43،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖަހައިފި
ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމުލަ ޢަދަދު 43،000 އަށްވުރެ މައްޗަށް އަރައިފިއެވެ.
ރާއްޖޭގައި މިހިނގާ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވެކުސިން ޖަހަން ފަށާފައިވާއިރު، ހެލްތު ޕްރޮޓެކްޝްން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި މާލެއާއި އަތޮޅުތައް ހިމެނޭހެން 5،204 މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެސަރަޙައްދުން ވެކްސިން ޖެހި 3،967 މީހުންނާއި، އަތޮޅުތެރޭގައި ވެކްސިންޖެހި 1،237 މީހުންނެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 43،817 އަށް އަރާފައެވެ.
ރާއްޖޭގައި މިހާރު ދެމުންގެންދަނީ އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވަނީ "ކޮވިޝީލްޑް" ވެކްސިނެވެ. މި ވެކްސިންގެ 100،000ޑޯޒް ރާއްޖެއަށް ހަދިޔާކުރީ އިންޑިއާއިންނެވެ. ރޭ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ހަމްޒަތު ވިދާޅުވީ މިހާރު ލިބިފައިވާ ހުރިހާ ވެކްސިން އެއް ވެސް ދޭނީ ފުރަތަމަ ޑޯޒްގެ ގޮތުގައި ކަމަށެވެ. ހަމްޒަތު ވިދާޅުވީ މި ވަގުތު ވެކްސިން ދެމުން ދަނީ އެންމެ ބޮޑަށް ވެކްސިން ބޭނުންވާ މީހުންނަށް ބަލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުން ފަދަ ބަލީގެ ނުރައްކާ ބޮޑު މީހުންނަށް އަވަހަށް ވެކްސިން ދީ ނިންމުމަށް މަސައްކަތް ކުރަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ދިފާޢިނިޒާމް ދަށްމީހުންގެ ތެރޭގައި ހިމެނޭ ފަރާތްތަކަށް ފައިޒާ ވެކްސިން ޖެހުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފި
27 - އޮގަސްޓު - 2021
އެސްޓްރާޒެނެކާގެ ފަސްލައްކަ ޑޯޒް އަންނަ މަހު ލިބޭނެ: ރައީސް
8 - ޖޫން - 2021
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ހަ މަސް ތެރޭގައި ޖެހޭނެ: އެޗްޕީއޭ
8 - ޖޫން - 2021
މޮޑާނާ އަދި ޖެންސެން ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފި
6 - ޖޫން - 2021
އިހަވަންދޫގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ޖެހޭ 1139 މީހުން އެބަތިބި
25 - މޭ - 2021
ވެކުސިންގެ ދެ ޑޯޒަށް ފަހު ކަރަންޓީނު ދޫކޮށްލާ އުސޫލު އާންމުކޮށްފި
16 - އޭޕްރީލް - 2021
ކަރަންޓީންނުވެ ރަށްތަކަށް ދަތުރުކުރެވޭގޮތް ހަމަޖެހޭނެ: ރައީސުލްޖުމުހުރިއްޔާ
16 - އޭޕްރީލް - 2021
ރާއްޖޭގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ދޭނީ އަށް ހަފްތާ ފަހުން
18 - ފެބްރުއަރީ - 2021
ރިޕޯޓް: މިސަރުކާރުން ފެނަކަ މާރަންދޫ ބްރާންޗުން 32 މީހުންނަށް ވަޒީފާ ދީފައި 13 މީހުން ވަކިކުރުން!
29 - އޮގަސްޓު - 2026
ބިޒީ ޝެޑިއުލްގައިއުޅޭ މީހުންނަށްވެސް ފިޓްވާ ގޮތަށް ބައްޓަންކޮށްފައިވާ "ލައިފްސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް" އިހަވަންދޫގައި!
19 - ޖޫން - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް