ބޮޑު ބަދަލަކާއިއެކު، ކައުންސިލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ، ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯމެޓަށް ބޮޑު ބަދަލެއްގެނެސް "އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އޯގަސްޓް މަހުގެ 8 ވަނަ ދުވަހެވެ. ކައުންސިލް ކަޕަކީ ފުޓްސަލް ފޯމެޓަށް ކުޅެމުން އަންނަ މުބާރާތެއް ނަމަވެސް މިއަހަރުގެ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އިލަވަން އަ ސައިޑް (ބޮޑު ގޯލް) މުބާރާތެއްގެ ގޮތުގައެވެ.
މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުގައި ހިމެނޭނީ އިހަވަންދޫގެ ރައްޔިތުންގެ އިތުރުން، އިހަވަންދޫގެ ރައްޔިތަކާއި ކައިވެނި ކޮށްގެންއުޅޭ ރަށުން ބޭރުގެ 1 ކުޅުންތެރިޔެކެވެ. މީގެ އިތުރުން ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު 1 ކުޅުންތެރިޔަކު ހިމެނިދާނެކަމަށް މުބާރާތުގެ ހިންގާ ޤަވާއިދުގައިވެއެވެ. ކުޅުންތެރިޔާ އެހެން ރަށެއްގެ ރަޖިސްޓްރީގައި އޮތްނަމަވެސް، ކުޅުންތެރިޔާގެ މަންމަ ނުވަތަ ބައްޕަ އިހަވަންދޫއަށް ނިސްބަތްވާނަމަ އެކުޅުންތެރިޔާ ބަލާނީ އިހަވަންދޫ ކުޅުންތެރިއެއްގެ ގޮތުގައިކަމަށް މުބާރާތުގައި ހިންގާ ޤަވާއިދުގައި ފާހަގަކޮށްފައިވެއެވެ.
މިއީ މިމުބާރާތް ކައުންސިލުން ކުރިޔަށްގެންދާ 7 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭ އެވެ. އެޓީމްވަނީ 4 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި ކައުންސިލް ކަޕްގެ ޗެމްޕިއަން ޓީމަކީ ޖަންގަލްއެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނާރސް އަޕް ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
މުބާރާތުގެ ރަޖިސްޓްރީ ފޯމް
ގުޅުން ހުރެދާނެ ލިޔުން
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ފައިސާގެ އިނާމު ބޮޑުކޮށް ކައުންސިލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
8 - ސެޕްޓެމްބަރު - 2025
ފަހަތުންއަރާ އިރަމާ ބަލިކޮށް އެންވީކޭއިން 5 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
13 - ސެޕްޓެމްބަރު - 2024
އެންވީކޭ ފައިނަލަށް ދަތުރުކުރިއިރު، އިރަމާ އަދި ޔޫތް ސެމީއަށް
9 - ސެޕްޓެމްބަރު - 2024
އެންވީކޭ އަދި އިރަމާ މުބާރާތްފެށީ މޮޅަކުން
8 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް، މިމަހުގެ 7 އިން 12 އަށް
4 - ސެޕްޓެމްބަރު - 2024
އެންވީކޭގެ ރަސްކަން ނިމުމަކަށްގެނެސް ޖަންގަލް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
1 - ޑިސެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް