އޯޓިޒަމް ދުވަހާއި ގުޅުވައިގެން ހިލޭ ސްކުރީނިންގް ޕްރޮގްރާމެއް ކުރިޔަށްގެންދަނީ..
އޯޓިޒަމް ދުވަހާއި ގުޅުވައިގެން، ބުލްބުލް ތެރަޕީ ސެންޓަރާއި، އިހަވަންދޫ ކައުންސިލުން ގުޅިގެން ހިލޭ ސްކުރީނިންގް ކޭމްޕެއް ބާއްވަން ނިންމައިފިއެވެ. މި ސްކްރީނިންގް ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 3 އަދި 4 ވަނަ ދުވަހު އިހަވަންދޫގައެވެ.
ބުލްބުލް ތެރަޕީ ސެންޓަރުން މައުލޫމާތު ދެއްވި ގޮތުގައި މިސްކްރީނިންގް ޕްރޮގްރާމްގައި، ސްކުރީން ކުރެވޭ ދާއިރާ ތަރުގެ ތެރޭގައި ބިހޭވިއާ އެންޑް ސައިކޮލޮޖިކަލް ސްކްރީނިންގް، ސްޕީޗް ތެރެޕީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕެޝަލް އެޑިއުލޭޝަން ތެރަޕީ ހިމެނެއެވެ. މި ޕްރޮގްރާމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އަދި އެޕޮއިންޓް މެންޓް ހޯދުމަށް ގުޅުމަށް ހާއްސަ ކޮށްފައިވަނީ 7893030 ނަންބަރު ފޯނެވެ.
މިއީ ނަފްސާނީ އަދި ސްޕީޗް ތެރެޕީއާއި ގުޅޭ ގޮތުން، އިހަވަންދޫގައި ކުރިޔަށް ގެންދާ ފުރަތަމަ ސްކްރީނިންގް ޕްރޮގްރާމްކަން ފާހަގަކުރެވެއެވެ. ބުލްބުލް ތެރަޕީ ސެންޓަރަކީ ހދ ކުޅުދުއްފުށީގައި ހިދުމަތްދޭ ތެރަޕީ ސެންޓަރެކެވެ. ރާއްޖޭގެ ތަފާތު 3 ސަރަހައްދެއްގައި އެސެންޓަރުން ދަނީ ހިދުމަތް ދެމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ކައުންސިލް ކަޕް ފުޓްސަލް މުބާރާތް: ލީގު ބުރުގެ ފަހު ދުވަހު ފައިނަލާއި ސެމީގެ ޖާގަތަކަށް ބޮޑު ވާދަވެރިކަމެއް!
23 - ނޮވެމްބަރު - 2026
ހއ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ރަސްތަރި ޤުރްއާން މުބާރާތް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
23 - ނޮވެމްބަރު - 2026
އިހަވަންދޫގެ މަދަނީ ޖަމްޢިއްޔާތަކަށް މާލީ އެހީ ދިނުމުގެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
22 - ނޮވެމްބަރު - 2026
އިހަވަންދޫގެ ތާރީޚުގައި ވެސް އެކުލަވާލާ އެންމެ ހަރުކަށި "ކުނީގެ އުސޫލު" އާންމުކޮށް، ޚިޔާލު ހޯދަން ހުޅުވާލައިފި!
9 - ނޮވެމްބަރު - 2026
ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރުން 2.5 ލައްކަ ރުފިޔާއަށް އެރިސްޑެކާއަށް!
7 - ނޮވެމްބަރު - 2026
އިހަވަންދޫ ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
7 - ނޮވެމްބަރު - 2026
އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އިހަވަންދޫ އައުޓްރީޗް ސެންޓަރުގައި ކޯސްތައް ފެށޭނެކަމަށް އުންމީދުކުރަން: އެމްއެންޔޫ
4 - ނޮވެމްބަރު - 2026
ކުޑަކުދިންގެ ޕާކު ކެފޭ ހަވާލުކުރަން ހަޒް އިންވެސްޓްމަންޓްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމައިފި
2 - ނޮވެމްބަރު - 2026
"އިހަވަން އޮމަލަ އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
1 - ނޮވެމްބަރު - 2026
އޯޕަން ސްޓޭޖް ގޯތިތެރޭގައި މައިޒާނެއް ހަދައިދިނުމަށް 'މެކްސްއެމް' އާއި ހަވާލުކޮށްފި...
27 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް