ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ހަ މަސް ތެރޭގައި ޖެހޭނެ: އެޗްޕީއޭ
ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް 2 ވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ޖަހާތާ ހަ މަސް ދުވަސް ތެރޭގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ނިންމައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ލަފާދެއްވާފައިވާ ގޮތަށް ރާއްޖޭގައި ކޮވިޝީލްޑް ޖަހާފައިވާ ފަރާތްތަކަށް 2 ވަނަ ޑޯޒް 6 މަސް ދުވަހުގެ ތެރޭގައި ޖެހޭނެކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން (MTAGI ) ލަފާދެއްވާފައިވާކަމަށެވެ.
އެޗްޕީއޭގެ އިޢުލާނުގައި ވަނީ ކޮވިޝީލްޑު ލިބުމުގައި ހުރި ދަތިތަކާހެދި މިހާތަނަށް ހެދިފައިވާ ދިރާސާތަކުގެ އަލީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މިވެކްސިންގެ ދެވަނަ ޑޯޒް 6 މަސްދުވަހަށް ފަސްކުރުމާގުޅޭގޮތުން ޢަމަލު ކުރާނެ ގޮތުގެ ލަފައެއް އާއްމުކޮށްފައި ކަމަށެވެ.
މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުންގެ ލަފަޔާ ގުޅިގެން ކޮވިޝީލްޑް/އެސްޓްރާޒެނެކާ ވެކްސިންގެ 2 ވަނަ ޑޯޒް ދިނުމުގައި މިގޮތަށް އަމަލު ކުރާނެކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.
އެހެން ނަމަވެސް ދިވެހި ސަރުކާރުން މިވެކްސިން ގެނައުމުގެ ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށާއި
މިވެކްސިން ލިބުނުހާ އަވަހަކަށް ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ބުނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ދިފާޢިނިޒާމް ދަށްމީހުންގެ ތެރޭގައި ހިމެނޭ ފަރާތްތަކަށް ފައިޒާ ވެކްސިން ޖެހުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފި
27 - އޮގަސްޓު - 2021
އެސްޓްރާޒެނެކާގެ ފަސްލައްކަ ޑޯޒް އަންނަ މަހު ލިބޭނެ: ރައީސް
8 - ޖޫން - 2021
މޮޑާނާ އަދި ޖެންސެން ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފި
6 - ޖޫން - 2021
އިހަވަންދޫގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ޖެހޭ 1139 މީހުން އެބަތިބި
25 - މޭ - 2021
ވެކުސިންގެ ދެ ޑޯޒަށް ފަހު ކަރަންޓީނު ދޫކޮށްލާ އުސޫލު އާންމުކޮށްފި
16 - އޭޕްރީލް - 2021
ކަރަންޓީންނުވެ ރަށްތަކަށް ދަތުރުކުރެވޭގޮތް ހަމަޖެހޭނެ: ރައީސުލްޖުމުހުރިއްޔާ
16 - އޭޕްރީލް - 2021
ރާއްޖޭގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ދޭނީ އަށް ހަފްތާ ފަހުން
18 - ފެބްރުއަރީ - 2021
43،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖަހައިފި
16 - ފެބްރުއަރީ - 2021
ކޮވިޑް ވެކްސިން ފުރިހަމަވެފައިވާ ކަމަށް ބަލާނީ، ވެކްސިންގެ ދެޑޯޒާ އެކު ބޫސްޓާ ޑޯޒް ވެސް ފުރިހަމަކުރުމުން: އެޗްޕީއޭ
1 - ފެބްރުއަރީ - 2022
އެޗްޑީސީއިން ކުޑަކުދިންގެ ޕާކް ތަރައްޤީކުރާ 32 ރަށުގެ ތެރޭގައި މޮޅަދޫ އަދި ފިއްލަދޫ
19 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް