- ހޯރަފުށީ އެއާޕޯޓްގައި ޖެޓީއެއް ހެދުމަށް 21 ސެމްޓެމްބަރު 2020 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޕްލޭނިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވި،
- ހޯރަފުށީ އެއާޕޯޓް މަސައްކަތް ކުރަނީ 2 ނޮވެމްބަރު 2020 ގައި ޕްލޭނިން މިނިސްޓްރީއިން ރީޖަނަލް އެއާޕޯޓްސް އަށް، ޖެޓީގެ މަސައްކަތް ކުރުމަށް އެންގި،
- 8 ނޮވެމްބަރު 2020 ގައި ޖެޓީ އެޅުމުގެ ހުއްދަ ދެއްވުމަށާއި، ބަޖެޓް ހަމަޖައްސެއްމަށް ފިނޭން މިނިސްޓްރީގައި ދެންނެވުނު، އަދި އެމްޓީޓީސީސީން ޕްލޭނިން މިނިސްޓްރީއަށް ފޮނުވި ކުރެހުމާއި، ބީއޯކިއު ފޮނުއްވި،
- 10 ނޮވެމްބަރު 2020 ގައި ޕްލޭނިން މިނިސްޓްރީއަށް ޑިޒައިންކޮށްދެއްވި ކުރެހުމާއި، ބީއޯކިއުއާއި، ކޮންޓްރަކްޓް ޑްރާފްޓް އެގްރީމެންޓް ފޮނުވުމަށް އެމްޓީސީސީގައި ދެންނެވުނު،
- 28 ނޮވެމްބަރު 2020 ގައި ޖެޓީ މަސައްކަތަށް ޚަރަދު ކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީއިން ދެއްވި، އަދި ފައިސާ ހޯދުމަށް ބީސީއޯޓޫ ފޯމު ހުށަހެޅުމަށް ދެންނެވި،
- 13 ޑިސެމްބަރު 2020 ގައި ބީސީތްރީޒީރޯ ފޯމް ފޯމު ޓެންޑާ ބޯޑަށް ފޮނުވުނު
- 13 ޑިސެމްބަރު 2020 ގައި އެމްޓީސީސީއިން ހުށަހަޅާފައިވާ، ބީއޯކިއުއާއި، މެތޮލޮޑޮޖީއާއި، ވޯކްޝެޑިއުލް ގަބޫލުކުރާކަމަށް ޓުރާންސްޕޯޓު މިނިސްޓްރީން ޓެންޑާ ބޯޑުގައި ދެންނެވި،
- 28 ޑިސެމްބަރު 2020 ގައި އެގްރިމެންޓްގެ ޑްރާފްޓާއި، ތަފްސީލީ ކުރެހުންތައް އެމްޓީސީސީން ލިބުނު،
- 28 އޭޕްރިލް 2021 ގައި ޓެންޑަރ ބޯޑުން އެމްޓީސީސީއާއި މަސައްކަތް ހަވާލުކުރުމަށް ނިންމި،
- 19 އޭޕްރިލް 2021 ގައި، ރީޖަނަލް އެއާޕޯޓްސްއަށް އެ އަހަރު ބަޖެޓް ލިބިފައިނުވާތީ އެ މަސައްކަތް ކުރިއަށް ގެންދެވޭނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިން ކަމަށް ދެކޭތީ ފިނޭންސް މިނިސްޓްރީގައި ދެންނެވުނު،
- 10 މެއި 2021 ގައި ޖެޓީ މަސައްކަތް ދެން ކުރިއަށް ގެންދާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަށް ފިނޭންސް މިނިސްޓްރީން އެންގެވި،
- 26 މެއި 2021 ގައި ކްލައެންޓް ޓްރާންސްޕޯޓަށް ބަދަލުކުރުމަށްފަހު ބީއޯކިއު ފޮނުއްވާ ދެއްވުމަށް އެމްޓީސީސީގައި ދެންނެވުނު،
- 27 މެއި 2021 ގައި ބަޖެޓް ހޯދުމަށް ބީސީއޯޓޫ ފޯމް ހުށަހެޅުނު،
- 30 މެއި 2021 ގައި ކްލައެންޓް ޓްރާންސްޕޯޓަށް ބަދަލު ކުރުމަށްފަހު އެމްޓީސީސީން ބީއޯކިއު ފޮނުވުނު،
- 3 ޖޫން 2021 ގައި ބީސީޒީރޯތްރީ ފޯމް ޓެންޑަރ ބޯޑަށް ފޮނުވުނު،
- 6 ޖޫން 2021 ގައި އެމެންޑެޑް ބީއޯކިއު ޓެންޑަރ ބޯޑަށް ފޮނުވުނު އަދި އެދުވަހު ބަޖެޓް ތަފްސީލް ޓެންޑަރ ބޯޑަށް ފޮނުވުނު،
- 10 ޖޫން 2021 ގައި އެގްރީމެންޓްގެ ފައިނަލް ޑްރާފްޓް އެމްޓީސީސީއަށް ފޮނުވުނު،
- 27 ޖޫން 2021 ގައި އެގްރީމެންޓް ޑްރާފްޓް އޭޖީގެ ލަފަޔަކަށް ފޮނުވުނު،
- 4 އޯގަސްޓް 2021 ގައި އެގްރީމެންޓް ޑްރާފްޓްއަށް އޭޖީ ލަފާވަނީ ލިބިފައި،
- 5 އޯގަސްޓް 2021 ގައި ޖެޓީ އެގްރިމެންޓްގައި އެމްޓީސީސީއާއިއެކު ސޮއިކުރެވުނު، މަސައްކަތުގެ މުއްދަތު 150 ދުވަސް ވަނީ ދީފައި،
- 19 ނޮވެމްބަރު 2021 ގައި މަސައްކަތުގެ ޕްރޮގްރެސް ރިޕޯޓް ނުލިބޭތީ، އެ ރިޕޯޓް ފޮނުވާދެއްވުމަށް ދެންނެވުނު، (އަދިހަމަ އޭގެ ކުރިންވެސް މައުލޫމާތު ހޯދަން މަސައްކަތްކުރެވުނު، ނަމަވެސް މައުލޫމާތެއް ލިބިފައެއް ނުވޭ،)
- 13 ނޮވެމްބަރު 2021 ގައި މަސައްކަތް ކުރިއަށްދާގޮތް ބަޔާންކޮށް އެމްޓީސީސީގެ ސިޓީއާއި، ވޯކް ސެޑިއުލެއް ލިބުނު،
ހޯރަފުށީ އެއާޕޯޓް ފާލަމުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމައެއް ނުޖެހޭ: މެމްބަރު ޝިފާޢު
ހޯރަފުށީ އެއާޕޯޓް ފާލަމުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވަނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަލްފާޟިލާ ޢާއިޝަތު ނަހުލާއާ ޖެޓީގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ސަވާލު ކުރައްވާފައެވެ.
ޝިފާޢުގެ ސުވާލުގައި ފާހަގަކުރެއްވީ، ހއ. އަތޮޅުގެ ގިނަ ރައްޔިތުން ބޭނުންކުރަމުންދާ ހޯރަފުށީ އެއާޕޯޓަށް އަހަރެއްވީ އިރުވެސް އެ އެއާޕޯޓަށް އަރާފޭބުމަށް ބޭނުންކުރާ ފާލަމުގެ މަސައްކަތް ކުރިއަށް ނުދާތީ، އެކަމުގެ ދަތި ރައްޔިތުން ތަހައްމަލުކުރަންޖެހި އެކަން ރައްޔިތުން ދަނީ ތަކުރާރުކޮށް ފާޅުކުރަމުންކަމަށާއި، އެހެންކަމުން އެ ފާލަމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވަން ބޭނުންފުޅުވާކަމަށެވެ.
އަދި އެ ފާލަމުގެ އަމަލީ މަސައްކަތް ފެށޭނީ ކިހާ ހިސާބަކުތޯއާއި، އެ މަސައްކަތް ނިންމަން އަމާޒު ހިފާފައި ވަނީ ކިހާ ތާކުތޯވެސް ޝިފާޢު ސުވާލުކުރެއްވިއެވެ.
މިސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަހުލާ ވަނީ އެއާޕޯޓުގައި ޖެޓީހެދުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލީ ޓައިމްލައިނެއް ހުށައަޅުއްވާފައެވެ.
މިނިސްޓަރ ފާހަގަ ކުރެއްވި ކަންކަން:
ގުޅުން ހުރެދާނެ ލިޔުން
އެންމެފަހުން ހޯރަފުށި އެއަރޕޯޓްގައި ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި
8 - ސެޕްޓެމްބަރު - 2022
ހޯރަފުށި އެއަރޕޯޓް ޖެޓީގެ އީއައިއޭ އީޕީއޭއިން އެޕްރޫވްކޮށްފި
21 - ޖޫން - 2022
ޖެޓީ މައްސަލާގައި އެންމެފަހުން ނަހުލާއާއި ސުވާލުކުރަނީ!
20 - ނޮވެމްބަރު - 2021
ހޮސްޕިޓަލެއްގެ ބަދަލުގައި، އިހަވަންދޫ ރައްޔިތުންނަށް ލިބުނީ "ބޮއް ފެކްޓްރީއެއް" – ޝިފާއު
28 - ޖޫން - 2026
އިހަވަންދޫގައި ބޭއްވުނީ ފަހުގެ ތާރީޚެއްގައި އެންމެ ފުރިހަމަ އީދު، އައު ކައުންސިލްގެ ފެށުން ބޮޑުތަނުން ރަނގަޅު: ޝިފާއު
2 - ޖޫން - 2026
އެންމެފަހުން އެއަރޕޯރޓް ޖެޓީގެ ވޯކްވޭ ބޭނުންކުރަން ފަށައިފި...
16 - އޭޕްރީލް - 2026
ހޯރަފުށީ އެއަރޕޯރޓް ބޭނުންކުރާ ދަތުރުވެރިންގެ ފަސޭހައަށް ބަރޯ ހަދިޔާކުރަން ކައުންސިލަރު ޒާހިރު ހުށަހަޅުއްވި!
30 - މާރިޗު - 2026
އެންމެފަހުން އެއަރޕޯރޓް ޖެޓީގެ ވޯކްވޭގެ މަސައްކަތް ފަށައިފި!
7 - މާރިޗު - 2026
އެއަރޕޯޓްހުޅުވިތާ 5 އަހަރު، އަދިވެސް ކުރިޔަށްދަނީ ވޯކްވޭ ހެދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް!
2 - ޖެނުއަރީ - 2026
ހޯރަފުށި އެއަރޕޯރޓް ވޯކްވޭ ނެތުމުގެ ދަތިކަން: އަލީ މޫސާއަށް ދޮޅުއަހަރުންވެސް ނުވެގެން، މެމްބަރު ނަސީރުގެ އެހީއަށް ކައުންސިލަރު ޒާހިރު އެދިއްޖެ
13 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް