ކުޅިމަގާއި ކޭ.އެމް އެއްވަރުވީއިރު ޖަންގަލް މޮޅުވެއްޖެ!
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއްޔަށް ގެންދާ "ކައުންސިލް ކަޕް 2023" ގެ ފުތަރަމަ މެޗްގައި ބައްދަލުކުރި ކުޅިމަގު އަދި ކޭ.އެމް މެޗް އެއްވަރުވީއިރު، މުބާރާތުގެ ދެ ވަނަ މެޗްގައި ޖަންގަލް ޓީމުން ސެންސިޓީގެ މައްޗަށް ކުރިހޯދައިފިއެވެ.
ފުތަރަމަ މެޗްގައި ބައްދަލުކުރި ގްރޫޕް 1 ގެ ކުޅިމަގު އަދި ކޭ.އެމްގެ މެޗް އެވަރުވީ ދެޓީމުން ކުރެޓީމަކަށް ގޯލެއްނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ. އެމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޭ.އެމް ޓީމްގެ މަދީހުއެވެ. މުބާރާތުގެ ދެވަނަ މެޗްގައި ބައްދަލުކުރީ ގްރޫޕް 2 ގެ ޖަންގަލް އަދި ސެންސިޓީއެވެ. އެމެޗްގައި ޖަންގަލް ޓީމުން ސެންސިޓީގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލްޖެހީ މެޗްގެ ދެވަނަ ހާފްގައި ޖަންގަލް ޓީމްގެ ޝިފާޒްއެވެ. މެޗް ނިމެމުން ދަނިކޮށް ޖަންގަލް ޓީމްގެ ލީޑް ފުޅާކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޖަންގަލް ޓީމްގެ ހުސައިން ސައިފްއެވެ. އެމެޗްގެ ފަހުބައި ކުޅުނީ ވަރަށް ބޮޑަށް އަނދިރި ވެފައިވަނިކޮށެވެ.
މާދަމާވެސް މިމުބާރާތުގެ ދެ މެޗް ކުޅޭނެއެވެ. މާދަމާގެ ފުރަތަމަ މެޗްގައި ގްރޫޕް 1 ގެ އިރަމާ ނުކުންނާނީ ޓީމް އެސް.ސީ އާ ދެކޮޅަށެވެ. ދެވަނަ މެޗްގައި ގްރޫޕް 2 ގެ ކޮފަލި ބައްދަލުކުރާނީ އެންވީކޭއާއެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭ އެވެ. އެޓީމްވަނީ އެންމެ ފަހުގެ ކައުންސިލް ކަޕާއިއެކު ޖެހިޖެހިގެން 4 ފަހަރު އެމުބާރާތް ކާމިޔާބުކޮށްފައެވެ.
8 ޓީމް ބައިވެރިވެފައިވާ މިމުބާރާތް ކުރިޔަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް 1 ގައި ކުޅިމަގު، ކޭ.އެމް، ކްލަބް އިރަމާ އަދި ޓިމް އެސް.ސީ ހިމެނޭއިރު ގްރޫޕް 2 ގައި ހިމެނެނީ ޖަންގަލް، ސެންސިޓީ، ކޮފަލި އަދި އެންވީކޭއެވެ. މިމުބާރާތު ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި އިރަމާ ކައުންސިލް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި
28 - ނޮވެމްބަރު - 2023
އިރަމާ، ކޭ.އެމް، ކޮފަލި އަދި ސެންސިޓީއަށްވެސް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
25 - ނޮވެމްބަރު - 2023
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 - ކުޅިމަގު އަދި ޖަންގަލް ފެށުން ރަނގަޅުކޮށްފި
13 - އޮކްޓޯބަރު - 2024
އެންވީކޭ ފައިނަލަށް ދަތުރުކުރިއިރު، އިރަމާ އަދި ޔޫތް ސެމީއަށް
9 - ސެޕްޓެމްބަރު - 2024
އެންވީކޭ އަދި އިރަމާ މުބާރާތްފެށީ މޮޅަކުން
8 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް، މިމަހުގެ 7 އިން 12 އަށް
4 - ސެޕްޓެމްބަރު - 2024
އެންވީކޭގެ ރަސްކަން ނިމުމަކަށްގެނެސް ޖަންގަލް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
1 - ޑިސެމްބަރު - 2023
ފައިނަލް މެޗަށް ޖަންގަލް ޓީމް ނުކުންނަނީ މޮޅުވުމުގެ ރޫހާއިއެކު – ކޯޗް ފަޔާޒް
1 - ޑިސެމްބަރު - 2023
އެންވީކޭގެ އުއްމީދަކީ ފަސް ތަރި ހޯދުން – ކޯޗް ސުޖާއު
1 - ޑިސެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް