އައި. ކްލަބްގެ ވަންޑޭކަޕް މިމަހުގެ 5 ގައި ފަށަނީ؛ މިއަހަރުގެ މުބާރާތް ކުރިޔަށްގެންދަނީ ސާރކްއާ ގުޅިގެން!
މާލޭގައި ދިރިއުޅޭ ހއ. އިހަވަންދޫގެ ޒުވާނުންގެ މެދުގައި އޮންނަ އިޖުތިމާޢީ ބަދަހިގުޅުން އިތުރަށް ހަރުދަނާކޮށް، އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި އައި. ކްލަބުން އިންތިޒާމުކުރާ "ވަންޑޭ ކަޕް" މިމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މި މުބާރާތަކީ އިހަވަންދޫގެ ޒުވާނުންގެ މެދުގައި މަޤްބޫލު، ދިގު ތާރީޚެއް އޮތް މުބާރާތެކެވެ. އެގޮތުން މި މުބާރާތް ބާއްވާތާ މިހާރު ގާތްގަނޑަކަށް 17 އަހަރު ވެފައިވާކަން ފާހަގަކުރެވެއެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ސާރކް" އާއި ގުޅިގެންނެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މުބާރާތުގެ ވަނަވަނައަށް ހޮވޭ ޓީމުތަކަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ޗެމްޕިއަން ޓީމަށް 5,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 2,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ މުބާރާތުގެ ގަވާއިދަށް ބައެއް ބަދަލުތައް ގެނެސްފައިވާއިރު، މިފަހަރުގެ މުބާރާތް ވަނީ މާލެ ސަރަހައްދުގައި އުޅޭ އިހަވަންދޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޚާއްޞަކޮށްފައެވެ. އެގޮތުން މާލޭގައި ދިރިއުޅޭ އިހަވަންދޫއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކުވެސް ޓީމްތަކުގައި ޖެއްސޭއިރު، މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގެ ލިސްޓުގައިވެސް، އިހަވަންދޫ ނުވަތަ ހއ. އަތޮޅުގައި ދިރިއުޅޭ އެއް ކުޅުންތެރިޔަކު ޖެއްސިދާނެއެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އެންވީކޭ (NVK) އެވެ. އައި. ކްލަބުން އުންމީދު ކުރަނީ މި މުބާރާތުގެ ސަބަބުން މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ޒުވާނުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.
ގުޅުން ހުރެދާނެ ލިޔުން
އައި. ކްލަބްގެ ވަންޑޭކަޕް މާދަމާ!
19 - ޖޫން - 2025
ޗެމްޕިއަންކަން އެން.ވީ.ކޭ އަށް؛ އައި ކުލަބުގެ ޚާއްޞަ ޝުކުރު ޕޮއިސްއަށް!
6 - ޖޫން - 2026
މިއަހަރުގެ "އިހަވަން ފުޓުސަލް ޗެލެންޖް" ނުބާއްވަން ނިންމައިފި!
3 - ޖޫން - 2026
ދެލެގުން އިހަވަންދޫ ބަލިކޮށް ހއ ގެ ޗެމްޕިއަންކަން ދިއްދޫ ހޯދައިފި
13 - ނޮވެމްބަރު - 2025
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް: އިހަވަންދޫ އާއި ދިއްދޫގެ ދެވަނަ ލެގް މިއަދު ދިއްދޫގައި
13 - ނޮވެމްބަރު - 2025
އެޓޯލް ޗެމްޕިއަންޝިޕް: އިހަވަންދޫ އާއި ދިއްދޫ ބައްދަލުކުރާ މެޗް މިއަދު
9 - ނޮވެމްބަރު - 2025
ބޮޑުމަގު އަތުން ބަދަލުހިފައި، އިހަވަން ފުޓްސަލް ޗެލެންޖްގެ ތަށިހިއްލާލައި، އިހަވަންދޫގެ އެންމެ ކާމިޔާބު ޓީމަކަށް އެންވީކޭ!
3 - އޮގަސްޓު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރުކަމުން ރީހާން ވަކިކޮށްފި!
1 - އޮގަސްޓު - 2025
އިހަވަން ފުޓްސަލް ޗެލެންޖް 2025: ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ބޮޑުމަގާއި ރަނަރަޕް އެންވީކޭ އަނެއްކާވެސް ކުރިމަތިލަނީ
1 - އޮގަސްޓު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރު ރީހާން، އެއް އަހަރަށް ސަސްޕެންޑް ކޮށްފި
31 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް