ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް 2025 މިއަދު ފަށަނީ
އިހަވަންދޫ ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް 2025 މިއަދު ހަވީރު ފަށާނެއެވެ. މި މުބާރާތަކީ ރަށު ފެންވަރުގެ ވޮލީބޯޅައިގެ ހުނަރުވެރިން ފާހަގަކޮށް، އެކުޅުންތެރިންނަށް ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ބޭނުމުގައި އިހަވަންދޫ ކައުންސިލުން ބާއްވާ މުބާރާތެކެވެ. މިމުބާރާތުގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ޖަންގަލް އަދި ޔުނައިޓެޑް ޔޫތެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ 4 ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ އެން.ވީ.ކޭ، މިސްކިތްމަގު އެސް.ސީ، ޖަންގަލް އަދި ޔުނައިޓެޑް ޔޫތުއެވެ. މިއަދުން ފެށިގެން މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ކުޅުން ކުރިޔަށް ދާނީ އިހަވަންދޫ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ހުރަވީ ވޮލީ ކޯޓްގައެވެ.
މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30 ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މިދިޔަ އަހަރު، އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ކައުންސިލް ކަޕް ވޮލީ މުބާރާތް 2024 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުޅިމަގު ޓީމެވެ. އެޓީމް މިއަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޖަންގަލް އަތުން ބަދަލު ހިފައި އެންވީކޭ ފައިނަލަށް!
6 - ސެޕްޓެމްބަރު - 2025
ޔުނައިޓެޑް ޔޫތް ފައިނަލަށް، ޖަންގަލި އަދި އެންވީކޭ ސެމީއަށް
4 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް އަދި ޑަބުލިއު.ޑީ.ސީ ވޮލީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 - އޮގަސްޓު - 2025
ކައުންސިލް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކުޅިމަގު ހޯދައިފި
18 - އޮކްޓޯބަރު - 2024
ޖަންގަލް އަތުން ބަދަލު ހިފައި އިރަމާ ފައިނަލަށް
16 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 – ކުޅިމަގު ފައިނަލަށް ދަތުރުކޮއްފި
15 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 – އިރަމާ ސެމީ ފައިނަލަށް
14 - އޮކްޓޯބަރު - 2024
ކުޅިމަގު އަދި ޖަންގަލް ފައިނަލުން ޖާގައަކަށް ވާދަކުރާއިރު، އިރަމާ އަދި ޔޫތް ވާދަކުރަނީ ސެމީފައިނަލުން ޖާގައަކަށް
14 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 - ކުޅިމަގު އަދި ޖަންގަލް ފެށުން ރަނގަޅުކޮށްފި
13 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް މިމަހުގެ 12 އިން 17 އަށް
9 - އޮކްޓޯބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް