އިހަވަންދޫގައި އެމްއައިބީގެ އޭޓީއެމް ކިއޮސްކްއެއް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި
އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް އެއް ބެހެއްޓުމަށް އެކުންފުންޏާއި އިހަވަންދޫ ކައުންސިލާއި ދެމެދު އެއްބަސް ވުމެއްގައި ސޮއެކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އިހަވަންދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލްގައި ބޭއްވި ޖަލްސާގައެވެ.
އެމްއައިބީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެބޭންކްގެ ހެޑް އޮފް ޑިސްޓްރިބިއުޝަން، އިބްރާހިމް ސުހައިލްއެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް، އަޙްމަދު ސޮބާހްއެވެ.
އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް ކިއޮސްކް ޤާއިމްކުރުމަށް ބިން ދޫކުރުމަށް، އިހަވަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ، 181 ވަނަ އާއްމު ޖަލްސާގައި ވަނީ ނިންމާފައެވެ. އެގޮތުން އެކުންފުންޏަށް ދޫކުރުމަށް ނިންމާފައިވަނީ 3200 އަކަ ފޫޓްގެ ބިމެކެވެ. އަކަފޫޓެއް 2ރ ގެ ރޭޓުން 20 އަހަރު ދުވަހަށް ދޫކުރާ އެބިން އޮންނަނީ އިހަވަންދޫ ބީއެމްއެލް ބުރާންޗާއި އިންވެގެން އިރުމަތީ ފަރާތުގައެވެ.
އިހަވަންދޫގައި މިވަގުތު އޭޓީއެމްގެ ޚިދުމަތް ދެމުން އަންނަނީ ބޭންކް އޮފް މޯލްޑިވެސް ބީއެމް އެލް އިންނެވެ.
ގުޅުން ހުރެދާނެ ލިޔުން
އޯޕަން ސްޓޭޖް ގޯތިތެރޭގައި މައިޒާނެއް ހަދައިދިނުމަށް 'މެކްސްއެމް' އާއި ހަވާލުކޮށްފި...
27 - އޮކްޓޯބަރު - 2026
ރަޟިއްޔާ އަދި ޝަހީރާ، މޯލްޑިވްސް އެކްސްޕޯ 2026 އިން ރަންވަނަތަކެއް ހޯދައިފި
26 - އޮކްޓޯބަރު - 2026
ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު ހިންގާނެގޮތުގެ އުސޫލު ފާސްކޮށްފި
22 - އޮކްޓޯބަރު - 2026
އިހަވަންދޫގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ލައިސަންސް ނެގުމުގެ ފުރުސަތު ހުޅުވާލައިފި
21 - އޮކްޓޯބަރު - 2026
ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ހއ އަތޮޅަށް ހުޅުވާލައިފި
20 - އޮކްޓޯބަރު - 2026
އަލަށް ގޯތިދިން ސަރަހަށްދާއި، ރަށް ވަށައިގެން މަގުބައްތި ޖަހަނީ!
1 - އޮކްޓޯބަރު - 2026
އޯޕަން ސްޓޭޖް ގޯތި ތެރޭގައި މައިޒާނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ
1 - އޮކްޓޯބަރު - 2026
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް