ކައުންސިލް ކަޕްގައި ބައިވެރިވީ 8 ޓީމް
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ކައުންސިލް ކަޕް 2023" ގައި 8 ޓީމަކުން ބައިވެރިވެއްޖެއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާޙް މައުލޫމާތު ދެއްވިގޮތުގައި، އެމުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވީއިރުވަނީ 8 ޓީމަކުން ބައިވެރިވެފައެވެ. އެއީ އެންވީކޭ، ޖަންގަލް، ކޮފަލި، ސެންސިޓީ، ޓީމް އެސް.ސީ، ކްލަބް އިރަމާ. ކޭ.އެމް އަދި ކުޅިމަގެވެ.
މިދިޔަ އަހަރުގެ ކައުންސިލް ކަޕްގައި ވާދަކުރީ 7 ޓީމެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް އެންވީކޭ މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިވެފައިވާއިރު މިދިޔަ އަހަރުގެ ރަނަރަޕް ޓީމް ޔުނައިޓެޑް ޔޫތުން މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ.
މިހިނގާ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތު ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިއީ މިމުބާރާތް ކައުންސިލުން ކުރިޔަށްގެންދާ 6 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭ އެވެ. އެޓީމްވަނީ އެންމެ ފަހުގެ ކައުންސިލް ކަޕާއިއެކު ޖެހިޖެހިގެން 4 ފަހަރު އެމުބާރާތް ކާމިޔާބުކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ފައިސާގެ އިނާމު ބޮޑުކޮށް ކައުންސިލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
8 - ސެޕްޓެމްބަރު - 2025
ފަހަތުންއަރާ އިރަމާ ބަލިކޮށް އެންވީކޭއިން 5 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
13 - ސެޕްޓެމްބަރު - 2024
އެންވީކޭ ފައިނަލަށް ދަތުރުކުރިއިރު، އިރަމާ އަދި ޔޫތް ސެމީއަށް
9 - ސެޕްޓެމްބަރު - 2024
އެންވީކޭ އަދި އިރަމާ މުބާރާތްފެށީ މޮޅަކުން
8 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް، މިމަހުގެ 7 އިން 12 އަށް
4 - ސެޕްޓެމްބަރު - 2024
ބޮޑު ބަދަލަކާއިއެކު، ކައުންސިލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
19 - ޖުލައި - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް