މުބާރާތެއްގައި ވާދަކޮށްފައިވާއިރު، އޭނާ ކޯޗް ކޮށްދޭ ޓީމްތައް ފައިނަލަށް ދިއުމުގެ %100 ރިކޯޑެއް އެބައޮތެވެ. މާދަމާގެ މެޗުން ނިމިގެންދާނީ އެންވީކޭއަށް 5 ތަރި ލިބިގެންތޯ ނުވަތަ ފަޔާޒް މިއަހަރު ނުކުތް 6 ވަނަ ފައިނަލް އޭނާޔަށް ކާމިޔާބު ވެގެން ކަމެއް އެނގޭނީ މިއަދު ހަވީރު 16:00 ގައި ފަށާ މިމުބާރާތުގެ ފައިނަލް މެޗް ކުޅެ ނިމުމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
އެންވީކޭގެ ރަސްކަން ނިމުމަކަށްގެނެސް ޖަންގަލް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
1 - ޑިސެމްބަރު - 2023
އެންވީކޭގެ އުއްމީދަކީ ފަސް ތަރި ހޯދުން – ކޯޗް ސުޖާއު
1 - ޑިސެމްބަރު - 2023
ކައުންސިލް ކަޕްގެ ފައިނަލަށް އެންވީކޭ އަދި ޖަންގަލް
30 - ނޮވެމްބަރު - 2023
ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި އިރަމާ ކައުންސިލް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި
28 - ނޮވެމްބަރު - 2023
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ޖަންގަލް އަތުން ބަދަލު ހިފައި އެންވީކޭ ފައިނަލަށް!
6 - ސެޕްޓެމްބަރު - 2025
ޔުނައިޓެޑް ޔޫތް ފައިނަލަށް، ޖަންގަލި އަދި އެންވީކޭ ސެމީއަށް
4 - ސެޕްޓެމްބަރު - 2025
ފަހަތުންއަރާ އިރަމާ ބަލިކޮށް އެންވީކޭއިން 5 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
13 - ސެޕްޓެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް