ޚަބަރު ކުޅިވަރު

ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: މުބާރާތް ފަށާނީ ޖަންގަލް އަދި ބާރަލާ ބައްދަލުކުރާ މެޗުން

ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: މުބާރާތް ފަށާނީ ޖަންގަލް އަދި ބާރަލާ ބައްދަލުކުރާ މެޗުން
Advertisement Advertisement

އިހަވަންދޫ ކައުންސިލުން ބާއްވާ، ކައުންސިލް ކަޕް ފިރިހެން ވޮލީ މުބާރާތް 2026 ގެ ގުރު ނަގައިފިއެވެ. މިމުބާރާތުގެ ގުރު ނަގާފައިވަނީ އިއްޔަ ހަވީރު، ބާބަކިޔު ހަޓް ރެސްޓޯރަންޓްގައި އޮތް ހާއްސަ ހަފްލާއެއްގައެވެ. 

އަންނަ ހޮނިހިރު ދުވަހު ފަށާ މިމުބާރާތުގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ޖަންގަލް އަދި ދިއްދޫ ބާރަލާ ސްޕޯރޓްސް ކްލަބެވެ. އެދުވަހުގެ ހަވީރު 16:15 ގައި މިމެޗް ކުޅޭއިރު، މިމުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އޮންނާނީ އެރޭ ޔުނައިޓެޑް ޔޫތް އަދި ޓީމް މޮޅަދޫ ބައްދަލުކުރާ މެޗްގެ ކުރިންނެވެ. 

މިމުބާރާތުގެ މީޑިއާ ޕާރޓްނަރަކީ އިހަވަންދޫ.ކޮމް އެވެ. މިމުބާރާތުގެ އެންމެ ފަހުގެ އަޕްޑޭޓްތައް އަޅުގަނޑުމެންގެ ސްޕޯރޓްސް ޕޯޓަލް: sports.ihavandhoo.com އިން ބަލައިލެވޭނެއެވެ.

މިމުބާރާތުގައި ވާދަކުރަނީ އިހަވަންދޫއަށް ނިސްބަތްވާ 3 ޓީމަކާއި، ދިއްދޫ އަދި އަދި މޮޅަދޫއިން ކޮންމެ ރަށަކުން އެއް ޓީމެވެ. އިހަވަންދޫއިން މިމުބާރާތުގައި ވާދަކުރަނީ ޑިފެންޑިންގ ޗެމްޕިއަން ޔުނައިޓެޑް ޔޫތް، އެންވީކޭ އަދި ޖަންގަލްއެވެ. މޮޅަދޫއިން ޓީމް މޮޅަދޫ އަދި ދިއްދޫ އިން މިމުބާރާތުގައި ވާދަކުރަނީ ދިއްދޫ ބާރަލާ ސްޕޯރޓްސް ކްލަބެވެ. ކުރިން މިމުބާރާތުގައި ބައިވެރިވެވެނީ އިހަވަންދޫގެ ޓީމް ތަކަށް އެކަންޏެވެ. މިއީ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވައިލި ފުރަތަމަ ފަހަރެވެ. 

މިހިނގާ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ ހުރަވީ އައުޓްޑޯ ވޮލީ ކޯޓްގައެވެ. މިމުބާރާތުގެވެސް އެއްވަނަ ޓީމަށް 30،000ރ އަދި ދެވަނަ ޓީމަށް 10،000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް