މޮޑާނާ އަދި ޖެންސެން ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފި
ކޮވިޑް-19 އިން ދިފާއުވުމަށް އިތުރު ދެ ވެކްސިނެއް ބޭނުން ކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހުއްދަ ދީފިއެވެ.
މިއަދު ހުއްދަ ދެވުނު ދެ ވެކުސިނާއެކު ރާއްޖޭގައި ހުއްދަދެވުނު ކޮވިޑު ވެކުސިންގެ އަދަދު ވަނީ 6 އަށް އަރާފައެވެ. ރާއްޖޭގައި މިވަގުތު ހުއްދަ ދީފައިވާ ވެކްސިން ތަކަކީ ފާއިޒާ، ކޮވިޝީލްޑް، ސިނޮފާމް، ސްޕުޓްނިކް ވީ، މޮޑާނާ އަދި ޖެންސެން އެވެ.
އެމްއެފްޑީއޭ އިން މިއަދު ބުނީ ޖެންސެންއިން އުފައްދާފައިވާ ވެކްސިން، "ކޯވިޑް-19 ޖެންސެން ވެކްސިން"އާއި، މޮޑާނާ ވެކްސިން ރާއްޖެގައި ބޭނުންކުރުމުގެ ހުއްދަ އެ އޮތޯރިޓީއިން، މިއަދުން ފެށިގެން ދީފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ، މި ދެވެކްސިން ބޭނުން ކުރުމަށް ހުއްދާ ދީފައިވަނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓުއޭޝަން" ގައި ބޭނުން ކުރުމަށާއި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށް ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ، މި ވެކްސިންތައް ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމުގައި ފުރިހަމަ ކުރަން ޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަކަ ކުރުމަށްފަހު ބަލަން ޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާ އެކު ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ، ޖޯންސަން އެންޑް ޖޯންސަންގެ މިވެކްސިންއަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އެމަޖެންސީ ޔޫސް ލިސްޓިން (އީޔޫއެލް) ގައި މިހާތަނަށް 42 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެއް ކަމަށެވެ. އަދި މޮޑާނާ ވެކްސިންއަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އެމަޖެންސީ ޔޫސް ލިސްޓިން (އީޔޫއެލް) ގައި މިހާތަނަށް 49 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެއް ކަމަށެވެ.
މޮޑާނާ ވެކްސިނަކީ އޭގެ ފުރަތަމަ ޑޯޒު ޖަހާތާ 28 ދުވަސް ފަހުން ދެވަނަ ޑޯޒް ޖަހަން ޖެހޭ ވެކްސިނެކެވެ. ކޮވިޑު ބަލިން ދިފާޢު ވުމަށްޓަކައި ޖެންސެން ވެކްސިން ވެކްސިންގެ ޖަހަން ޖެހެނީ 1 ޑޯޒް އެވެ. މިހާތަނަށް ކުރެވިފައިވާ ތަހުލީލުތަކުން ދައްކާ ގޮތުގައި ޖެންސެން ވެކްސިންގެ އެފިކަސީ ރޭޓަކީ 85.4 އިންސައްތައެވެ. އަދި މޮޑާނާ ވެކްސިންގެ އެފިކަސީ ރޭޓަކީ 92 އިންސައްތަ އެވެ.
ގުޅުން ހުރެދާނެ ލިޔުން
ދިފާޢިނިޒާމް ދަށްމީހުންގެ ތެރޭގައި ހިމެނޭ ފަރާތްތަކަށް ފައިޒާ ވެކްސިން ޖެހުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފި
27 - އޮގަސްޓު - 2021
އެސްޓްރާޒެނެކާގެ ފަސްލައްކަ ޑޯޒް އަންނަ މަހު ލިބޭނެ: ރައީސް
8 - ޖޫން - 2021
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ހަ މަސް ތެރޭގައި ޖެހޭނެ: އެޗްޕީއޭ
8 - ޖޫން - 2021
އިހަވަންދޫގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ޖެހޭ 1139 މީހުން އެބަތިބި
25 - މޭ - 2021
ވެކުސިންގެ ދެ ޑޯޒަށް ފަހު ކަރަންޓީނު ދޫކޮށްލާ އުސޫލު އާންމުކޮށްފި
16 - އޭޕްރީލް - 2021
ކަރަންޓީންނުވެ ރަށްތަކަށް ދަތުރުކުރެވޭގޮތް ހަމަޖެހޭނެ: ރައީސުލްޖުމުހުރިއްޔާ
16 - އޭޕްރީލް - 2021
ރާއްޖޭގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ދޭނީ އަށް ހަފްތާ ފަހުން
18 - ފެބްރުއަރީ - 2021
43،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖަހައިފި
16 - ފެބްރުއަރީ - 2021
އީރާނާ ދެކޮޅަށް އެކަނި ހަނގުރާމަކުރުމުގެ އިންޒާރާއެކު ނަތަންޔާހޫއަށް ބޮޑެތި ފާޑުކިއުންތަކެއް!
6 - އޮގަސްޓު - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް