އައިކުލަބް ވަންޑޭ ކަޕް 2026 ގެ ފޯރިގަދަ މުބާރާތް ނިމި، ވިދިވިދިގެން 3 ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން އެން.ވީ.ކޭ އިން ހޯދައިފިއެވެ.
އެޓީމް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިރުވާރު އެފްސީ 1-0 ބަލިކޮށް ގެންނެވެ.
ޖުމުލަ 7 ޓީމަކުން ވާދަކުރި މި އަހަރުގެ މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗަށްފަހު، މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމުތަކަށާއި ކުޅުންތެރިންނަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. އެގޮތުން:
ޗެމްޕިއަން ޓީމު (އެން.ވީ.ކޭ): 5،000 ރުފިޔާގެ ފައިސާގެ އިނާމު
ރަނަރަޕް ޓީމު (އިރުވަރު): 2،000 ރުފިޔާގެ ފައިސާގެ އިނާމު
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: އަލީ ނާއިޝް
މޮޅު ފަސް ކުޅުންތެރިން:
އަލީ ނާއިޝް - އެންވީކޭ
މުހައްމަދު ފަޒީލް - އެންވީކޭ
މުހައްމަދު އައްފާން - އެންވީކޭ
މުހައްމަދު މުނައްވަރު - އިރުވާރު އެފްސީ
ހަސަން ޝާމިލް - އިރުވާރު އެފްސީ
މި މުބާރާތް މިހާ ފުރިހަމަކަމާއެކު ކުރިއަށްދިޔުމުގެ އެންމެ ބޮޑު ހިއްސާއަކީ އަދި އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދިޔައީ ޕޮއިސް ގެ އިސްވެރިންގެ ފަރާތުންނެވެ. އެހެންކަމުން، ޕޮއިސްގެ އިސްވެރިން ދެއްވި ބޮޑު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، އައި ކުލަބުގެ ފަރާތުން އެ ފަރާތަށް ޚާއްޞަ ޝުކުރު ދެންނެވިއެވެ.
މީގެ އިތުރުން، މި މުބާރާތް ކާމިޔާބު މުބާރާތަކަށް ހެދުމަށްޓަކައި އެކި ގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވި އެންމެހައި ފަރާތްތަކަށްވެސް އައި ކުލަބުން ޝުކުރު އަދާކުރެއެވެ. މިއީ އެންވީކޭއިން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި 5 ވަނަ ފަހަރެވެ.
މިއީ މާލޭގައި ދިރިއުޅޭ ހއ. އިހަވަންދޫގެ ޒުވާނުންގެ މެދުގައި އޮންނަ އިޖުތިމާޢީ ބަދަހިގުޅުން އިތުރަށް ހަރުދަނާކޮށް، އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި އައި. ކްލަބުން އިންތިޒާމުކުރާ މުބާރާތެކެވެ. މި މުބާރާތަކީ އިހަވަންދޫގެ ޒުވާނުންގެ މެދުގައި މަޤްބޫލު، ދިގު ތާރީޚެއް އޮތް މުބާރާތެކެވެ. އެގޮތުން މި މުބާރާތް ބާއްވާތާ މިހާރު ގާތްގަނޑަކަށް 17 އަހަރު ވެފައިވާކަން ފާހަގަކުރެވެއެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ “ސާރކް” އާއި ގުޅިގެންނެވެ.
ޗެމްޕިއަންކަން އެން.ވީ.ކޭ އަށް؛ އައި ކުލަބުގެ ޚާއްޞަ ޝުކުރު ޕޮއިސްއަށް!
ގުޅުން ހުރެދާނެ ލިޔުން
އައި. ކްލަބްގެ ވަންޑޭކަޕް މިމަހުގެ 5 ގައި ފަށަނީ؛ މިއަހަރުގެ މުބާރާތް ކުރިޔަށްގެންދަނީ ސާރކްއާ ގުޅިގެން!
2 - ޖޫން - 2026
އައި. ކްލަބްގެ ވަންޑޭކަޕް މާދަމާ!
19 - ޖޫން - 2025
އައި.ކްލަބް 2020ގެ ފުރަތަމަ ހަރަކާތަށް
2 - ފެބްރުއަރީ - 2020
އައި. ކްލަބް ވަންޑޭކަޕް ޗެމްޕިއަންކަން އެންވީކޭއަށް
10 - މާރިޗު - 2018
އައި. ކްލަބުގެ ޕްރެކްޓިސްފަށައިފި
5 - އޮގަސްޓު - 2013
އައިކްލަބުން 3 ވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ނިންމައިފި
26 - ޖުލައި - 2013
އައި.ކްލަބުގެ ބިދޭސީ ފޯރވާޑް ގިނަ ލަނޑުތަކެއް ޖަހާނެ: ޝިހާން
18 - ޑިސެމްބަރު - 2012
އައި. ކްލަބުން 3 ވަނަ ޑިވިޝަނަށް ކުޅުމުގެ ވިސްނުމެއް ގެންގުޅޭ: ޝާފިއު
15 - ޑިސެމްބަރު - 2012
ހޯރަފުށި ޑަބްލިޔުޑީސީ ކަނބަލުންގެ ވޮލީ ލީގުގެ ޗެމްޕިއަންކަން ފެނަކަ ހޯދައިފި
31 - އޮގަސްޓު - 2026
ފުރަތަމަ އިންޓަރ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި
31 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް