މާރަންދު އާއި މޮޅަދޫ ގެ ލޭންޑް ޔޫސް ޕްލޭން ހަދާދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި
ހއ. މާރަންދު އާއި މޮޅަދޫގެ ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެދިލެއްވުމުގެ މަތިން ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ކުރި އިއުލާންގައި 44 ރަށެއް ހިމެނެއެވެ. މި 44 ރަށްވަނީ 7 ޕެކޭޖަކަށް ބަހާލައިފައެވެ.
މި މަސައްކަތްތަކަށް ބީލަން ހުށަހަޅާއިރު އެއްޕެކޭޖަށް ނުވަތަ އެއަށްވުރެ ގިނަ ޕެކޭޖަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓު ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެ ކަމަށް އިއުލާންގައި ވެއެވެ.
މިކަމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން 4 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ 1300 ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ފިނޭންސް މިނިސްޓްރީއަށް އީމެއިލްގެ ޒަރީއާއިން ހުށަހެޅުއްވުމަށް އެމިނިސްޓްރީން އެދިލައްވައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
ޕީއެންސީގެ ޖަލްސާއަށް އިހަވަންދޫ ދާއިރާއިން ގިނަ ބަޔަކު މާލެއަށް!
14 - ނޮވެމްބަރު - 2025
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 : އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ނަސީރު
21 - އޭޕްރީލް - 2024
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
އިހަވަންދޫ ދާއިރާ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބަހައްޓާ ފޮށި ބަދަލުކޮށްފި
15 - އޮގަސްޓު - 2023
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި 8 ރަށަކުން ވާދަކުރަނީ
7 - ޑިސެމްބަރު - 2022
މޮޅަދޫ އަދި މާރަންދޫ ސްކޫލްގައި ކްލާސް ރޫމްތަކެއް އަޅަން ހަވާލުކޮށްފި
18 - މޭ - 2022
އެމްޑީޕީ އިހަވަންދޫ ދާއިރާގެ ރައީސްކަމުގެ މަޤާމަށް މިސްބާހް
26 - ސެޕްޓެމްބަރު - 2021
ފިއްލަދޫއާއި މުރާދޫ ފިޔަވައި ހއ. އަތޮޅުގެ ރަށްތަކުން ރައްޔިތުންގެ ބައްދަލުވުން ބާއްވާފައިވޭ
24 - މާރިޗު - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް