ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓް މިއަދު ފަށަނީ
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ކައުންސިލް ކަޕް 2022" މިއަދު ފަށާނެއެވެ. 7 ޓީމެއް ވާދަކުރާ މިމުބާރާތުގެ ފުރަތަމަ މެޗް މިއަދު ހަވީރު 16:30 ހުގައި ފަށާއިރު އެމެޗްގައި ބައްދަލުކުރާނީ ކުޅިމަގު އަދި އެންވީކޭއެވެ.
އިހަވަންދޫ ހުރަވީ ދަނޑުގައި ކުރިޔަށްދާ މިމުބާރާތުގެ ކުޅުން މިއަދުން ފެށިގެން މިމަހުގެ 12 އާއި ހަމަޔަށް ކުރިޔަށް ދާނެއެވެ. މިފަހަރުގެ ކައުންސިލް ކަޕްގައި ވާދަކުރާނީ، ކުޅިމަގު، އެންވީކޭ، ޔުނައިޓެޑް ޔޫތް، ކްލަބް އިރަމާ، ސެންސިޓީ، އެފްސީ ވައިޓް ހޯސް އަދި ޕެރިސްއެވެ. މިމުބާރާތުގައި ވާދަކުރާ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިފަވާއިރު ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުންވެސް 1 ވަނަ އަދި 2 ވަނަ ހޯދާ ދެޓީމެވެ.
މިއީ އިހަވަންދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުންނާއި، ނަފްސާނީ ޖިސްމާނީ ގޮތުންވެސް ދުޅަހެޔޮ އަދި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަޤްސަދުގައި ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއީ އެގޮތުން މިމުބާރާތް ބާއްވާ 5 ވަނަ ފަހަރެވެ. އެންމެ ފަހުން ބޭއްވި ދެ ކައުންސިލް ކަޕްގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ އެންވީކޭ އެވެ.
ގުޅުން ހުރެދާނެ ލިޔުން
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ފައިސާގެ އިނާމު ބޮޑުކޮށް ކައުންސިލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
8 - ސެޕްޓެމްބަރު - 2025
ފަހަތުންއަރާ އިރަމާ ބަލިކޮށް އެންވީކޭއިން 5 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
13 - ސެޕްޓެމްބަރު - 2024
އެންވީކޭ ފައިނަލަށް ދަތުރުކުރިއިރު، އިރަމާ އަދި ޔޫތް ސެމީއަށް
9 - ސެޕްޓެމްބަރު - 2024
އެންވީކޭ އަދި އިރަމާ މުބާރާތްފެށީ މޮޅަކުން
8 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް، މިމަހުގެ 7 އިން 12 އަށް
4 - ސެޕްޓެމްބަރު - 2024
ބޮޑު ބަދަލަކާއިއެކު، ކައުންސިލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
19 - ޖުލައި - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް