" ހިތްތަކުގެ ނޫރު" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް އިތުރުކޮށްފި!
އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)އިން "ހިތްތަކުގެ ނޫރު" ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކީރިތި ޤުރުއާން ހިތު ދަސްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މިއީ 5 އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިހިނގާ މާރިޗް މަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ 3 ބުރަކަށް ބަހާލައިގެން ކޮންމެ ބުރެއްގައިވެސް، ކަނޑައެޅިފައިވާ މުއްދަތުގައި އެބުރެއްގައި ދަސްކުރުމަށް ހާއްސަ ކޮށްފައިވާ ފޮތް ހިތުން ކިޔައިދިނުމުން، އެދަރިވަރުންނަށް ފައިސާގެ އިނާމު ލިބޭ ގޮތަށެވެ.
އެގޮތުން މި ޕްރޮގްރާމްގައި ފުރަތަމަ ބުރު ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް 500.00 (ފަސްސަތޭކަ) ރުފިޔާ، 2 ވަނަ ބުރު ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް 700.00 (ހަތްސަތޭކަ) ރުފިޔާ އަދި ތިންވަނަ ބުރު ފުރިހަމަ ކުރުމުން 1000.00 (އެއްހާސް) ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް އިހަވަންދޫ ޑަބްލިޔުޑީސީން ވަނީ ނިންމާފައެވެ.
މި ޕްރޮގުރާމުގައި ބައިވެރިކުރުމަށް ޝައުޤުވެރިވާ ދަރިވަރުން މިކަމަށް ހާއްސަކޮށްފައިވާ އޮންލައިން ފޯމް ފުރައިގެން ބައިވެރިވެވޭނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ފުރަތަމަ އިންޓަރ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި
31 - އޮގަސްޓު - 2026
ފުއްޓަރު މައިޒާން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުން 3 ލައްކަ ރުފިޔާ ކުޅިވަރު ދެ މުބާރާތަކަށް!
22 - އޮގަސްޓު - 2026
ސްކޫލާއި ކައުންސިލްގެ މެޗުން އިންޓަރ އޮފީސް ހޭނޑްބޯޅަ މުބާރާތް މިރޭ ފަށަނީ!
20 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
އިންޓަރ އޮފީސް ހޭންޑްބޯލް ޓޯރނަމެންޓް 2026 ގައި ބައިވެރިވުމަށް ހުޅުވާލައިފި
10 - ޖުލައި - 2026
ޝައިޚް ޙާތިމް ޔޫސުފްގެ ދަރުސްތަކަކާއި ޚާއްޞަ ވޯކްޝޮޕެއް އިހަވަންދޫގައި
16 - ޖޫން - 2026
އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!
17 - މޭ - 2026
5 ވަނަ ދައުރުގެ ކައުންސިލަރުން ހުވާކޮށް، އ.ތ.މ.ކ މެމްބަރުންގެ އިގުރާރުގައި ސޮއެކޮށްފި
17 - މޭ - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
ރަސްތަރި ޤުރްއާން މުބާރާތް 2025: ގަދަ 5 ބައިވެރިން ހޮވައިފި!
28 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް