ޖެޓީ މައްސަލާގައި އެންމެފަހުން ނަހުލާއާއި ސުވާލުކުރަނީ!
ހޯރަފުށީ އެއަރޕޯޓްގައި ޖެޓީ އެޅުން ލަސްވާތީ އެންމެފަހުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާއާއި ސުވާލުކުރަން، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު، މަޖިލީހަށް ފޮނުވައިފިއެވެ.
ޝިފާއު ފޮނުވި ސުވާލުގައި އޮތީ، އެއާރޕޯޓަށް އަހަރު ވީއިރުވެސް، އެއަރޕޯޓަށް އެރުމަށް ބޭނުންކުރާނެ ފާލަމެއްގެ މަސައްކަތް ކުރިޔަށް ނުދާތީ އެކަމުގެ ދަތި ރައްޔިތުން ތަހަންމަލް ކުރަމުން ދާކަމަށާއި، އެހެންކަމުން ފާލަމުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި، މަސައްކަތް ފެށޭނެ ތާރީހާއި، މާސައްކަތް ނިންމަން އަމާޒު ހިފާފައިވާ ތާރީހް އޮޅުން ފިލުވަން އެދޭކަމަށެވެ.
މިކަމާއި ގުޅިގެން ޝިފާއުއާއު ސުވާލުކުރުމުން ވިދާޅުވީ، އެއާރޕޯޓްގައި ޖެޓީ ނެތުމުން ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކުގެ ޝަކުވާ ތަކުރާރުކޮށް ލިބޭއިރު އެކަމުގެ ކުރިމަގު ސާފުނުވާތީ ރަސްމީކޮށް އެކަމަށް ވަޒީރު ޖަވާބުދާރީ ކުރުވުމަށް ވަޒީރައި ސުވާލުކުރަނީ ކަމުގައެވެ. ރައްޔިތުންނާއި އެއްގޮތަށް އެބޭފުޅާއަށްވެސް ޖެޓީ އެޅުމުގެ މަސައްކަތް ކުރިޔަށްދާގޮތް ސާފުނުވާކަމުގައެވެ.
މިއަހަރުގެ އޯގަސްޓްމަހުގެ 5 ވަނަދުވަހު، ހޯރަފުށީ އެއަރޕޯޓްގައި ޖެޓީ އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައެވެ. ރީޖަނަލް އެއަރޕޯޓްސް އިން އެމްޓީސީސީއާ އެމަސައްކަތް ހަވާލުކޮށްފައިވަނީ 5.9 މިލިއަން ރުފިޔާއަށް 150 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ. ނަމަވެސް އެމަސައްކަތުގެ އަމަލީ މަސައްކަތް އަދިވެސް ނުފަށައެވެ.
ހޯރަފުށީ އެއަރޕޯޓްގައި ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގައި ހުރި ކަންބޮޑުވުން ތުރާކުނާއި ހޯރަފުށި ނޫން، ހއ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުން 2 އޮކްޓޯބަރ 2020 ގަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހިއްސާކޮށްފައެވެ. އެއާއިއެކު ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ފިޔަވާ ހއ އަތޮޅަށް ނިސްބަތްވާ އަނެއް ހަތަރު މެމްބަރުންވެސްވަނީ ރައީސްގެ ސަމާލުކަމަށް އެކަން ގެންނަވާފައެވެ.
ހޯރަފުށީ އެއަރޕޯޓްގައި ޖެޓީ އެޅުމާއި ދެކޮޅަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމާއި ހޯރަފުށީ ކައުންސިލުން ދިޔައީ ވަރަށްބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހޯރަފުށީ އެއާރޕޯޓުން ފެށިގެން އެރަށުގެ އިރު ދެކުނު ސަރަޙައްދުގައި އަމިއްލަ ޚަރަދުގައި ބިން ހިއްކައިގެން އޮޑި ދޯނިފަހަރު އެހެލާ ސަރަޙައްދަކާއި އަދި ސްލިޕްވޭއެއް ތަރައްޤީކުރުމަށް ޝަޢުގުވެރިވާ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން 5 ނޮވެމްބަރ 2020 ގައި އިއުލާންކުރިއެވެ. ހޯރަފުށީ އެއާރޕޯޓުން ފެށިގެން އެރަށުގެ އިރު ދެކުނު ސަރަޙައްދު ހިއްކައިފިނަމަ ހޯރަފުއްޓާއި އުނގުލި ފިނޮޅުޖެމެދު އޮންނަ ކަނޑުއޮޅި ބެދި ޖެޓީ އެޅުމަށް ހުރަސްއެޅިގެން ދާނެއެވެ. މީގެއިތުރުން އެއަރޕޯޓްގައި ޖެޓީއެޅުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުގައި ދެ މެގަވޯޓްގެ ސޯލާ ޕެނަލް ހަރުކޮށްދޭނެ ބަޔަކު ހޯދުމަށްވެސް މިއަހަރުގެ އޯގަސްޓްމަހުގެ އެއްވަނަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.
މިނިސްޓަރު ޢާއިޝަތު ނަހުލާ އަކީ ހޯރަފުއްޓަށް ނިސްބަތްވާ ކަނބަލެކެވެ. ވުމާއިއެކު ޖެޓީގެ އެޅުން ލަސްވަމުންދާތީ އެކަމުގެ ސަބަބަކީ އެކަމަނާގެ މަސްލަހަތާއި އެކަމާއި އެންނަ ގުޅުންކަމަށް ބައެއްފަރާތްތަކުން ތުހުމަތުކުރެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އެންމެފަހުން ހޯރަފުށި އެއަރޕޯޓްގައި ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި
8 - ސެޕްޓެމްބަރު - 2022
ހޯރަފުށި އެއަރޕޯޓް ޖެޓީގެ އީއައިއޭ އީޕީއޭއިން އެޕްރޫވްކޮށްފި
21 - ޖޫން - 2022
ހޯރަފުށީ އެއާޕޯޓް ފާލަމުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމައެއް ނުޖެހޭ: މެމްބަރު ޝިފާޢު
30 - ނޮވެމްބަރު - 2021
ހޮސްޕިޓަލެއްގެ ބަދަލުގައި، އިހަވަންދޫ ރައްޔިތުންނަށް ލިބުނީ "ބޮއް ފެކްޓްރީއެއް" – ޝިފާއު
28 - ޖޫން - 2026
އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރ ޝިފާޢުއާ ބައްދަލުކުރައްވައިފި
24 - ޖޫން - 2026
އިހަވަންދޫގައި ބޭއްވުނީ ފަހުގެ ތާރީޚެއްގައި އެންމެ ފުރިހަމަ އީދު، އައު ކައުންސިލްގެ ފެށުން ބޮޑުތަނުން ރަނގަޅު: ޝިފާއު
2 - ޖޫން - 2026
އެންމެފަހުން އެއަރޕޯރޓް ޖެޓީގެ ވޯކްވޭ ބޭނުންކުރަން ފަށައިފި...
16 - އޭޕްރީލް - 2026
ހޯރަފުށީ އެއަރޕޯރޓް ބޭނުންކުރާ ދަތުރުވެރިންގެ ފަސޭހައަށް ބަރޯ ހަދިޔާކުރަން ކައުންސިލަރު ޒާހިރު ހުށަހަޅުއްވި!
30 - މާރިޗު - 2026
އެންމެފަހުން އެއަރޕޯރޓް ޖެޓީގެ ވޯކްވޭގެ މަސައްކަތް ފަށައިފި!
7 - މާރިޗު - 2026
އެއަރޕޯޓްހުޅުވިތާ 5 އަހަރު، އަދިވެސް ކުރިޔަށްދަނީ ވޯކްވޭ ހެދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް!
2 - ޖެނުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް