ޚަބަރު ކުޅިވަރު

ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: ޖަންގަލް އަދި އެންވީކޭ ގެ ފައިނަލެއް

ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: ޖަންގަލް އަދި އެންވީކޭ ގެ ފައިނަލެއް
Advertisement Advertisement

އިހަވަންދޫ ކައުންސިލުން ބާއްވާ، ކައުންސިލް ކަޕް ފިރިހެން ވޮލީ މުބާރާތް 2026 ގެ ފައިނަލް މިރޭ ކުޅޭނެއެވެ. މިރޭ 20:15 ގައި ފަށާ މިމުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ޖަންގަލް އަދި އެންވީކޭއެވެ. 
ޖަންގަލްވަނީ 2022 ވަނަ އަހަރު މިމުބާރާތުގެ ތަށި ހިއްލާލާފައެވެ. މިމުބާރާތުގެ ފައިނަލަށް އެޓީމް ދަތުރުކުރީ ގްރޫޕް ސްޓޭޖްގައި އެޓީމް ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުން މޮޅުވެ، ގްރޫޕް ސްޓޭޖްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. އެންވީކޭ އަކީ މިދިޔަ އަހަރުގެ ރަނަރަޕް ޓީމެވެ. އެޓީމް މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީ ފަނަލަށް ދަތުރުކޮށް، ސެމީ ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތް 2-3 ސެޓުން ބަލިކޮށްގެންނެވެ. 

މިމުބާރާތުގައި ވާދަކުރަނީ އިހަވަންދޫއަށް ނިސްބަތްވާ 3 ޓީމަކާއި، ދިއްދޫ އަދި އަދި މޮޅަދޫއިން ކޮންމެ ރަށަކުން އެއް ޓީމެވެ. އިހަވަންދޫއިން މިމުބާރާތުގައި ވާދަކުރަނީ ޑިފެންޑިންގ ޗެމްޕިއަން ޔުނައިޓެޑް ޔޫތް، އެންވީކޭ އަދި ޖަންގަލްއެވެ. މޮޅަދޫއިން ޓީމް މޮޅަދޫ އަދި ދިއްދޫ އިން މިމުބާރާތުގައި ވާދަކުރަނީ ދިއްދޫ ބާރަލާ ސްޕޯރޓްސް ކްލަބެވެ. ކުރިން މިމުބާރާތުގައި ބައިވެރިވެވެނީ އިހަވަންދޫގެ ޓީމް ތަކަށް އެކަންޏެވެ. މިއީ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވައިލި ފުރަތަމަ ފަހަރެވެ. މިމުބާރާތުގެވެސް އެއްވަނަ ޓީމަށް 30،000ރ އަދި ދެވަނަ ޓީމަށް 10،000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް