އިހަވަންދޫ ކައުންސިލަށް، އަލީ ކަމަކު ނުދިޔަ
ހުސްވެފައިވާ އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހއ. އިހަވަންދޫ، ގިގުނިގޭ/ އަލީ ޝިފާޒް އައްޔަންކުރުމާއިމެދު ސިވިލް ސާވިސް ކޮމިޝަނުން، އިހަވަންދޫ ކައުންސިލްގެ ލަފަޔަކަށް އެހުމުން، އޭނާ އަށް ރުހުންދޭން ނުފެންނަކަމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން މިގޮތަށް ނިންމީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބޭއްވި، އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 82 ވަނަ ޢާއްމު ޖަލްސާގައެވެ.
ކައުންސިލްގެ ހަތަރު މެމްބަރަކު ބައިވެރިވި އެޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން އަލީ ޝިފާޒްއަށް ރުހުންދޭން ނުފެންނަކަމަށް ނިންމީ ކީއްވެގެންކަމެއް ސާފެއްނުވެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެބައްދަލުވުމުގައި ބައިވެރިވީ ކައުންސިލްގެ ރައީސް ސޮބާހްގެ އިތުރުން، ކައުންސިލްގެ ނައިބްރައީސް އަރީބް، ކައުންސިލް މެމްބަރު ރިލްވާން އަދި ކައުންސިލް މެމްބަރު ޝަނީޒާއެވެ.
އިހަވަންދޫ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލެއް ހޯދުމަށް، ސިވިލް ސާވިސް ކޮމިޝަނުން 29 ސެޕްޓެމްބަރ 2022 ގައި ކުރި އިއުލާނާއި ގުޅިގެން ކުރިމަލާފައިވަނީ އަލީ ޝަފާޒް އެކަންޏެވެ. މިހާރުވެސް އާމިނާދިޔޯ ޞިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަގެ މަޤާމްގައިހުރި އަލީ ވަނީ ހިންގުމުގެ ދާއިރާގައި ގިނަދުވަސްތަކެއްވަންދެން މަސައްކަތްކޮށްފައެވެ.
އިހަވަންދޫ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމް ހުސްވެފައިވަނީ ކުރިން އެމަޤާމްގައިހުރި އަޙްމަދު ޝިފާއު، މިއަހަރުގެ އޯގަސްޓް މަހުގެ 22 ވަނަދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ޝިފާއު އިސްތިއުފާ ދެއްވުމާއި ގުޅިގެން ވަގުތީ ސެކަރަޓެރީ ޖެނަރަލްގެ ގޮތުގައި މަސައްކަތްކުރަމުންދަނީ ކައުންސިލްގެ އެސިސްޓެންޓް އެގްޒެކްޓިވް އަލީ އަރުޝަދުއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލަށް އެއްވެސް އެއްޗެއް ގަނެވޭނެ ގޮތެއްނެތް – ސޮބާހް
1 - މާރިޗު - 2023
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް