ކުޅިވަރު ޚަބަރު

ކައުންސިލް ކަޕް ފެށުން ޗެރިޓީ މެޗަކުން!

ކައުންސިލް ކަޕް ފެށުން ޗެރިޓީ  މެޗަކުން!
Advertisement Advertisement

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2026" ގެ ގުރުއަތުލުން މިރޭ ބާއްވައިފިއެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސެންސިޓީ އަދި ޕެރިސް އެފްސީއެވެ.

މި މުބާރާތުގެ ގުރުއަތުލުމުގެ ހަފްލާ މިރޭ ކުރިއަށްދިޔައީ އިމަގު ވެހީ ގައެވެ. މިއަހަރުގެ މުބާރާތް ހޯސްޓްކުރުމަށް އިހަވަންދޫ ކައުންސިލުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލައިގެން، މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ކާމިޔާބުކޮށްފައިވަނީ  އިމަގު ޖަމިއްޔާއިންނެވެ.

މިއަހަރުގެ މުބާރާތް ހއ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ނަމަވެސް، މުބާރާތުގައި ބައިވެރިވެފައިވަނީ އިހަވަންދޫއަށް ނިސްބަތްވާ 6 ޓީމެކެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތް، މި މުބާރާތް 5 ފަހަރު ކާމިޔާބުކޮށް މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފު ހޯދާފައިވާ އެންވީކޭ، ޕެރިސް އެފްސީ، ސެންސިޓީ، ސެންސިޓީ ފޭންސް އަދި މިސްކިތްމަގު ސްޕޯރޓްސް ކްލަބެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެންމެ ފަހުން ބޭއްވި ކައުންސިލް ކަޕްގައި ވާދަކޮށްފައިވަނީ 4 ޓީމެވެ.

ބޮޑެތި ފައިސާގެ އިނާމުތަކަކާއެކު ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ.

މުބާރާތް އިންތިޒާމްކުރާ އިމަގު ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، މުބާރާތުގެ ފޯރިގަދަ މެޗުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 20 ވާ ދުވަހުގެ ހަވީރުއެވެ. ނަމަވެސް، މި މަހުގެ 19 ވާ ދުވަހު މުބާރާތް ހުޅުވުމުގެ ޚާއްޞަ ރަސްމިއްޔާތަކާއި ޗެރިޓީ މެޗެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. 

ކައުންސިލް ކަޕް 2026 ގެ މީޑިއާ ޕާޓްނަރަކީ "އާޓޮލޮޖީ" އެވެ. އެހެންކަމުން، އާޓޮލޮޖީން ހިންގަމުން އަންނަ މި ނޫހުން މި މުބާރާތުގެ އެންމެ ފަހުގެ މަޢުލޫމާތާއި، މެޗުތަކުގެ އަޕްޑޭޓްތައް މެދުކެނޑުމެއްނެތި ކިޔުންތެރިންނަށް ގެނެސްދެމުންދާނެއެވެ.

މުބާރާތުގެ ޝެޑިއުލް

ކޮމެންޓް

އަދި ކޮމެންޓެއް ނެތް