ރިޕޯޓް

ރިޕޯޓް: މިސަރުކާރުން ފެނަކަ މާރަންދޫ ބްރާންޗުން 32 މީހުންނަށް ވަޒީފާ ދީފައި 13 މީހުން ވަކިކުރުން!

ރިޕޯޓް: މިސަރުކާރުން ފެނަކަ މާރަންދޫ ބްރާންޗުން 32 މީހުންނަށް ވަޒީފާ ދީފައި 13 މީހުން ވަކިކުރުން!
Advertisement Advertisement

މި ދުވަސްވަރު ސޯޝަލް މީޑިއާ ހުޅުވާލައިފިނަމަ އެންމެ ބޮޑަށް ޓްރެންޑުވެފައިވާ ކަމަކަށް ފެންނަނީ މީހުން ވަޒީފާއިން ވަކިކުރުމާއި ވަޒީފާއަށް ވެއްދުމެވެ. ސަރުކާރު ކުންފުނިތަކުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ޗިޓުތައް ދައުރުވާ ބާރުމިނުގައި، ޕީ.ޑީންނާއި އެސް.ޕީ.ޑީންނަށް މަރުހަބާ ކިޔުމުގެ މެސެޖުތައް ވެސް ދަނީ ދައުރުވަމުންނެވެ.

މި ހުރިހާ ސަކަރާތެއްގެ ތެރެއިން ވެސް އަޅުގަނޑުގެ ނަޒަރު އެންމެ ބޮޑަށް ހުއްޓުނި، ހއ. މާރަންދޫ ފެނަކަ ބްރާންޗުގެ 14 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފޮނުވި ޗިޓުތަކަށެވެ. ސަރުކާރު ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ ނަމުގައި ހިންގާ ޕްރޮގްރާމުގެ ދަށުން އެކަން ކުރިއިރު، ކުންފުނިތައް ރައިޓްސައިޒް ކުރަން ޖެހިގެން މި އުޅެނީ ކުރީ ސަރުކާރުން ވެއްދި މުވައްޒަފުންގެ ސަބަބުންބާއޭ އެންމެ ހީނުވާ އެއް ތަނަކީ މާރަންދޫ ފެނަކަ ބްރާންޗެވެ.

50% މުވައްޒަފުން ވެއްދީ މިސަރުކާރުން:

އެރަށުން ވާހަކަދެއްކި ބައެއް މީހުންބުނީ ފެނަކަ މާރަންދޫ ބުރާންޗްގެ އުމުރުން 14 އަހަރު ވެފައިވާއިރު، އެބުރާންޗްގެ ގާތްގަނޑަކަށް %50 މުވައްޒަފުންނަކީ ވޭތުވެދިޔަ 2-3 އަހަރު ވަޒީފާ ދިން މީހުންކަމުގައެވެ. "ސޯލިހްގެ ވެރިކަން ނިމުނުއިރު ތިބީ 30 ހަކަށް މުވައްޒަފުން. މިފަހުންތިބި 60 ވަރަކަށް މުވައްޒަފުން" އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ. 

އެގޮތުން އަލަށް އެމުވައްޒަފުނަށް ވަޒީފާ ދީފައިވަނީ އިންތިހާބުތަކާއި ދިމާކޮށް ކަމަށްވެއެވެ. 

2024 - ރައްޔިތުންގެ މަޖިލީޖިހެ އިންތިހާބު2024 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބު ދުވަސްވަރު، ފެނަކަ މާރަންދޫ ބްރާންޗަށް 10 ވަރަކަށް އައު މުވައްޒަފުން ނެގި ކަމަށްވެއެވެ.
2024 - މާރަންދޫ ކައުންސިލް ބައި އިލެކްޝަން2024 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އޮތް މާރަންދޫ ކައުންސިލުން ހުސްވި ގޮނޑި އަށް މެންބަރަކު ހޮވަން ބޭއްވި އިންތިހާބުގެ ދުވަސްވަރު އިތުރު 14 ވަރަކަށް މުވައްޒަފުން އެބުރާންޗްގެ ވަޒީފާއަށް ނެގިކަމަށްވެއެވެ. 
2025 - ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުމިއަހަރު އޮތް ލޯކަލްގެ ކައުންސިލް އިންތިހާބު ދުވަސްވަރު އެބްރާންޗަށް އަލަށް 8 ވަރަކަށް މުވައްޒަފުން ނެގި ކަމަށްވެއެވެ. 

އެހެންކަމުން ކަންހިނގަމުން އަންނަ ގޮތަށް ބަލާނަމަ، މިކަމާއި ގުޅިގެން މާރަންދޫ ކައުންސިލުން ނެރެފައިވާ ބަޔާނަށް ކަންހިނގަމުން އަންނަގޮތް ފެތޭކަމަށް ބެލެވެއެވެ. 

މާރަންދޫ ކައުންސިލުން ތުހުމަތު ކުރާގޮތުގައި، މިއީ ކުންފުނި ރައިޓްސައިޒްކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީ ފިކުރުތަކުގެ މީހުން ބަލިކަށިކޮށްލުމަށް ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާ ކަމެކެވެ. އެރަށު ބައެއް މީހުން ބުނިގޮތުގައި، 14 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ޗިޓް ފޮނުވިނަމަވެސް އެއް މުވައްޒަފަކަށް ފޮނުވުނު ޗިޓަކީ "އޮޅިގެން" ފޮނުވުނު ޗިޓެއްކަމަށް ބުނެ އަނބުރާ ގެންދިއުމީ، މިއީ ވަކި ބަޔަކަށް އަމާޒުކޮށް ކުރާ ކަމެއްކަން ދައްކުވައިދޭ ހެއްކެކެވެ. 

މާރަންދޫ ފަދަ އާބާދީ މަދު ރަށެއްގެ، 13 އާއިލާއެއްގެ މައިގަނޑު އާމްދަނީ ކުއްލިއަކަށް ހުއްޓުމީ މުޅި ރަށުގެ އިގްތިސާދާއި ގެއްލުންވާނެ އަދި އެއާއިލާތަކަށް ނުހަނު ހިއްދަތި ވޭނަކަށްވާނެކަން ޔަޤީނެވެ. ވަކިކުރި 13 މުވައްޒަފުންގެ ތެރޭގައި އެބްރާންޗްގެ ހިދުމަތް ފެށުނިންސުރެ ހިދުމަތުގައި ދެމިތިބި މުވައްޒަފުންނާއި، ޓެކްނިކަލް މުވައްޒަފުން ހިމެނޭތީ އެކަމުގެ ސަބަބުން އެބްރާންޗުން ދެމުން އަންނަ ހިދުމަތަށްވެސް އަސަރުކާރާނެކަމަށް ބައެއް މީހުން ދެކެވެ. 

މާރަންދޫ ފެނަކަ ބްރާންޗައި މިހިނގާ ކަމުންވެސް އެނގިގެން މިދަނީ ކުންފުނިތައް ރައްއިޓް ސައިޒް ކުރަން ޖެހުނު އަސްލު ސަބަބަކީ މިސަރުކާރުން ވިހޭ މިސަރުކާރުގެ ދަރިއެއްކަމެވެ. 

ގުޅުންހުރި ލިޔުން:

ކޮމެންޓް

ދިވެހި ބަސް·21 ގަޑިއިރު ކުރިން

މި ހަބަރުގަ ޖުމްލަތައް ވަރަށް ފުރިހަމަ. ބުނަން އުޅެނީ ކީކޭ ކަންވެސް ނޭނގޭ