ދުމުގެ ސަބަބުން ސްކޫލްގެ ކިޔެވުން މެދުކަނޑާލައިފި
އިހަވަންދޫ ކުނިގޮނޑުގައި ވަރަށްބޮޑަށް އަލިފާން ރޯވެ ދުން އަރަމުން ދިޔުމުގެ ސަބަބުން އިހަވަންދޫ ސްކޫލްގެ ކިޔެވުން މެދުކަނޑާލައިފިއެވެ. މިއަދު ހެނދުނުން ފެށިގެން ގޮނޑުންދިޔައީ ވަރަށްބޮޑަށް، ރަށުތެރެއަށް ދުން އަރަމުންނެވެ. ނަމަވެސް ސްކޫލްގެ އިންޓަވަލް ގަޑިއަށްފަހު މާބޮޑަށް ދުންއަރަންފެށުމުން ސްކޫލްގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން މެދުކަނޑައިލުމަށްފަހު ކުދިން ވަނީ ގެޔަށްފޮނުވާލާފައެވެ.
ކުނޑިގޮނޑު ވަރަށްބޮޑަށް އަނދަމުން ދިޔުމުގެ ސަބަބުން ރަށުތެރެއަށް ދުން އަރަމުން ދާތީ ރަށުގެ އިރު އުތުރު ސަރަހައްދުގައިހުރި ގެތަކުގެ މީހުންނަށްވެސްދަނީ ދަތިވަމުންނެވެ. ފުލުހުންގެ އެހީތެރިކަމާއިއެކު ކުނިގޮނޑުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ރަށުގެ އުތުރުކޮޅުގައި ދިރިއުޅޭ މީހަކު ނަންނުޖެހުމަށްއެދި މިނޫހަށް މައުލޫމާތުދެމުން ބުނީ މިއަދު އެހެންޏާ ދުންނާރާ ސަރަހައްދުގައިހުރި ގެތަކަށް ދުންއަރަމުންދާތީ އެމީހުން މުޅި އަހަރުތެރޭ އުޅެމުންދާ ހާލަތު އިހްސާސްވާނެކަމުގައެވެ. "އަހަރެމެންނަށް އަބަދުވެސް އުޅެންޖެހެނީ މި ދުންގަނޑުތެރޭ. މީ އަހަރެމެނަށް އާކަމެއްނޫން" އޭނާ ބުންޏެވެ.
ކުނިގޮނޑު ބެލެހެއްޓުމުގެ މަސައްކަތްކުރާ މުވައްޒަފަކު މިނޫހަށް މައުލޫމާތު ދިންގޮތުގައި، މިއަދު ކުނިގޮނޑުގައި ރޯވެ އަނދަމުންދަނީ ބަޔަކު ގަސްތުގައި ރޯކޮށްލުމުގެ ސަބަބުންނެވެ. ކުނިގޮނޑުގައި އެގޮތަށް ރޯކުރުމަކީ ވަރަށް އާންމުކަމެކެވެ. ނަމަވެސް މިއަދު ދުމުގެ އަސަރު ރަށުތެރެއަށް މިހާބޮޑަށް ކުރަމުންދަނީ ހުޅަނގު އުތުރުން ފުދޭވަރަކަށް ގަދަޔަށް ވާޖެހެމުންދާ ދުވަހަކަށްވާތީއެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުފަހަރު (B) ޒޯނަށް ބަދަލުކުރުމަށް 6 މަސް
25 - ޑިސެމްބަރު - 2024
އިހަވަންދޫ ނެއިބަރހުޑް ޖޮއިންޓް އެޖެންސީ ގްރޫޕް އިހަވަންދޫ ކައުންސިލާ ބައްދަލުކޮށްފި
26 - ފެބްރުއަރީ - 2024
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަނީ
1 - ޑިސެމްބަރު - 2023
ކުނިގޮނޑު މައްސަލަ ހައްލުވުމުގެ ކޮޅުމަތި – ވެމްކޯއިން ކުނިގޮނޑު މެނޭޖްކުރަން ޝައުގުވެރިކަން ފާޅުކޮށްފި
15 - އޮގަސްޓު - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ޗެމްޕިއަންކަން ހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް ޕޮލިސް
16 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް