54.8 މިލިއަން ރުފިޔާގެ އަގަކަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައިވާ އިހަވަންދޫ އާޓިފިޝަލްބީޗްގެ މަސައްކަތް އަދިވެސް ނުފަށައެވެ. 330 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މިމަޝްރޫޢުގެ ދަށުން، މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކޮށް 80 މީޓަރުގެ ގްރޮއިން ޖެހުމާއި 46 މީޓަރުގެ ބޭރުތޮއްޓެއް މޫދު އަޑީގައި ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އެމްޓީސީސީ އިން ހާމަކޮށްފައިވަނީ މިމަޝްރޫޢުގެ ދަށުން، 25،000 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުންކުރާނެ ކަމުގައެވެ.
ހއ. އިހަވަންދޫގައި އާޓިފިސިއަލް ބީޗެއް ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އެމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 54.80 މިލިއަން ރުފިޔާގެ އަގަކަށެވެ.