ފުޓްސަލް ދަނޑުގައި އަނެއްކާވެސް މެޓް އަޅައިފި
އިހަވަންދޫ ފުޓްސަލް ދަނޑުގައި އަނެއްކާވެސް މެޓް އަޅައިފިއެވެ. ކައުންސިލުން ބުނެފައިވަނީ ފުޓްސަލް ދަނޑުގައި އަޅާފައިއޮތް ކާރޕެޓް ހަލާކުވެފައިވާތީ، ވަގުތީ ގޮތުން ފުޓްސަލް ދަނޑު ބޭނުން ކުރުމަށް މެޓްއެޅީކަމުގައެވެ. ފުޓްސަލް ދަނޑުގައި މެޓްއެޅުމުގެ މަސައްކަތް ކޮށްފައިވަނީ އިހަވަންދޫ ކައުންސިލްގެ މުވައްޒަފުންނެވެ.
2016 ވަނަ އަހަރުގެ އޯގަސްޓްމަހު ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި ބޭނުންކުރަން ފެށިއިރުވެސް އޮތީ މެޓް އަޅާފައެވެ. ނަމަވެސް މެޓްގައި ކުޅޭއިރު އަނިޔާވުންފަދަ ކަންކަން ދިމާވާތީ ފަހުން ފުޓްސަލް ދަނޑުގައިވަނީ ކާޕެޓް އަޅާފައެވެ. އަދި އޭރު ދަނޑުގައި އަޅާފައޮތް މެޓް ފަހުންވަނީ ހުރަވީދަނޑުގައި ހުރި ވޮލީކޯޓްގައި އަޅާފައެވެ. ނަމަވެސް އެތަނުގައި ޒުވާނުންގެ މަރުކަޒުއެޅުމަށް ފަހުންވަނީ ވޯލިކޯޓް ނަގާފައެވެ. ހަމައެހެންމެ ފުޓްސަލް ދަނޑުގައި އަޅާފައޮތް މެޓް ވަރަށްބޮޑަށް ހަލާކުވެ ކުޅޭމީހުންނަށް އަނިޔާވާތީ ކައުންސިލުންވަނީ 1 ޑިސެމްބަރ 2021 ގައި ފުޓްސަލް ދަނޑު ބަންދުކޮށްފައެވެ. ރަނގަޅުފެންވަރުގެ ފުޓްސަލް ދަނޑެއް އިހަވަންދޫގައި ނެތުމީ ޒުވާނުންގެ ކަންބޮޑުވުމެކެވެ.
ގުޅުން ހުރެދާނެ ލިޔުން
އޮޅޭގޮތަށް މައުލޫމާތު ފަތުރާކަމަށްބުނެ އިތުރަށް އޮޅޭގޮތަށް ބަޔާނެއް ނެރެފި
22 - މޭ - 2022
ފުޓްސަލް ދަނޑުގައި ވޮލީކޯޓް ޖަހަނީ ކައުންސިލުން ފާސްކޮށްގެނެއްނޫން
22 - މޭ - 2022
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް